ޓޯއި ސްޓޯރީގެ ބައެއް ކެރެކްޓަރުން- ގޫގުލް ފޮޓޯސް
ޓޯއި ސްޓޯރީގެ ބައެއް ކެރެކްޓަރުން- ގޫގުލް ފޮޓޯސް
އެތައް ބައެއްގެ މެދުގައި މަޝްހޫރު ކާޓޫނު ފްރެންޗައިޒް އެއް ކަމަށްވާ ޓޯއި ސްޓޯރީގެ ފަސް ވަނަ ބައި ނިކުންނަ ތާރީހު އާންމު ކޮށްފިއެވެ.

އެގޮތުން އިނގިރޭސި ކާޓޫނު ފިލްމު "ޓޯއި ސްޓޯރީ 5" އުފެއްދުމުގެ މަސައްކަތް މިހާރު ޕިކްސާރ އިން ފަށާފައިވާ ކަމަށާއި، މި ފިލްމު ނިކުންނާނީ 2026 ގެ ޖޫން މަހުގައި ކަމަށް، ޓޯއީ ސްޓޯރީ އުފައްދާ ޕިކްސަރ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ.

މި އަހަރު ބޭއްވި ޑިޒްނީގެ ޑީ23 އެކްސްޕޯގައި ވެސް ޕިކްސާއިން ވަނީ "ޓޯއި ސްޓޯރީ 5" ގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން މި ފިލްމު މި ފްރެންޗައިޒްގެ އެހެން ފިލްމުތަކާ އަޅާބަލާއިރު ތަފާތުވާނެކަމަށް ޕިކްސާ އިން ވަނީ ބުނެފައެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒާމާނީ ކުޅޭ އެއްޗިހިވެސް މި ފިލްމުން ރަމްޒު ކޮށްދޭނެ ކަމަށް ޕިކްސާއިން ވަނީ ބުނެފައެވެ.

އެންޑްރިއު ސްޓޭންޓަން ޑައިރެކްޓުކުރާ މި ފިލްމު އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް އިއުލާންކޮށްފައިވާ ނަމަވެސް މި ފިލްމަށް އަޑު އަޅާނެ ފަރާތްތައް އަދި ނިންމާފައެއް ނުވެއެވެ. ޓޯއި ސްޓޯރީ ޕްރެންޗައިޒް އަކީ ކުދި ބޮޑު އެތައް ބައެއްގެ މެދުގައި ވަރަށް މަގުބޫލު ކާޓޫން ފްރެންޗައިޒަކަށްވީއިރު، މީގައި އުޅޭ ކެރެކްޓަރުންނަކީ އެތައް ކުދިންނަކަށް މުނިފޫހިފިލުވައިދީފައިވާ ކެރެކްޓަރުން ތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން