މެދުކެނޑިފައި އޮތުމަށްފަހު ދީނީ އިލްމުވެރިންގެ މަހާސިންތާ މާދަމާރޭ ފަށާގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވަނީ މި މަހުގެ 23 އިން 24 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި މަހާސިންތާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ބައިވެރިވާނެ ކަމަށެވެ.
މާދަމާ މި މަހާސިންތާ ފަށާއިރު އެކަމަށް ބާއްވާ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާ އާއި ގުޅޭގޮތުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ, އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، އިލްމުވެރިންގެ މަހާސިންތާ މާދަމާ ރޭ ފެށޭއިރު މި ބައްދަލުވުމުގައި މުހިންމު އެކި ކަންކަމާ މެދު އިލްމުވެރިންގެ މެދުގައި މަޝްވަރާ ކުރެވޭނެކަމަށެވެ.
އަދި މަހާސިންތާގައި ބޭރުގެ ބައެއް ބޭފުޅުން ވެސް ތަގުރީރު ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ,
މި އަހަރުގެ މަހާސިންތާގެ ޝިޢާރަކީ އިސްލާމީ އިންތަކާއި މިންތައް ހިމާޔަތް ކުރުމުގައި އިލްމުވެރިންގެ ދައުރު މިއެވެ.

ކިޔުންތެރިންގެ ހިޔާލު