އަވައްޓެރި އިންޑިއާއިން ފުރަތަމަ ފަހަރަށް ރީޔޫޒް ކުރެވޭ ހައިބްރިޑް ރޮކެޓެއް އުދުއްސާލައިފިއެވެ.
"ރުމީ-1" ގެ ނަންދީފައިވާ މި ރޮކެޓަކީ މާޓިން ގްރޫޕް އާއި ސްޕޭސް ޒޯން އިންޑިއާ އިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްގެ ދަށުން އެގައުމުގެ ޗެންނާއީން އުދުއްސާލި ރޮކެޓެކެވެ. ރޮކެޓް ކާމިޔާބުކަމާއެކު އުދުއްސާލާފައިވާއިރު މިއީ ޖައްވީ ހޯދުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.
ދުނިޔެ ހޫނުވުމާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ފަރުމާކޮށްފައިވާ މި ރޮކެޓަކީ ތިން ކިއުބްސެޓް އާއި 50 ޕިކޯ ސެޓެލައިޓްގެ ޕޭލޯޑަކާ އެކުގައި އުދުއްސާލި ރޮކެޓެކެވެ. އެގޮތުން މީގެ ފުރަތަމަ ސްޓޭޖަކީ ރީޔޫޒް ކުރެވޭ ސްޓޭޖެއް ކަމަށާއި ދެވަނަ ސްޓޭޖުގައި ބޭނުންކޮށްފައިވަނީ ކްރައޯޖެނިކް އިންޖީނެއް ކަމަށްވެސް އެޖިލް އެއަރޯސްޕޭސްއިން ބުނެފައިވެއެވެ.
މި ރޮކެޓަކީ ދިޔާ އަދި ސޮލިޑް ފިއުލްއިން ހަކަތަ ނަގައިގެން ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ހައިބްރިޑް މޯޓަރެއް ހިމެނޭ ރޮކެޓެކެވެ.
އުސްމިނުގައި 9.5 މީޓަރު އަދި ބަރުދަނުގައި 1,750 ކިލޯ ހުންނަ މި ރޮކެޓަކީ 100 ކިލޯގެ ޕޭލޯޑެއް ހުންނަ 100 ކިލޯމީޓަރު އުސްމިނަށް އުފުލޭނެ ގާބިލުކަން ހުރި ރޮކެޓެއް ކަމަށް އެޖިލް އެއަރޯސްޕޭސްއިން ވަނީ ބުނެފައެވެ.
ސްޕޭސް ޒޯން އިންޑިއާ އަކީ ޖައްވީ ސިނާއަތަށް ޚަރަދު ކުޑަ، ދިގު މުއްދަތުގެ ހައްލުތައް ފޯރުކޮށްދިނުމަށް ޚާއްސާ އެރޯ ޓެކްނޮލޮޖީ ކުންފުންޏެކެވެ. މި ކުންފުނިން ތަޢުލީމީ ދާއިރާއަށް ވެސް އަހައްމިއްޔަތުކަން ދެއެވެ. އެގޮތުން އެރޯޑައިނަމިކް ޕްރިންސިޕަލްސް، ސެޓެލައިޓް ޓެކްނޮލޮޖީ، ޑްރޯން ޓެކްނޮލޮޖީ، އަދި ރޮކެޓް ޓެކްނޮލޮޖީގެ އަމަލީ ތަމްރީނު ދިނުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު