ބޮލީވުޑުގެ މަޝްހޫރު ތަރިން އާލިޔާ ބަޓު އާއި ރިތިކު ރޯޝަން- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ މަޝްހޫރު ތަރިން އާލިޔާ ބަޓު އާއި ރިތިކު ރޯޝަން- ގޫގުލް އިމޭޖެސް
އިންޑިއާގެ ސިނަމާގައި މިވަގުތު އެންމެ ކުރީސަފުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އަންހެން ތަރިންގެ ތެރޭގައި ހިމެނޭ އާލިޔާ ބަޓް އާއި ޝަރްވަރީގެ ކުރިއަށް އޮތް ފިލްމު "އަލްފާ" ގައި މަގްބޫލު ތަރި ރިތިކް ރޯޝަން ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔަޝް ރާޖު ފިލްމްސް އިން ނެރުމަށް މަސައްކަތް ކުރަމުން އަންނަ "އަލްފާ" ގެ ކެމިއޯއަކުން ރިތިކް ރޯޝަން ފެންނާނެ އެވެ. އަދި މި ކެމިއޯގައި އޭނާ ފެނިގެންދާނީ "ވާ 2" ގެ ކެރެކްޓަރ، ވާ ކަބީރު ގެ ގޮތުގައި ކަމަށްވެސް އެރިޕޯޓްގައި ބުނެއެވެ.

ރިތިކްގެ މިފެނިލުން އާލިޔާ ބަޓުގެ މުދައްރިސެއްގެ ގޮތުގައި ފެނިގެންދާއިރު، މިގޮތަށް ކުރިއަށް ހުރި ފިލްމު ނުވަތަ ފިލްމުތަކުގެ ކެރެކްޓަރ ފުރަތަމަ ނެރޭ ފިލްމުން ގެނެސްދިނުމަކީ "ޔަޝް ރާޖު ފިލްމްސް" ގެ އުފެއްދުންތަކުން މިހާރު ވަރަށް ގިނައިން ކުރާކަމެކެވެ.

އެގޮތުން ބަލާއިރު ޝާހުރުކް ޚާންގެ ފިލްމު "ޕަތާން" ގައި ސަލްމާން ޚާންގެ "ޓައިގަރ" ގެ ކެރެކްޓަރ ވަނީ ދައްކުވައިދީފައެވެ. އަދި ޝްރައްދާ ކަޕޫރުގެ "ސްޓްރީ 2" ގައި ވަރުން ދަވަންގެ "ބޭޅިޔާ" ކެރެކްޓަރ ވަނީ ގެނެސްދީފައެވެ. އަދި ހަމަ އެހެންމެ ރޯހިތު ޝެޓީގެ ސިންގަމް އެގެއިން އިންވެސް ބޮލީވުޑުގެ މަޝްހޫރު އެތައް ކެރެކްޓަރެއް ފެނިގެންދާނެއެވެ.

ރިތިކް އަކީ ބޮލީވުޑުގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ބޮލީވުޑުގެ އެންމެ ނަން މަޝްހޫރު ތަރިންގެ ލިސްޓްގެ ކުރީގައި ފާހަގަކޮށްލެވޭ ތަރިއެކެވެ. އޭނާ ވަނީ މިހާތަނަށް ތަފާތު ފިލްމުތަކުން ބެލުންތެރިންނަށް ތަފާތު ކެރެކްޓަރ އިން ފެނިގެން ގޮސްފައެވެ.

ރިތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ވާ 2" އިންނެވެ. މި ފިލްމުގެ ލީޑުން އޭނާއާއެކު ކިއާރާ އަދްވާނީ އާއި، ޖޫނިއާ އެންޓީއާރު ފެނިގެންދާނެއެެވެ. އާޔަން މުކަރްޖީ ޑައިރެކްޓުކުރާ މި ފިލްމު ސިނަމާތަކަށް ނެރެން ހަމަޖެހިފައިވަނީ 2025 ގެ އޮގަސްޓް މަހުގައެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން