މޯލްޑިވްސް ގާޒާ ކެފޭ
މޯލްޑިވްސް ގާޒާ ކެފޭ
360 އަކަ ކިލޯމީޓަރުގެ ބިމުގައި ބަންދުގައި ތިބޭތާ އެތަކެއް އަހަރު ދުވަސް ވެފައިވާ ގާޒާގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ އިހުސާސް ކޮށްލުމުގެ ފުރުސަތު މޯލްޑިވްސް ގާޒާ ކެފޭއިން ހޯދައިދީފިއެވެ.

ބޯޑަރުތައް ބަންދުކޮށް ރައްޔިތުން ރަށުބަންދުކޮށްފައި ތިބޭތާ އެތައް އަހަރުތަކެއް ވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ ދިވެހިރާއްޖޭގެ ރީތިކަން ދެކިލާހިތް ކިތަންމެ ވަރަކަށް ވިޔަސް މިފަދަ ގޮތަކަށް ނޫނީ އެ އިހުސާސް މިހާތަނަށް ކުރެވިފައިވާ ބައެއް ނޫނެވެ. ކަނޑު މަހުގެ ބާވަތްތަކާއި ހޫނުގަދަ ބައްރުތަކުގައި ހެދޭ ތާޒާ މޭވާގެ ބުއިންތައް ލިބޭގޮތަށް އަދި ދިވެހިރާއްޖެއަށް އައުމުގެ އިހުސާސް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މޯލްޑިވްސް ގާޒާ ކެފޭ އަކީ ގަދަފަދައަށް ބަންދުކޮށްފައިވާ ބޯޑަރުތައް ހުރަސްކޮށް ގައުމުން ބޭރަށް ނުކުތުމުގެ ނަސީބު ލިބިފައި ނުވާ ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭގެ އިހުސާސް ކުރެވޭނެ ރަސްޓޯރެންޓެކެވެ.

ކަނޑުގެ އައްސޭރީގެ އުސް ގާތަކުގެ މަތީގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ މި ރެސްޓޯރެންޓަކީ އިންޑިއާ ކަނޑުގައިވާ އެންމެ ރީތި ޖަޒީރާ ރާއްޖޭގެ އިހުސާސްތައް ކުރެވޭ ރެސްޓޯރެންޓެއް ކަމަށް އެރެސްޓޯރެންޓަށް ޒިޔާރަތްކޮށް ރާއްޖޭގެ އިހުސާސްތައް ކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ބުނެފައި ވެއެވެ. ގާޒާގައި ދިރިއުޅޭ ދެމިލިއަނެއްހާ ރައްޔިތުންގެ ތެރެއިން މަދު ރައްޔިތަކަށް ނޫނީ ބޯޑަރު ހުރަސްކޮށް ގައުމުން ބޭރަށް ނުކުމެ ދުނިޔެތެރެ ބަލާލުމުގެ ނަސީބެއް ނުލިބެއެވެ. އެހެންކަމުން ގާޒާގެ ގިނަ ރައްޔިތުންނަކީ ދިވެހިރާއްޖެ ނޫނަސް ދުނިޔޭގެ އެއްވެސް ގައުމަކަށް ޒިޔާރަތް ކުރުމުގެ ނަސީބު ލިބިފައިވާ ބައެއް ނޫނެވެ.



"ގާޒާގެ ރައްޔިތުންނަކަށް ދިވެހިރާއްޖެއަށް ދެވޭކަށް ނެތް. އެހެންވީމާ އަހަރެމެން ހިތައްއެރީ ކީއްވެހޭ އަހަރެމެން ގާޒާގެ ރައްޔިތުންގެ ކައިރިއަށް ދިވެހިރާއްޖެ ގެނެސް ނުދޭންވީ." ކެފޭގެ ވެރިޔާ އިމާދު އަލްބައްޔާ ރޮއިޓާސްއާ ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

މޯލްޑިވްސް ގާޒާ ކެފޭއަކީ ގާޒާގެއައްސޭރި ފަށުގައި ހަދާފައިވާ ރެސްޓޯރެންޓް ތަކުގެ ތެރެއިން ގާޒާގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު އެއް ރެސްޓޯރެންޓެވެ. ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ބިންތަކަށް އަތްގަދަކޮށްގެން ތިބި އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން މިފަދަ އެތައް އިންސާނީ ހައްގުތަކަކުން މަހުރޫމު ކޮށްފައިވާތާ އެތައް އަހަރެއްވެ އިޒްރޭލުގެ ލާއިންސާނީ އަނިތާއް އިންތިހާއަށް ގޮސްފައިވާއިރު ވެސް ފަލަސްތީނު ރައްޔިތުންގެ ދިފާޢުގައި އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ދުނިޔެވަނީ ނުކުޅެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން