މަރްޔަމް ނަހްދާ ވަޙީދު   24 އޯގަސްޓު 2024 - 0:44
ސައިމަލު ސަޔަކީ ލޭގެ ޕްރެޝަރު ދައްކޮށްދިނުމަށް އެހީވެދޭ ސައެއް- ގޫގުލް އިމޭޖެސް
ސައިމަލު ސަޔަކީ ލޭގެ ޕްރެޝަރު ދައްކޮށްދިނުމަށް އެހީވެދޭ ސައެއް- ގޫގުލް އިމޭޖެސް
ސައިމަލަކީ މި ރާއްޖޭގައި ވަރަށް ގިނައިން ފެންނަން ހުންނަ މަލެކެވެ. ތަފާތު އެކި ކުލަކުލައިގައި ހުންނަ މި މަލަކީ ބަލާލަން ރީތި އަދި އެތައް ބަޔަކަށް ވަރަށް ކަމުދާ މަލެކެވެ. މިއީ ވަރަށް ގިނަަ ގޭގޭގައި ޒީނަތްތެރިކަން އިތުރުކުރުމަށްޓަކައި އިންދާ މަލަކަށްވާއިރު، މިމަލުގެ ފޮނި ކަމުގެ ސަބަބުން މިއިން ސައި ހަދައިގެންވެސް ބައެއް މީހުން ބޮއެ އުޅެއެވެ. މީގެ ދިވެހި ނަމުން ވެސް އެކަން ދޭހަވޭ ނޫންތޯއެވެ.

'ހައިބިސްކަަސް ޓީ' ނުވަތަ ސައިމަލު ސަޔަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ރަހަމީރު ސައަކަށް ވީއިރު، މިއީ ސިއްހަތަށްވެސް ވަރަށް ފައިދާހުރި ސައެކެވެ. މި ސަޔަކީ ގިނައަދަދަކަށް އެންޓި-އޮކްސިޑެންޓް އެކުލެވިގެންވާ ސައެއް ކަމުން، މި ބޭނުން ކުރުމުން މީހާގެ ލޭގެ ޕްރެޝަރު ދަށްކޮށްދީ އެއް ހަމައެއްގައި ބެހެއްޓުމަށް އެހީވެދެއެވެ. އަދި ހަމަ އެހެންމެ އެކިކަހަލަ ވިހަތަކުން ފުރަމޭ ރައްކާތެރި ކޮށްދީ، ކެންސަރު ބަލި ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރި ކޮށްދިނުމަށްވެސް އެހީވެދެއެވެ.

މީގެ އިތުރުން މި ސަޔަކީ ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. އޭގައި އެކުލެވިގެންވާ މާއްދާތަކެއް ކަމަށްވާ އެންތޮސިއެނިންތަކާއި، ފީނޮލިކް ކޮމްޕައުންޑްތަކާއި، ފްލެވޮނޮއިޑްތަކަކީ ހަށިގަނޑުގައި ހުންނަ ސަރުބީ ސެލްތަކުގެ ސައިޒު ކުޑަ ކޮށްދޭ މާއްދާތަކެކެވެ. އޭގެ ސަބަބުން މި ބޭނުން ކުރުމުން މީހާގެ ގައިގައި ހުންނަ ސަރުބީ ވިރުވުމަށް އެހީވެދެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މި ބޭނުން ކުރުމުން މީހާގެ ބަރުދަނަށް ބޮޑެެތި ބަދަލުތަކެއް އައިސް ބަރުދަން ލުއިވުމަށް އެހީވެދެއެވެ.

އަދި ހަމަ އެހެންމެ މި ސައި ބޭނުން ކުރުމުން ހަށިގަނޑުގެ ގުނަވަންތައް ދުޅަވުން ކުޑަވާކަމަށްވެސް ދިރާސާތަކުން ދައްކައެވެ. މީގައި އެކުލެވިގެންވާ އެންޓި-އިންފްލެމޭޓާރީ ޕްރޮޮޕަޓީތަކުގެ ސަބަބުން، މި ބޭނުން ކުރުމުން ދުޅަވުން ކުޑަކޮށްދީ ނުރައްކާތެރި އެތައް ބަލިތަކަކުން މީހާ ރައްކާތެރި ކޮށްދިނުމަށް އެހީވެދެއެވެ. އަދި ހަމަ އެހެންމެ ސިއްހަތަށް ފައިދާހުރި ތަފާތު މާއްދާތަށް އެކުލެވުގެންވާ މި ސައި ބޭނުން ކުރުމުން މީހާގެ ހަށިގަނޑު ދުޅަހެޔޮ ކޮށްދީ، މީހާގެ ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދެއެވެ.

މަސްދަރު: ލައިވްމިންޓު.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން