ބޮލީވުޑުގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ޖާވިދު އަޚްތަރު އެހެންމީހަކާ ކައިވެނި ކުރުމުން އޭނާ އާއިލާއަށް ބޭވަފާތެރިވީކަމަށް އިހުސާސް ކުރެވުނު ކަމަށް އޭނާގެ ދަރިފުޅު އަދި ބޮލީވުޑުގެ މަޝްހޫރު ތަރި ފަރުހާން އަހުތަރު ބުނެފިއެވެ.
އެގޮތުން ޖާވިދު އެންމެ ފަހުން ނެރެފައިވާ ސީރީސް "އެންގްރީ ޔަންގް މެން" ގެ އެންމެ ފަހު އެޕިސޯޑުގައި ފަރުހާނު ވަނީ އޭނާގެ ބައްޕަ ޖާވިދު އޭނާގެ މަންމަ ހަނީ އިރާނީ ވަރިކުރުމަށްފަހު ބޮލީވުޑުގެ ތަރި ޝަބާނާ އަޒްމީ އާއި ކައިވެނި ކުރުމުން ބައްޕަ އޭނާއަށާއި އާއިލާއަށް ބޭވަފާތެރިވީކަމަށް އިހުސާސް ކުރެވުނު ކަމަށް ބުނެފައި ކަމަށް ޕިންކްވިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އޭނާ ބުނެފައިވަނީ މިކަމުގެ ސަބަބުން ޖާވިދު ދެކެ ރުޅިއައިސް، ވާހަކަ ނުދައްކާވެސް ވަރަށް ގިނަ ދުވަހު ހުރިކަމަށެވެ.
އަދި ޖާވިދު އާއި އެދެމީހުންގެ ގުޅުން ރަނގަޅުވާން ދުވަސްތަކެއް ނެގިކަމަށާއި، އެކަމުގެ ބޮޑު ރޯލެއް އަދާކޮށްފައިވަނީ ޝަބާނާ ކަމަށްވެސް ފަރުހާން ވަނީ ބުނެފައެވެ.
ޖާވިދު އަހުތަރު ހަނީ އިރާނީއާއި 1972 ގައި ކައިވެނި ކޮށްފައިވާއިރު، އެކައިވެނި ރޫޅިފައިވަނީ 1985 ގައެވެ. އަދި މި ކައިވެނި ރޫޅުނު އިރު ފަރުހާނު އާއި ޒޯޔާ ވަރަށް ކުޑަވުމުން އެކަމުގެ ސަބަބުން މި ދެބެއިންނަށްވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
ނަމްރަތާ ރާއޯ ޑައިރެކްޓު ކޮށްފައިވާ ޑޮކިއުމެންޓަރީ ސީރީސް "އެންގްރީ ޔަންގު މެން" ސާލިމު އާއި ޖާވިދު އިންޑިއާގެ ސިނަމާއަށް ގެނެސްފައިވާ ބަފަލުތައް ފެނިގެންދާ ސީރީސް އެކެވެ. އަދި ހަމަ އެހެންމެ މި ދެ މީހުންގެ ދިރިއުޅުމުގެ ތަފާތު ކަންތައްތައްވެސް މި ސީރީސްގައި ހިމަނާފައިވެއެވެ.
ބޮލީވުޑަށް އެކި ގޮތްގޮތަށް ހިދުމަށް ކުރަމުން އަންނަ ތަރި ފަރުހާން އަކީ އެތައް ބައެއްގެ ލޯބި ލިބެމުން އަންނަ ތަރިއެކެވެ. އޭނާގެ ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ރޮކް އޮން" އާއި، "ކާރިކު ކޯލިން ކާތިކު" އާއި "ޒިންދަގީ ނާ މިލޭގީ ދުބާރާ" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާއަކީ ފިލްމު ކުޅުމުގެ އިތުރުން ލަވަ ކިޔުމުގެ ހުނަރުވެސް ލިބިފައިވާ ތަރިއެކެވެ. އެގޮތުން އޭނާ މިހާރު ތައްޔާތުވަމުން އަންނަނީ އޭނާގެ ސިންގަލް އަލްބަމު "ރީޗު ފޯ ދަ ސްޓާސް" ނެރުމަށެވެ. މި އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ގައެވެ.

ކިޔުންތެރިންގެ ހިޔާލު