އެޕިސޯޑް 20
...............
އެއަށްފަހު، ޖިންނި އޭތި އަމަރްގެ ސިފައިގައި އައިސް، ރަނާ ކާމިޔާބުކުރި ގޮތާއި، އޭތި އަމަރް މަރާލިގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ.
[އަހަރެން ރަޙުމްކުޑަ ޢަމަލެއް ހިންގިޔަސް، ހިންގާފައިވަނީ ރަނާގެ ލޯބީގެ ޙައްޤުގައި. އަހަރެން ރަނާދެކެ ވަރަށް ލޯބިވޭ.....ވަރަށް ލޯބިވޭ....އަހަރެން މިވާ ތެދުވެރި ލޯބީގެ ޙައްޤުގައިވިޔަސް، އަހަންނަށް މަޢާފްކޮށްފައި އަހަރެން ދޫކޮށްލަދީ....] ބިރުވެރި ސިފައިގައި ހުރި ޖިންނި ރޮއިރޮއިފައި ވާހަކަ ދައްކަމުންދިޔައެވެ. އެވަގުތު އޭތި އެސިފައިގައި ހުއްޓާ، ފޮޓޯ ނެގޭތޯ ވަރަށްގިނަ ބަޔަކު މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް، އެއްވެސް މީހެއްގެ ކެމެރާއަކަށް ފޮޓޯއެއް ނާރައެވެ. އެހެން ނަމަވެސް، އެކި މީހުންގެ ކެމެރެއާއި ފޯނުން އޭތީގެ ފޮޓޯ ނެގޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔައެވެ.
[ކިތަންމެ މަސައްކަތް ކުރިޔަސް، އަހަރެން މި ސިފައިގައި ހުއްޓާ ފޮޓޯއަކަށް ނާރާނެ. އެކަމަކު އިންސާނެއްގެ ސިފައިގައި ހުރި ވަގުތެއްގައި އަރާނެ.] ފޮޓޯ ނެގޭތޯ މަސައްކަތް ކުރަމުންދިޔަ މީހުނާ ދިމާއަށް ބަލަން ހުރެފައި ޖިންނި ބުންޏެވެ. އޭރުވެސް ޙުސޭން ކަލޯ އޭނާގެ މަސައްކަތަކަށް ކުޑަވެސް ހުއްޓުމެއް ނުގެނެއެވެ. ލަފާކުރެވޭ ގޮތުން އޭނާ މަސައްކަތް ކުރަމުން އެދަނީ، އޭނާގެ ކުރިމަތީގައި އަނދަމުންދާ އަލިފާނުގެ ތެރެއަށްލާ ޖިންނި ހުލިކޮށްލާށެވެ.
[ކަލެއަށް މަޢާފް ދިނުމެއް ނެތް. ކަލޭ ތި އަލިފާނުގެ ތެރެއަށް ހުލިކޮށްލުން ނޫން ގޮތެއް މިހާރަކު ނެތް. އަހަންނަކީ ތިކަހަލަ ކިތަންމެ އެއްޗަކާ ކުރިމަތިލާފައިވާ މީހެއް. އަހަރެން ކަލޭމެނަކަށް އެއްވެސް އިތުބާރެއް ނުކުރަން.] ޙުސޭން ކަލޯ އަނދަމުންދާ އަލިފާންގަނޑު ތެރެއަށް އެއްޗެހިތަކެއް އަޅާލަމުން ބުންޏެވެ.
[ނޫން...ނޫން....އަހަރެން ސަލާމަތްކުރޭ....އަހަރެންގެ ދަރިފުޅުގެ ޙައްޤުގައި އަހަރެން ސަލާމަތްކުރޭ.....] އޭރު އެގޭ ދޮރުމަތީގައި ރަނާއާއި ޖިންނީގެ ގުޅުމުން ލިބުނު ދަރިފުޅުވެސް ހުއްޓެވެ. އެކުއްޖާއަށްވެސް ރޮވެނީއެވެ. އެކުއްޖާގެ ބައްޕަ ކުރިމަތީގައި ހުރެ އަނދާ ހުލިވެގެންދާ މަންޒަރު ބެލުމަކީ، އެކުއްޖާއަށް ކުޅަދާނަވެދާނޭ ކަމެއްބާއެވެ.
[މަންމާ.... އެބޭބެ ގާތު ބުނޭ، ބައްޕަ ސަލާމަތްކުރާށޭ. އަހަންނާ ބައްޕަ، މަންމަގެ ދިރިއުޅުމުން ދުރަށް ހިނގައިދާނަމޭ. އާދޭސް ކުރަން މަންމާ.....ބައްޕަ ދޫކޮށްލަދީ....] ކުޑަކުޑަ ބާދާ ބާރުބާރަށް ރޮމުން އާދޭސް ކުރިއެވެ.
[ނޫން....އޭއްޗަކަށް މަޢާފެއް ނުކުރެވޭނެ. އޭތި އަހަރެންގެ ދިރިއުޅުން ހަލާކުރީ. އަހަރެން ވާސިލާ ދުރުކުރުވީވެސް އޭތި....ކަލޭވެސް އަހަރެންގެ ކުރިމަތިންދޭ....] ރަނާ އަދިވެސް ރޮނީއެވެ.
ރަނާގެ އެ ހަރުކަށި ޢިބާރާތުގެ ސަބަބުން ބާދާއަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. އެކުއްޖާ ގިސްލާ ރޮމުން، ބައްޕަ ސަލާމަތް ކުރުމަށްޓަކައި ބައްޕައާ ކައިރިވުމަށް މަސައްކަތް ކުރިއެވެ.
[ނޫން ދަރިފުޅާ....މިތަނާ ކައިރިއަށް ނާދޭ. ދަރިފުޅުވެސް ބައްޕައާއެކު އަނދައިގެން ހިނގައިދާނެ. ދަރިފުޅާ މިތަނުން ދުރަށްދޭ.] އަލިފާންގަނޑުގެ ތެރޭން ޖިންނި ވާހަކަ ދެއްކިއެވެ.
ދިރުން ހުއްޓަސް، މިހާރު އޭތީގެ ވަށައިގެންވަނީ އަލިފާން ހިފާފައެވެ. ދުރުގައި ތިބެ އޭނާގެ ދަރިފުޅާއި ދައްތަ ރޮމުން ދަނީއެވެ.
[ދަރިފުޅާ މިތަނުންދޭ. އެހެން ނޫނީ ދަރިފުޅުވެސް މިމީހުންގެ އަތްދަށުވެދާނެ. އަވަހަށްދޭ. އަވަހަށް ދައްތައާއެކުދޭ.....] އަލިފާންގަނޑުތެރެއިން އިވެމުންދިޔަ އަޑާއެކު، ރަނާއާއި އަމަރް ޖިންނީގެ ދަރިއާއި އެކުއްޖާގެ ދައްތަ ގެއްލިއްޖެއެވެ. ޙުސޭން ކަލޯގެ ކިބައިން ސަލާމަތްވެގެން އޭތި ދިޔައީއެވެ.
އޭރު އަލިފާންގަނޑު ތެރެއިން ސަލާމަތްވެވޭތޯ އޭތި މަސައްކަތް ކުރަމުން ދަނީއެވެ. ނަމަވެސް، އޭތި މިހާރު އެވަނީ ރަނގަޅަށް ކަސްތޮޅު އަޅުވާފައެވެ.
[އަހަރެން ސަލާމަތްކޮށްދީ. އަހަރެން ހުވާކޮށްފައި ބުނަން، އަހަރެން ދެން ރަނާއަށް އެއްވެސް އުނދަގުލެއް ނުކުރާނަން. އަހަރެން އެއްވެސް އިންސާނަކަށް ތުރާލެއް ނުކުރާނަން.] މިހާރު އޭތީގެ ގައިގައި ވަނީ ހަމަ ރަނގަޅަށްވެސް އަލިފާން ހިފާފައެވެ.
ޙުސޭން ކަލޯގެ މޯބައިލް ފޯން ރިންގްވާން ފެށީ އެވަގުތެވެ. ކުޑަކޮށް މަސައްކަތްގަނޑު މަޑުޖައްސާލުމަށްފަހު، ޙުސޭންކަލޯ ފޯނު ނަގައިފިއެވެ. ފޯނު ކަންފަތުގައި ޖައްސާލުމާއެކު އިވުނީ، އޭނާގެ އަންހެނުންގެ ރުއިމުގެ އަޑެވެ. ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އޭނާއަށް އަނގައަކުންވެސް ނުބުނެވުނެވެ.
[ޢަޒީޒާ ބަލަ ކިހިނެއްވީތަ؟ އަހަރެން ވަރަށްބޮޑު މަސައްކަތެއްގައޭ މިހުރީ. އަވަހަށް ވެގެން އުޅޭ ގޮތެއް ބުނެބަލަ.] ޙުސޭން ކަލޯގެ ހިތް އަވަސްވިއެވެ. ނަމަވެސް އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. ދެން އިވުނީ ޢަޒީޒާގެ އަތުން ފޯނު ވެއްޓުނު އަޑެވެ. ދެން ފޯނު ނެގީ އޭނާގެ އަންހެން ދަރިފުޅު ޢައްޒައެވެ. ޢައްޒަވެސް ރޮނީއެވެ.
[ދަރިފުޅާ އަވަހަށް ބުނެބަލަ ކިހިނެއްތަވީ؟ ބައްޕަ ވަރަށް އެބަ ހާސްވޭ.] ޙުސޭން ކަލޯ މަސައްކަތް ހުއްޓާލުމަށްފަހު ތެދުވިއެވެ.
[ބައްޕާ....ދޮންތަ...ދޮންތަ....] ޢައްޒައަކަށްވެސް ރަނގަޅަކަށް ވާހަކައެއް ނުދެއްކުނެވެ. ޢައްޒަ ދޮންތައޭ އެކިޔަނީ ޙުސޭން ކަލޯގެ އެންމެ ދޮށީ އަންހެން ދަރިފުޅަށެވެ.
[ކިހާ ދެރަކަމެއް. ބުނެބަލަ ދޮންތައަށް ކިހިނެއްވީތަ؟] ޙުސޭން ކަލޯގެ ގާތަށް ރުޅިއައެވެ.
[ބައްޕާ ކޮންމެވެސް ބަޔަކު ދޮންތަ މަރާލައިފި....ދޮންތަގެ ކަރުގައި ހިފާ މަރާލީ.....އާދޭ....] ދެން އިވުނީ ޢައްޒަވެސް ފޯނު ބޭއްވި އަޑެވެ.
[އޭނ....ދޮންތަ މަރާލީއޭ!؟] ޙުސޭން ކަލޯ އޭނާ ގެނައި ސާމާނުތައްވެސް އެތަނަށް ދޫކޮށްލުމަށްފަހު، މަގުމަތީގައި އޮތް ޓެކްސީއަކަށް އަރައި، ގެޔަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ. އެދަނޑިވަޅު އަލިފާންގަނޑު ތެރެއިން އުންޑައެއްހެން ޖިންނި މައްޗަށް އަރައިގެންދިޔަތަން އެންމެންނަށްވެސް ފެނުނެވެ.
އެވަގުތު ވާސިލް ގޮސް ރަނާގެ ބުރަކަށީގައި ފިރުމާލަމުން، ރަނާއަށް ހިތްވަރުދިނެވެ. އެއަށްފަހު ދެން އޭނާވެސް ދިޔައީ ޙުސޭން ކަލޯގެ ގެޔަށް ދިޔުމަށްޓަކައެވެ. އޭނާއާއި އީވާނަށް ފެރީ ޓަރމިނަލަށް ދެވުނުއިރު، ފެރީގައި ޙުސޭން ކަލޯވެސް ހުއްޓެވެ. އެމީހުން އައީ ޙުސޭން ކަލޯ މަސައްކަތް ކުރުމަށް ބޭނުންކުރި ސާމާނުތައްވެސް ހިފައިގެނެވެ.
އޭރު ޙުސޭން ކަލޯ ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. ޙުސޭން ކަލޯއަށް ވިލިނގިލީގައި އެމީހުން ދިރިއުޅޭ ގެޔަށް ދެވުނުއިރު، އެގެޔާ އެގޭ ގޯތިތެރޭގައި ގިނަ ޢަދަދެއްގެ ބަޔަކު ތިއްބެވެ. މުޅި ހިސާބުގަނޑުންވެސް އިވެމުންދަނީ ރުއިމާއި ގިސްލުމުގެ އަޑެވެ.
ޙުސޭން ކަލޯމެނަށް ގެޔަށް ވަދެވުނުއިރު ޙުސޭން ކަލޯގެ އަނބިމީހާއާއި، ދެން ތިބި ކުދިން ޙުސޭން ކަލޯގެ ދޮށީ އަންހެން ދަރިފުޅު ޢަޒްރާގެ ހަށިގަނޑުގައި އޮޅުލަ އޮޅުލާފައި ރޮމުން ދަނީއެވެ. ހީވާގޮތުން ޢަޒްރާގެ ފުރާނައެއް ނެތެވެ. ޙުސޭން ކަލޯ އައިސް ވަނުމާއެކު، ރޮއިރޮއިފައި ޢައްޒަ، ޢަޒްރާއަށް ވީގޮތް ކިޔާދިނެވެ. ޢަޒްރާ ނިދާފައި އޮވެ ހަޅޭއްލަވައިގަތް އަޑަށް، އެމީހުންނަށް ކޮޓަރިއަށް ވަދެވުނުއިރު، ޢަޒްރާ އަމިއްލައަށް އޭނާގެ ކަރުގައި ހިފައިގެން އޮވެ މަރަށް ތެޅެމުންދަނީއެވެ. އެހާ ހިސާބުން އޭނާގެ ދަރިފުޅުގެ މަރާއި ޖިންނިއާ މާބޮޑަށްވެސް ގުޅުންވާކަން ޙުސޭން ކަލޯއަށް އެނގުނެވެ. ފުރަތަމަވެސް އޭނާ ބެލީ މަރުވެފައިވާ ދަރިފުޅުގެ ކަރަށެވެ. ޖިންނި ޢަޒްރާގެ ކަރުގައި ހިފާލިތަން ވަރަށް ބޮޑަށް ރަތް އަރާފައި ހުއްޓެވެ.
[ހުރިހާ ކުދިން ކައިރީވެސް ބައްޕަ ބުނަމެއްނު، ތިކުދިންގެ އުނަގަނޑުގައި ބައްޕަ އަޅުވާދީފައި އޮންނަ ތަވީދު ނުނަގާށޭ. ޢަޒްރާ ތަވީދު އެއްލާލީއޭދޯ؟] ޙުސޭން ކަލޯ ރޮމުން، މަރުވެފައިވާ ދަރިފުޅުގެ ބޮލުގައި އަތް ކާއްތާލިއެވެ. އޭރު އެޙާދިޘާ އެނގިގެން ފުލުހުންވެސް އެގެޔަށް އައިސް ތިއްބެވެ.
އޭގެ މާގިނައިރުތަކެއްނުވެ، މަރު ސާބިތު ކުރުމަށްޓަކައި ޢަޒްރާ ގެންދެވުނީ ހޮސްޕިޓަލަށެވެ. މަރު ސާބިތު ކުރުމަށްފަހު، ކަށުކަމާކެމީގެ ކަންތައް ނިމުނީ މެންދުރު ނަމާދަށްފަހުގައެވެ.
[ޙުސޭނުބޭ....ކަންތައް މިދިމާވި ގޮތުން އަހަރެން ވަރަށް ދެރަވެއްޖެ. ކިހިނެއްތަ އެނގޭނީ، އޭތީގެ ޙަމަލައެއް ތިޢާއިލާއަށް ފޯރާފާނޭ ކަމަށް.] ވާސިލްވެސް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ.
[އަހަރެން ޢާންމުކޮށްވެސް މިފަދަ ކަންތައް ކުރަނީ އަހަރެންގެ ޢާއިލާއަށް ރައްކާތެރިކަން ހޯދުމަށްފަހު. އެމަންޖެއަށްވެސް ތަވީދެއް ދީފައިވާނެ. އެތަވީދު އެމަންޖެގެ އުނަގަނޑުގައި އޮތްނަމަ، އޭއްޗަކަށް އެމަންޖެއާ ޙަމަލައެއް ނުދެވުނީސް. ޙަޤީޤަތުގައި ފުރަތަމަ އޭތި ދިމާކުރާނީ، އަހަރެންގެ އަންހެނުންނާ. އެކަމަކު އަންހެނުންނާ ކައިރިއެއް ނުވެވޭނެ.] ޙުސޭން ކަލޯ ބުންޏެވެ.
[އޭތި އޭރު ހުރީ ޙުސޭންބޭގެ ބާރުގެ ދަށުގައެއްނު. ދެން ކީއްވެތަ އޭއްޗަށް ތިކަން ކުރެވުނީ؟] ވާސިލް ވިސްނާލަމުން ބުންޏެވެ.
[އޭތި އަހަރެންގެ ބާރުގެ ދަށުގައި ހުއްޓަސް، އޭތީގެ ޢާއިލާ އޮތެއްނު. ރޭގެ ޙަމަލައަކީ އޭތީގެ ދައްތަ ހަންޑީގެ އަނިޔާވެރި ޢަމަލެއް ކަމަށް ޤަބޫލުކުރެވެނީ.] ޙުސޭން ކަލޯ ބުންޏެވެ.
ކުރިން ދުވަހަކުވެސް ޖިންނި ފަންޑިތައެއް ހަދައިގެން އޭނާއަށް މިވަރުގެ ދެރައެއް ލިބިފައެއް ނުވެއެވެ. ރެޔަކީ އޭނާގެ ޙަޔާތުގައިވެސް ދިމާވި އެންމެ ނިކަމެތި ޙާދިޘާ ހިނގި ރެޔެވެ.
އޭނާގެ ސަބަބުން އޭނާގެ އެއްވެސް ކުށެއްނެތް ދަރިފުޅު މިދުނިޔެ ދޫކޮށް ދިޔައީއެވެ.
[އެކަހަލަ ޙަމަލަތަކެއް އަތުވެދާނޭކަން އެނގޭތީ، އަހަރެންގެ ހުރިހާ ދަރިންވެސް ރައްކާތެރި ކުރުމުގެ ގޮތުން އަހަރެންވާނެ، ކޮންމެ ކުއްޖަކަށްވެސް ތަވީދެއްދީފައި. ޢާންމު ގޮތެއްގައި ތަވީދުގެ ބާރު ނުހުންނާނީ ނުތާހިރާ ހުންނަ ވަގުތުތަކުގައި ކަމަށްވާތީ، ގޭގެ ހުރިހާ ފާޚާނާތަކެއްވެސް އަހަރެންވާނީ ނުރައްކަލުން ސަލާމަތްކޮށްފަ.] ޙުސޭން ކަލޯ ބުންޏެވެ.
[އެއިން ކުއްޖަކު އެހެން ގެއެއްގެ ފާޚާނާ ބޭނުންކޮށްފިއްޔާ ކިހިނެއްވާނެބޭ؟] ވާސިލް އެއްސެވެ.
[އެހެން ގެއެއްގެ ފާޚާނާ ބޭނުން ނުކުރުމަށް ވާނީ ބުނެފައި. ވަކިން ޚާއްޞަކޮށް، މިފަދަ މަސައްކަތެއް ކުރިއަށްދާއިރު ޖެހޭނެ ވަރަށް ބޮޑަށް ވިސްނަން.] ޙުސޭން ކަލޯ ބުންޏެވެ.
އެދުވަހު ޙުސޭން ކަލޯ ބުނީ ދެން އިތުރަށް މަސައްކަތް ކުރާނީ ދެތިން ދުވަސް ފަހުން ކަމަށާއި، ހިތާމަތަކުން އެއްކިބާވެވުމުން ނޫނީ އެފަދަ މަސައްކަތެއް ކުރަން ފަސޭހަ ނުވާނޭ ކަމަށެވެ.
[ކޮންމެގޮތެއްވިޔަސް، ދެން ރަނާ އޭނައަކާ ގުޅުމެއް ނުބާއްވާނެ. އެހެންވީމާ، އަދި ދެހަފްތާއެއްހާ ދުވަސް ފަސްކޮށްލިޔަސް ރަނގަޅުވާނެ.] ވާސިލް ބުނެލިއެވެ.
އެދުވަހު ވިލިނގިލިން އެނބުރި ވާސިލާއި އީވާން ދިޔައީ ސީދާ ރަނާ އުޅެމުންދާ އަމަރްގެ ގެޔަށެވެ.
ވާސިލް އެގެޔަށް ވަނުމާއެކު، ރަނާ ގޮސް ވާސިލްގެ ގައިގައި ހިފެހެއްޓިއެވެ. އެއަށްފަހު ބާރަށް ރޮއިގަންނަމުން، އޭނާ ވާސިލްގެ އެހީއަށް އެދެން ފެށިއެވެ.
އަމަރް ދުނިޔޭގައި ނެތްކަން އެނގުމާއެކު، ޞިއްޙީ ގޮތުން އެންމެ ބަލިކަށިވީ އަމަރްގެ މަންމަ ފަރީޝާއެވެ. މިހާރު ފަރީޝާ އޮތީ އައި.ޖީ.އެމް.އެޗް.ގެ އައި.ސީ.ޔޫ.ގައެވެ. ނިޔާޒް ހިސާބަކަށް ހިތްވަރު ކުރެވޭތޯ މަސައްކަތް ކުރަމުންދެއެވެ.
[ވާސިލް....ޙަޤީޤަތުގައި އަހަރެން ސަލާމަތްކޮށްދިން މީހަކީ ތިޔައީ. އަހަންނަށް އަދިވެސް އެހީތެރިވެދީ....] ރަނާ ރޭއްސުރެ އަދިވެސް ރޮނީއެވެ. މިހާރު އެތައް ނޫސްވެރިންނެއްވެސް އޭނާގެ ބަހެއް ހޯދުމަށްޓަކައި މަސައްކަތް ކޮށްފައިވެއެވެ.
ނަމަވެސް މާބޮޑަށް ހިތްދަތިވެފައި ވުމުގެ ސަބަބުން އޭނާއަކަށް އެއްވެސް ބަޔަކަށް އަދި މަޢުލޫމާތެއް ދެވޭވަރެއް ނުވެއެވެ. ފަހަރުގައި އޭނާ މަޢުލޫމާތު ދޭން ބޭނުންނުވެވެސްދާނެއެވެ.
[ރަނާ، އަހަރެން މިހުރީ ދާއިމަށް ދުނިޔެ ޢުމުރަށްވެސް ރަނާއަށް އެހީވާން ތައްޔާރަށް. ރަނާގެ ހަޔާތުގެ ބައިވެރިއަކީ އިންސާނެއް ނޫންކަން އަހަންނަށް އެނގުނީވެސް ރަނާގެ ލޯބި ޙާޞިލް ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ސަބަބުން.] ވާސިލް ރަނާގެ އަތުގައި ހިފެހެއްޓިއެވެ. ފިސާރި އޯގާތެރިކަމާއި ލޯތްބާ އެކުގައެވެ.
[މަންމާ...އަމަރްގެ މަންމަ އޮތީ ހޮސްޕިޓަލްގައި. އަޅެ ހިނގާބަލަ، އަހަރެން ގޮވައިގެން ހޮސްޕިޓަލަށް. ކޮންމެ ގޮތެއްވިޔަސް، އެއީ އަހަރެންގެވެސް މަންމައެއް.] ރަނާ މިހާރު ބޭނުންވަނީ ފަރީޝާ ގާތަށް ހޮސްޕިޓަލަށްދާށެވެ.
[ހިނގާ އަހަރެންވެސް ދާނަން.] މިހެން ބުނެފައި، ވާސިލް ޓެކްސީއަކަށް ގުޅައިފިއެވެ. ޓެކްސީގައި އެމީހުންނަށް ހޮސްޕިޓަލަށް ދެވުނުއިރު، ރޫޙު މަރުވެފައިވާފަދަ ގޮތަކަށް އިންޓެންސިވް ކެއަރ ޔުނިޓް ކުރިމަތީގައި އަމަރްގެ ބައްޕަ ނިޔާޒް ހުއްޓެވެ.
ނިޔާޒް ފެނުމާއެކު، ރަނާގެ ބަޑި ފަޅައިގެންދިޔައެވެ. ނިޔާޒް ނިކަން ހިތްވަރު ކުރަމުން، ރަނާއަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެއަށްފަހު، ފަރީޝާގެ ޙާލު ބެލުމަށްޓަކައި، އޭނާ ރަނާ އަތުގައި ހިފައިގެން އައި.ސީ.ޔޫ. އަށް ވަނެވެ. ޙަޤީޤަތުގައި ފަރީޝާ އެއޮތީ ވަރަށް ސީރިއަސް ޙާލަތެއްގައެވެ.
ޑޮކްޓަރ ބުނެފައިވަނީ، ފަރީޝާއަށް ހާރޓްއެޓޭކެއް ޖެހިފައިވާ ކަމަށާއި، ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހޭނޭ ކަމަށެވެ. ވުމާއެކު، މިހާރު ނިޔާޒް ތައްޔާރުވަމުން އެދަނީ، ފަރީޝާ ރާއްޖެއިން ބޭރަށް ގެންދިޔުމުގެ މަސައްކަތެވެ.
[ދަރިފުޅާ ބައްޕަ މިއުޅެނީ މަންމަ ގޮވައިގެން ބެންކޮކަށް ފުރަން. މިތަނުން އަންގައިފި، ހިތުގެ އޮޕަރޭޝަނެއް ކުރަން.] ނިޔާޒް އޭނާގެ ލޮލަށް ގިނަވި ކަރުނަތައް އަތުގެ ނުފުށުން ފޮހެލައިފިއެވެ.
[ބައްޕާ....މަންމައަށް އެހީތެރިވާން އަހަރެންވެސް ދާނަން. އަމަރް ދުނިޔެ ދޫކޮށްފައި ދިޔައީމާ....މަންމަމެނާ ވަކިވާކަށް އަހަރެން ބޭނުމެއް ނޫން. ބައްޕަމެން ބޭނުންވަނީ އަހަރެން އެކަނިކޮށްލަންތަ؟] ރަނާ ބަލި އެނދުގައި އޮތް މައިދައިތަގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. ރޮމުން ގިސްލަމުންނެވެ.
[ނޫން...ނޫން ދަރިފުޅާ...އަމަރް ނެތަސް، ބައްޕަމެން ތިދަރިފުޅު ބާކީކޮށެއްނުލާނަން. އަމަރްގެ މަޤާމް އަބަދުވެސް މި ޢާއިލާތެރެއިން ރަނާއަށް އޮންނާނެ. ބައްޕަ ފުރާނީ ރަނާވެސް ގޮވައިގެން.] ނިޔާޒް ރަނާގެ ބުރަކަށީގައި ފިރުމާލިއެވެ.
ބޭރަށް ނުކުމެ ރަނާ އޭނާ އަމަރްގެ މަންމަ ގޮވައިގެން ބޭރަށްދާ ވާހަކަ ވާސިލާއި އޭނާގެ މަންމަ ގާތު ބުންޏެވެ. އޭރުވެސް ބައެއް ނޫސްވެރިން އެމީހުނާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް، ރަނާމެން އެއްވެސް ނޫސްވެރިއަކަށް މަޢުލޫމާތެއްނުދެއެވެ.
އޭގެފަހުން ދެވަނައަށްވީ ދުވަހު ރަނާއާއި އޭނާގެ ބަފައިބެ ފަރީޝާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔައެވެ. އެމީހުން ފުރަމުންދިޔައީ، ގޭގެ ކަންތައްތައް ބެލެހެއްޓުމަށް ރަނާގެ މައިންބަފައިންނާ ޙަވާލުކޮށްފައެވެ.
މިހާރު ވާސިލް އިންތިޒާރު ކުރަމުން އެދަނީ، ޖިންނީގެ ކިބައިން އެކަށް ރަނާ ސަލާމަތްކުރެވި، އޭނާގެ ދިރިއުޅުމަށް ރަނާ އަންނާނޭ ވަގުތަކަށެވެ. ވުމާއެކު، ރަނާ ރާއްޖެ އައުމުގެ ކުރިން، ޖިންނީގެ ކިބައިން އެކަށް ރަނާ ސަލާމަތް ކުރަން އޭނާ ބޭނުންވެއެވެ.
ވުމާއެކު، ޙުސޭން ކަލޯގެ ދޮށީ ދަރިފުޅު ޢަޒްރާ މަރުވިތާ ދެހަފްތާވެ، ރަނާމެން ރާއްޖެއިން ބޭރަށް ފުރިތާވެސް ދެހަފްތާއެއްހާ ދުވަސްވާން ކައިރިވެފައި ވުމާއެކު، މިހާރު ވާސިލާއި ޙުސޭން ކަލޯ މިހާރު ތައްޔާރުވަމުން އެދަނީ، ދާއިމަށް އެ ޖިންނީގެ ދުވަސް ދުއްވާލުމަށްޓަކައެވެ. ޙުސޭން ކަލޯ ބުނެގެން މަސައްކަތަށް ބޭނުންވާނޭ ތަކެތި މިހާރު ވާސިލްއާއި އީވާން ވަނީ ހޯދާފައެވެ. ކިޔެވެލި ކިޔަވާނޭ ދިހަ މީހުނާއެކު، ދިވެހި ބޭހުގެ ވައްތަރުތަކެއްވެސް އޭނާ ހޯދިއެވެ.
[ހަނދު ހުރިގޮތުން މާދަމާރޭ މަސައްކަތް ފެށޭވަރުވާނީ. އިރާދަކުރެއްވިއްޔާ، އަހަރެން އޭތީގެ ޢާއިލާގެވެސް ދުވަސް ދުއްވާލާނަން. އެޢާއިލާގެ އެކައްޗަކަށްވެސް މަޢާފް ކުރުމެއް ނޯންނާނެ.] ޙުސޭންކަލޯ ބުންޏެވެ. މިހާރު ޙުސޭންކަލޯ ވަނީ ހުރިހާ ކަމެއްވެސް ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ.
އޭނާގެ ގޭތެރެއަށް ޖިންނިއަކަށް ނުވަދެވޭނޭހެން އޭނާވަނީ ވަރަށްގިނަ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް، އޮޅިގެން ނަމަވެސް އެގެއިން ބޭރުގައި، އޭނާގެ ދަރިއަކަށް އޭނާގެ ނަޞޭޙަތުގެ މަތިން ހަނދާން ނައްތާލެވިއްޖެނަމަ، އަނެއްކާވެސް ނިކަމެތިކަމާއި ހިތާމައާ ކުރިމަތިލާން ޖެހުމަކީ ވުން ވަރަށް ކައިރީގައިވާ ކަމެކެވެ.
ނަމަވެސް، އޭނާ އެވަނީ އޭނާގެ ހުރިހާ ކުދިންނަށްވެސް ވަރަށް ބޮޑަށް ނަޞޭޙަތްތެރިވެފައެވެ. އޭނާ މިހާރު ކުރިއަށް ގެންދަނީ، ވަރަށް ނުރައްކާތެރި މަސައްކަތެއްކަމާއި، އަތުވެދާނޭ ނުރައްކަލަކަށް، ހުރިހާ ކުދިންނާއި ޢާއިލީ މެމްބަރުންވެސް، ވިސްނައިގެން ތިބުމަށް އޭނާވަނީ ވަރަށް ބޮޑަށް ނަޞޭޙަތްތެރިވެފައެވެ. ވުމާއެކު، އޭނާގެ ޢާއިލާގެ މެމްބަރުން ތައްޔާރަށް ތިބެއްޖެ ކަމަށްވާނަމަ، ހަމަގައިމުވެސް އޭނާގެ ޢާއިލާއަށް އިތުރު ނުރައްކަލެއް ކުރިމައްޗެއް ނުވާނޭކަމީ ކަށަވަރު ކަމެކެވެ.
