ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެފި އެވެ.
މީގެ ކުރިން ބީއެމްއެލުން މަހަކަށް 250 ޑޮލަރު އާންމުންނަށް ނެގޭއިރު ބޭރުގައި ކިޔަވާ ދަރިވަރުންނަށް 750 ޑޮލަރުގެ މުއާމަލާތް ކުރެވެ އެވެ.
ނަމަވެސް ޑޮލަރު ނުލިބޭ ކަމަށް ބުނެ ބީއެމްއެލުން ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭނެ ގޮތް މިއަދުން ފެށިގެން ވަނީ ހަދައިފަ އެވެ.
އަދި އަލަށް ދޫކުރާ ކާޑުތަކުގައި ވެސް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފަ އެވެ.
ބީއެމްއެލުން ބުނީ ބޭންކުގެ ނިންމުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް "އެޕްލައި" ވާނެ ކަމަށާއި އެއާއެކު ހުރިހާ އެންމެންނަށްވެސް އޮންނާނީ ހަމަހަމަ އުސޫލެއް ކަމަށެވެ.
ރާއްޖެއިން ބޭރުގައި އެތަކެއް ދަރިވަރުންނެއް ކިޔަވަމުންދާ އިރު ރުފިޔާ އެކައުންޓުން މުއާމަލާތް ނުކުރެވޭނެތީ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.
ޑޮލަރުން މުއާމަލާތް ނުކުރެވޭނެ ގޮތް ހެދުމާއެކު ޑޮލަރުގެ އަގުވެސް ވަނީ އުފުލިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު