ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ޙަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ ޕީޖީ ޝަމީމަށް ޙަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި 7 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި މިމަހުގެ 18 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި އެމައްސަލާގައި ހައްޔަރުކުރި ދިވެހި 7 ފިރިހެނުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ޝަމީމަށް ބަޔަކު ހަމަލާ ދިނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހެނދުނު އެެވެ. ފުލުހުން ބުނެފައި ވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.

މަރުތޭލެއް ބޭނުންކޮށްގެން ދިން އެ ހަމަލާ އަމާޒުވީ ޝަމީމްގެ އަތުގެ މުލައްދަނޑިއަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ ހަމަލާގައި އޭނާގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެއެވެ.

ޝަމީމަށް ޙަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފޮނުވާފައިވާއިރު އޭނާ އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ހުށަހަޅައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޥާފިރު ޢަލީ

26-Aug-2024

ތިމައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ނެތިގެން އަނބުރާ ގެންނާނެބާ??



ޓްރެންޑިން