[ހުސޭނުބޭ މިރޭ މަސައްކަތް ފަށާއިރު، ތިޢާއިލާ އޮތީ ރައްކަލުގަތަ؟ މިކަމުގެ ސަބަބުން ތިޢާއިލާއަށް އިތުރު ހިތްދަތިކަމެއް ލިބޭކަށް އަހަންނެއް ނޭދެން. އެހެންވެ ހައްތަހާވެސް އަހަރެން މިހެން މިބުނަނީ. ޙުސޭނުބޭގެ އަންހެނުންނަށް ގުޅާފައި ބުނަންވީނު، ވިސްނައިގެން ތިބުމަށް.] ވާސިލް މަސައްކަތް ފެށުމުގެ ކުރިން ޙުސޭން ކަލޯއަށް ހަނދާންކޮށްލަދިނެވެ. ޙުސޭން ކަލޯ އޭނާގެ އަންހެނުންނަށް ގުޅާފައި ރައްކާތެރިވެ ތިބުމަށް ތަކުރާރުކޮށް ބުނުމަށްފަހު، މަސައްކަތް ފެށިއެވެ.
މިރެއަކީ، ފަރުވާއަށްފަހު ރަނާގެ މައިދައިތަ ގޮވައިގެން ރަނާމެންވެސް މާލެ އައުމަށް ހަމަޖެހިފައިވާ ރެޔެވެ. ވުމާއެކު، ވާސިލް ކޮންމެހެންވެސް ބޭނުންވަނީ އަވަހަށް ޖިންނީގެ ކިބައިން ރަނާ ސަލާމަތްކޮށް، ރަނާ އޭނާގެ މިލްކަކަށް ހަދާށެވެ. ރަނާ މިހާރުވަނީ އޭނާގެ އެހީތެރިކަމަށް އެދިފައިވެސްމެއެވެ.
[މިރޭ ރަނާ އެބައާދޭތަ؟ އަންނަ ކަމަށްވަނީނަމަ، އެންމެ ރަނގަޅީ ސީދާ ރަނާގެ ޙާޒިރުގައި މިމަސައްކަތް ކުރަން.] ޙުސޭން ކަލޯ ވާހަކަ ދެއްކީ، ރަނާގެ މަންމައާއެވެ. އޭރު އެތަނުގައި ބަދުރިއްޔާވެސް އޭނާގެ ދަރިފުޅު ގޮވައިގެން ހުއްޓެވެ.
އާނ.....މިރޭ އެމަންޖެ އެބައާދޭ. ޙުސޭން ކަލޯ ޖިންނި އަނެއްކާ އެމަންޖެއަށް ޙަމަލައެއް ނުދޭނެތަ؟] ރަނާގެ މަންމަ އެއްސެވެ. ބިރުގެންފައި ހުރެމެއެވެ.
[އާނ....އޭތި ރަނާއަކަށް ޙަމަލައެއް ނުދޭނެ. ޢާންމުކޮށް ޖިންނިން، އެއެއްޗެހިންގެ ލޯބިވެރިންނަށް ބަލާނެ. އަނިޔާއެއް ނުކުރާނެ. މިހާތަނަށް އަދި އެކަހަލަ ކަމަކާ ދިމައެއްނުވޭ.] ޙުސޭން ކަލޯ އޭނާގެ ތަޖްރިބާގެ އަލީގައި ބުންޏެވެ.
ޢާންމުކޮށް ޖިންނީންގެ ފަރާތުން ޖިންނިއަކު ލޯބިވެގެން އުޅޭ އިންސާނަކަށް އަނިޔާވެރިވުމަކީ ނުވާކަމެކެވެ.
[އެކަމަކު އަހަރެން ވަރަށް ބިރުގަނޭ. އޭތި މިހާރުވެސް އެމަންޖެއަށް ދީގެން އުޅޭ އަނިޔާ، ވަކި ކުޑައެއް ނޫނެއްނު. އަހަރެން ވަރަށް ބޮޑަށް އެދެން، އޭއްޗަށް އެމަންޖެއާ ކައިރިނުވެވޭ ގޮތް ހަދަން.] ރަނާގެ މަންމަ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު