ދިވެހި ފުލުހުންގެ އާސާރު ދައްކަލަން ޚާއްޞަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
ފުލުހުންގެ ޚިދުމަތުން އެ ޚިދުމަތުގެ އާސާރުތައް ދައްކާލުމަށް ޚާއްޞަ އިވެންޓެއް ބާއްވަން ނިންމާފައިވާއިރު މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މިއީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ކަމެއް ކަމަށެވެ.
އެ އިދާރާއިން ބުނީ މި އިވެންޓު މާދަމާ އިން ފެށިގެން ސެޕްޓެންބަރު ތިންވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. މި އާސާރުތައް ދައްކާލުން އޮންނާނީ ގައުމީ ދާރުލްއާސާރުގައެވެ.
މާދަމާ އާސާރުތައް ދެއްކުން ކުރިއަށް ދާނީ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އަންނަ މަހުގެ ދެވަނަ ދުވަހު އާސާރުތައް ދެއްކުން ކުރިއަށް ދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އަދި ތިން ވަނަ ދުވަހު ވެސް އާސާރުތައް ދެއްކުން ކުރިއަށް ދާނީ އެ ގަޑިތަކުގައެވެ.
މި އާސާރުތައް ދައްކާލުމުގެ ތެރޭގައި ފުލުހުންގެ ތާރީޚާ ގުޅުން ހުރި ގިނަ ތަކެއްޗާއި އަދި ހިނގާފައި ހުރި ކަންކަމާ ގުޅޭ މައުލޫމާތު ވެސް ދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު