މާލޭގައި ރޭ ހިނގި ހާދިސާގައި އަންހެނަކު ރަހީނުކޮށް އޭނާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް ފިލަން މަސައްކަތް ކުރި ހާދިސާގައި ފުލުހުން ހަރަކާތްތެރިވިގޮތަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ތައުރީފު ކުރައްވައިފިއެވެ.
ސީޕީ ޢަލީ ޝުޖާޢު ވަނީ ރޭގެ ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި މެދު ފަހަރުވެރިވާ ކަމަށް ވިދާޅުވެ އެއީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ސިފަކުރައްވާފައެވެ. ރޭގެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާ މިއަދު ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ސީޕީ ތައުރީފު ކުރެއްވިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި މިބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު “ތުރެޓް ނިއުޓްރަލައިޒް” ކޮށްފައިވާ ކަމަށެވެ. މިއީ ކާމިޔާބު މަސައްކަތެއްކަން ފާހަގަކޮށް ސީޕީ ވަނީ އެކަމުގައި ހަރަކާތްތެރިވި އެންމެންނަށް ޝުކުރު ދަންނަވާފައެވެ.
މި އޮޕަރޭޝަނަކީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއްކަން ފާހަގަކުރައްވައި ސީޕީ ވަނީ އެ ހާދިސާގެ ހާލަތާއި، ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަން ފާހަގަ ކުރައްވާފައެވެ. އަދި ﷲ ގެ އިރާދާފުޅާ އެކު ވިކްޓިމްއަށް އަދި ސަސްޕެކްއަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނު ކަން ކޮމިޝަނަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ފުލުހުން ވިދާޅުވީ، ރޭ އަންހެނަކު ރަހީނު ކުރި މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެމައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގައި ރަހީނުކުރި އަންހެން މީހާއަށް އައިޖީއެމްއެޗްގައ ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު