މަރްޔަމް ނަހްދާ ވަޙީދު   22 އޯގަސްޓު 2024 - 0:40
ގިނަ ބަޔަކު ޕޯސްޓުޕާޓަމް ޑިޕްރެޝަން ތަހައްމަލު ކުރޭ- ގޫގުލް އިމޭޖެސް
ގިނަ ބަޔަކު ޕޯސްޓުޕާޓަމް ޑިޕްރެޝަން ތަހައްމަލު ކުރޭ- ގޫގުލް އިމޭޖެސް
ޕޯސްޓްޕާޓަމް ޑިޕްރެޝަން ނުވަތަ ދަރިމައިވުމަށްފަހު ކުރިމަތިވާ ޑިޕްރެޝަން އަކީ ވަރަށް ގިނަ މައިން ތަހައްމަލު ކުރަމުންދާ ކަމެކެވެ. މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި އިރުއިރުކޮޅާ މީހާގެ މޫޑު ބަދަލު ވުމާއި، އެހެން މީހުން އަދި އަމިއްލަ ދަރިފުޅާއި ދެމެދު އޮންނަ ގުޅުން ހީނަރު ވުމާއި، އަދި އެކިކަހަލަ ނިންމުން ނިންމުމަށް އުނދަގޫވުން ހިމެނެއެވެ.

މިމައްސަލަ ކުރިމަތިވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބު ހުރެއެވެ. އޭގެ ތެރޭގައި ދަރި މައި ވުމުގެ ސަބަބުން މީހާ އަށް އަންނަ އެކި ބަދަލުތަކާއި، ވިސްނައި ފިކުރު ކުރަންޖެހޭ ކަންކަން ގިނަވުމާއި، އެކި ކަންކަމާ ސްޓްރެސް ވުމާއި، އަމިއްލަ ނަފްސަށް އިތުބާރު ނުވުމާއި އަދި ހަމަ އެހެންމެ އާއިލީ މައްސަލަތައް ކުރިމަތިވެފައިވާނަމަ އެކަންކަން ވެސް ހިމެނެއެވެ. މިއީ ރާއްޖޭގައިވެސް ވަރަށް އާންމު ކަމަކަށްވެފައިވާއިރު، މި ބައްޔަށް ރަނގަޅަށް ފަރުވާ ނުކުރެވޭނަމަ އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ޕޯސްޓް ޕާޓަމް ޑިޕްރެޝަން އާ ކުރިމަތިލާން ކުރެވިދާނެ ބައެއް ކަންކަމެވެ.

ކަސްރަތު ކުރުން:

ބައެއް ދިރާސާ ތަކުން ދައްކާ ގޮތުގައި ކަސްރަތު ކުރުމަކީ މިކަމުން އަރައިގަތުމަށް އެހީވެދޭ ކަމެކެވެ. އެގޮތުން ދިރާސާވެރިން ބުނާ ގޮތިގައި ކަސްރަތު ކުރުމަކީ ޕޯސްޓް ޕޯޓަމް ޑިޕްރެޝަން ހުންނަ މީހުންނަށް އެންޓި ޑިޕްރެސެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމެކެވެ. ސަބަބަކީ ބޭރަށް ނިކުމެ، މީހާ ހެލިފެލިވެ އުޅޭނަމަ ފިކުރުތަކާ ދުރަށް ދާން ފަސޭހަ ވާތީއެވެ.

ފައިދާހުރި ކާނާ ކެއުން:

ކެއުމުގައި ސިއްހަތަށް ފައުދާހުރި މާއްދާތަށް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކެއުމުގައި ސިއްހަތަށް ފައިދާހުރި މާއްދާތަށް ހިމަނާނަަމަ ޕޯސްޓްޕޯޓަމް ޑިޕްރެޝަން އިން އަރައިގަތުމަށްވެސް އެޙިވެދެއެވެ. ސަބަބަކީ އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓުތައް ލިބި މީހާގެ ސިއްހަތު ރަނގަޅު ވާތީއެވެ.

ޖަޒުބާތުތައް ހިއްސާ ކުރުން:

ދަރި މައި ވުމަށްފަހު ޑިޕްރެޝަންގެ އަލާމާތްތައް ފެންނަ ނަމަ އެކަމުން އަރައިގަތުމަށްޓަކައި ތިބާ ވިސްނާ ފިކުރު ކުރާ ކަންކަން އެހެން މީހަކާ ހިއްސާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ގާތް ރަހްމަތްތެރިއަކާއި، ނުވަތަ އާއިލީ މީހަކާ ވާހަަކަ ދައްކައި ފިކުރުތައް ހިއްސާ ކުރަން މުހިންމެވެ. އަދި މިގޮތަށްވެސް ރަނގަޅު ނުވާނަމަ ނަފްސާނީ ބަލީގެ ޑޮކްޓަރެއްގެ ލަފާ ހޯދަން ހިޔާރު ކުރުމަކީ އެންމެ ރަނގަޅުގޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން