ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ނުކުރެވޭގޮތަށް މިއަދު އެ ބޭންކުން ބަދަލު ގެނެސްފިއެވެ.
ކޮވިޑާ ގުޅިގެން ބޭރު ފައިސާއަށް ދަތިވެފައިވާ ކަމަށްބުނެ ރުފިޔާ އެކައުންޓުތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރު ބީއެމްއެލްއިން 250 ޑޮލަރަށް ކުޑަކޮށްފައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އަދި މިފަހުން އައިސް ޑޮލަރު ލިބުން ވަރަށް ދަތިވުމުގެ ސަބަބުން ރުފިޔާ އެކައުންޓުން ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރު ހުއްޓާލަން ބީއެމްއެލްގެ ބޯޑުން ދާދި ފަހުން އޮތީ ނިންމައިފަ އެވެ.
ބީއެމްއެލުން މިއަދު ނެރުނު ނޫން ބަޔާނުގައި ބުނީ މިއަދުން ފެށިގެން ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭނެ ކަމަށެވެ.
އަދި އަލަށް ދޫކުރާ ކާޑުތަކުގައި ވެސް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ.
އެހެން ނަމަވެސް މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށް ވެސް ބޭންކުން ބުނެއެވެ.
ދިވެހިންގެ އަތުން ބޮޑު ނަފާއެއް ހޯދައިގެން ދިވެހިންގެ ބޭންކުގެ ނަމުގައި ހިންގާ ބީއެމްއެލުން ކުއްލިއަކަށް މިއެޅި ފިޔަވަޅުގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބޭރުގައި ތަޢުލީމް ހާސިލުކުރާ ދަރިވަރުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު