ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ވަރަށް ގެއްލުންހުރި ކަމެއް- ގޫގުލް އިމޭޖެސް
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ވަރަށް ގެއްލުންހުރި ކަމެއް- ގޫގުލް އިމޭޖެސް
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ވަރަށް ގެއްލުންހުރި ކަމެކެވެ. ސިނގިރޭޓު ބުއިމުން ހަށިގަނޑުގެ ވަރަށް ގިނަ ގުނަވަންތަކަށް ގެއްލުންވާއިރު، މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ކެންސަރު ބަލިފަދަ ނުރައްކާތެރި ބަލިތަކަށްވެސް މީހާގެ ހަށިގަނޑު ހުށަހެޅިގެން ދެއެވެ. މިއީ ހަށިގަނޑަށް ވަރަށް ގެއްލުންހުރި ކަމަކަށްވާއިރު މިކަމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކޮންމެ މީހަކަށްވެސް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑަށް ގެއްލުން ލިބޭ 5 ގޮތެވެ.

ފުއްޕާމޭ ހަލާކުވުން:

ސިނގިރޭޓު ބުއިމުން މީހާގެ ހަށިގަނޑަށް ނުރައްކާތެރި މާއްދާއެއް ކަމަށްވާ ނިކޮޓީން ވަދެ، މީހާގެ ފުއްޕާމޭ ހަލާކޮށްލައެވެ. މިއާއެކު ސިނގިރޭޓު ބުއިމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފައިކޮށްދޭ ކަމެކެވެ. އަދި ހަމަ އެހެންމެ މިކަމުގެ ސަަބަބުން "ކްރޮނިކު އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސްއޯޑާ" އާއި، އެންފިސީމާ އާއި، ކްރޮނިކް ބްރޮންކައިޓިސް ފަދަ ބަލިތައް ޖެހުމަށްވެސް މަގުފަހިވެގެންދެއެވެ.

ހިތުގެ ބަލިތައް ޖެހުން:

ސިނގިރޭޓު ބުއިމުން ހިތުގައި ހުންނަ ލޭނާރުތަކާއި ލޭގެ ސެލްތައް ހަލާކުވެއެވެ. އަދި ސިނގިރެޓުގައި ހިމެނޭ "ޓާ" އަކީ އެތެރޯކްލެރޯސިސް ޖެހުމަށް މަގުފަހި ކޮށްދޭ ނުރައްކާތެރި މާއްދާއެކެވެ. އެތެރޯކްލެރޯސިސް ބަލި ޖެހުމުގެ ސަބަބުން ލޭ ނާރުތައް ބެދި، އޭގެ ސަބަބުން އެތައް ނުރައްކާތަކަކާ މީހާ ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން ސިނގިރޭޓު ބުއިމުން "ޕެރިޕެރަލް އާޓްރީ ޑިޒީޒް" ބަލި ޖެހުމަށް މަގުފަހިވާއިރު މި ބަލީގެ ސަބަބުން ސްޓުރޯކް އަދި ހާޓް އެޓޭކް ޖެހުމަށްވެސް މެދުވެރިވެއެވެ.

ދަރިމައިވުމަށް ދަތިވުން:

ސިނގިރޭޓު ބުއިމަކީ އޭގެ ސަބަބުން މީހާގެ ރިޕްރޮޑަކްޓިވް ސިސްޓަމް ނުވަތަ ދަރިމައިވުމުގެ ނިޒާމަށް ގެއްލުންވާ ކަމަކަށް ވާއިރު، މިކަމުގެ ސަބަބުން ބައެއް ހާލަަތްތަކުގައި ދަރިމައިވުމަށް އުނދަގޫވެ، އަދި ބައެއް ހާލަތްތަކުގައި ދަރިމައިވުމުގެ ނިޒާމް ނެތިގެންދިއުމަށް މެދުވެރިވެއެވެ. މިކަން މިހެންވަނީ ސިނގިރޭޓުގައި ހުންނަ މާއްދާއެއް ކަމަށްވާ ޓޮބޭކޯގެ ސަބަބުން މީހާގެ ހޯމޯނު ލެވެލްތަކަށް ބަދަލު އަންނާތީއެވެ.

ދިފާއީ ނިޒާމު ބަލިކޮށްދޭ:

ސިނގިރޭޓު ބުއިމަކީ އޭގެ ސަބަބުން މީހާގެ ދިފާއީ ނިޒާމުގެ މަސައްކަތްތަކަށް ބުރޫއަރައި، މީހާގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ތަފާތު އެކިކަހަލަ ބަލިތަކަށް މީހާގެ ހަށިގަނޑު ހުށަހެޅިގެން ދެއެވެ.

ލޮލުގެ މައްސަލަތައް ކުރިމަތިވުން:

ސިނގިރޭޓު ބުއިމަކީ ލޮލުގެ މައްސަލަތައްވެސް ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ސިނގިރޭޓުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ލޮލަށް ލިބޭ ބައެއް ގެއްލުމުގެ ތެރޭގައި ލޮލުގެ ކަރުނަ ހިކުމާއި، ގްލައުކޯމާ ޖެހުމާއި، ޑައިބެޓިކު ރެޓިނޯޕަތީ ފަދަ ބަލިތައް ޖެހުން ހިމެނެއެވެ.

މަސްދަރު: މެޑިކަލްމިއުސްޓުޑޭ.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން