މަރްޔަމް ނަހްދާ ވަޙީދު   28 އޯގަސްޓު 2024 - 0:1
އެންޒައިޓީއަކީ ގިނަ ބަޔަކު ތަހައްމަލު ކުރާ ކަމެއް- ގޫގުލް އިމޭޖެސް
އެންޒައިޓީއަކީ ގިނަ ބަޔަކު ތަހައްމަލު ކުރާ ކަމެއް- ގޫގުލް އިމޭޖެސް
އެންޒައިޓީ އަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ކަމެކެވެ. މިއީ މީހާ މާ ބޮޑަށް "ސްޓްރެސް" ވެ ފިކުރު ބޮޑުވުމުގެ ސަބަބުން މެދުވެރިވާ ކަމެއްކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ. މިކަމުގެ ސަބަބުން މީހާގެ ހިޔާލުތަކާއި ފިކުރުތައް ގިނަވެއެވެ. އަދި ހަށިގަނޑަށްވެސް ބޮޑެތި ބަދަލުތައް އާދެއެވެ.

އެންޒައިޓީ އެޓޭކެއް ޖެހުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ސްކޫލުގައި ނުވަތަ މަސައްކަތުގެ މައިދާނުގައި ކުރިމަތިވާ ޕްރެޝަރުތަކާއި، މާލީގޮތުން ދަތިވުމާއި، އާއިލީ މައްސަލަތަކާއި އަދި ދިގުދެމިގެންދާ ބައްޔަކަށް ބޭސްކުރަން ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

އެންޒައިޓީ އެޓޭކެއް ޖެހުމުން މީހާގެ ހަށިގަނޑަށް އެކިހަލަ ބަދަލުތައް އާދެއެވެ. އެގޮތުން ބޮލަށް އެނބުރުން އެރުމާއި، ހިތް ނުތަނަވަސްވުމާއި، ނޭވާ އަވަސްވުމާއި، ބޭރަށް ހިނގުމާއި، ދާހިއްލުމާއި، މޭނުބައި ކުރުމާއި، ބޮލުގައި އާއި ބުރަކަށީގައި ރިއްސުމުގެ އިތުރުން ހިތުގެ ވިންދު އަވަސްވުން ފަދަ މަނ

ކަން ކަން ހިމެނެއެވެ.

އެންޒައިޓީއަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމަކަށްވާއިރު، މިބަލީގެ ތަފާތު އެކި ވައްތަރުތައް ވެއެވެ. އޭގެ ތެރޭގައި ޕެނިކް ޑިސްއޯޑާއާއި، ޖެނެރަލް އެންޒައިޓީ ޑިސްއޯޑާ އާއި، ސޯޝަލް އެންޒައިޓީ ޑިސްއޯޑާގެ އިތުރުން ފޯބިކު ޑިސްއޯޑާ ހިމެނެއެވެ. އެންޒައިޓީ ތަހައްމަލު ކުރާ ފަރާތްތަކަށް ދިރިއުޅުމުގައި ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ވަޒީފާ އަދާކުރުމަށް އުނދަގޫ ވުމާއި، މީހުން ގިނަ ތަންތަނަށް ނިކުމެ މީހުންނާ މުއާމަލާތު ކޮށް އުޅުންވެސް މިފަދަ މީހުންނަށް އުނދަގޫވެއެވެ.

މިބަލީގެ ސަބަބުން މީހާއަށް ބޮޑެތި ބަދަލު އަންނަ އިރު، މި ބައްޔަށް ފަރުވާ ހޯދޭނެ ގޮތްތައްވެސް ހުރެއެވެ. އެގޮތުން މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދައްކައި ލަފާ ހޯދަން ޖެހެއެވެ. އަދި ޑޮކްޓަރުގެ ލަފާގެ ދަށުން ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ ނެގުމާއި، އެންޓި-ޑިޕްރެސެންޓްތައް ބޭނުން ކުރުމުން މި ބަލީގެ ސަބަބުން ދިމާވާ އަލާމާތްތަކަށް ލުޔެއް ލިބިގެންދާނެއެެވެ.

މީގެއިތުރުން ދިރިއުޅުމާއި ކެއުމުގެ ކަންކަމަށް ބަލައި، ހަށިގަނޑުގެ ސިއްހަތައް ފައިދާ ހުރި ކެއުމުގެ ބާވަތްތަކާއި، ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުމާއި، އަމިއްލަ ނަފްސަށް ވަގުތު ހޭދަކޮށް ހިތް އުފާވާ ކަހަލަ ކަންކަން ކުރުމުންވެސް އެންޒައިޓީގެ ބައެއް އަލާމާތްތަކަށް ލުއި ލިބިގެންދާނެ ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން