މަރްޔަމް ނަހްދާ ވަޙީދު   27 އޯގަސްޓު 2024 - 0:28
ބީޓް ރޫޓަކީ ލޭ ސާފުކުރުމަށް އެހީވެދޭ އެއްޗެއް- ގޫގުލް އިމޭޖެސް
ބީޓް ރޫޓަކީ ލޭ ސާފުކުރުމަށް އެހީވެދޭ އެއްޗެއް- ގޫގުލް އިމޭޖެސް
ލެޔަކީ އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް މާއްދާއެވެ. މިއީ ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަނާއި ކާނާގެ މުހިންމު ބައިތައް ފޯރުކޮށްދޭ ވަސީލަތެވެ. އެހެންކަމުން، ދުޅަހެޔޮ ޞިއްޙަތެއް ދެމެހެއްޓުމަށްޓަކައި ލޭގެ ސާފުތާހިރުކަމަށް އަހައްމިއްޔަތުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ހަށިގަނޑުގައި ހުންނަ ލޭ ސާފު ކުރުމަށް އެހީވެދޭ ބައެއް އެއްޗިއްސެވެ.

ބީޓްރޫޓް

ބީޓްރޫޓަކީ ލޭސާފު ކޮށްދިނުމަށް އެހީވެދޭ ތަރުކާރީއެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ތަރުކާރީއެކެވެ. މިއީ މީހާގެ ފުރަމޭގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ކޮށްދޭ، އަދި މީހާގެ ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅު ކޮށްދޭ އެއްޗެކެވެ. އެހެންކަމުން ކެއުމުގައި ބީޓްރޫޓު ހިމެނުމުން މީހާގެ ހަށިގަނޑުގައި ހުންނަ ހީމޯގްލޮބިން ލެވެލްތައް އިތުރު ކޮށްދީ، ލޭ ސާފު ކުރުމަށް އެހީވެދެއެވެ.

ރީނދޫ

ރީނދުލަކީ އޭގައި ސާކިއުމިން ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭ އެއްޗެކެވެ. މި މާއްދާއަކީ އެންޓި-އޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ މާއްދާއަކަށް ވާއިރު، މިއީ އެންޓި އިންފްލެމޭޓަރީ ޕްރޮޕަޓީތަކެއްވެސް އެކުލެވިގެންވާ މާއްދާއެކެެވެ. އެހެންކަމުން މި މާއްދާއަކީ ފުރަމޭ ދުޅަވުމުން ދުރުކޮށްދޭ އަދި ފުރަމޭގައި ހުންނަ އެކިކަހަލަ ވިހަ މާއްދާތައް މީހާގެ ހަށިގަނޑުން ބޭރު ކުރުމަށް އެހީވެދޭ މާއްދާއެކެވެ. ވީމާ ރީނދޫ ބޭނުން ކުރުމުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެ، މީހާގެ ލޭ ސާފުވެއެވެ.

ލޮނުމެދު

ލޮނުމެދަކީ ވަރަށް ގިނަ ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރާ، އަދި އެތައް ބަޔަކަށް ކަމުދާ އެއްޗެކެވެ. މިއީ އެސިލިން ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭ އެއްޗަކަށް ވާއިރު، މި މާއްދާއަކީ މީހާގެ ލޭ ސާފު ކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. މީގެ އިތުރުން ލޮނުމެދަކީ އެންޓި-މައިކްރޯބިއަލް ޕްރޮޕަޓީތަކެއް ލިބިގެންވާ އެއްޗަކަށްވުމުން މި ބޭނުން ކުރުމުން މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެ، ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ ވަރު އިތުރުވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މީހާގެ ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް މަރުވެ، ލޭ ސާފު ވެގެން ދެއެވެ.

މަސްދަރު: ހިމެޓޮލޮޖީ.އޯއާރްޖީ އާއި ޓައިމްސް އޮފް އިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން