މަގެއްގެމަތިން ދިޔަ މީހަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާ ހިނގާފައިވަނީ ވެރިރަށް މާލޭގެ މަގުމަތީގައި ކަމަށާއި ހައްޔަރު ކުރެވުނީ އަންހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރެވުނީ މީހަކަށް ބިރު ދައްކައި އެމީހާގެ އަތުން ފޯނެއް ފޭރުނު މައްސަލައިގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ ބުރުނީގެ ޝާނާ މުހައްމަދު ޖުނައިދު ކަމަށެވެ.
އުމުރުން 26 އަހަރުގެ އެ އަންހެންމީހާ މިއަދު ހައްޔަރުކޮށްފައިވާއިރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު