އެޕިސޯޑް 21
...............
ޢާންމުކޮށް ޖިންނީންގެ ފަރާތުން ޖިންނިއަކު ލޯބިވެގެން އުޅޭ އިންސާނަކަށް އަނިޔާވެރިވުމަކީ ނުވާކަމެކެވެ.
[އެކަމަކު އަހަރެން ވަރަށް ބިރުގަނޭ. އޭތި މިހާރުވެސް އެމަންޖެއަށް ދީގެން އުޅޭ އަނިޔާ، ވަކި ކުޑައެއް ނޫނެއްނު. އަހަރެން ވަރަށް ބޮޑަށް އެދެން، އޭއްޗަށް އެމަންޖެއާ ކައިރިނުވެވޭ ގޮތް ހަދަން.] ރަނާގެ މަންމަ ބުންޏެވެ.
[އެންމެ ރަނގަޅު...އަހަރެން މިރޭ، ރަނާގެ އުނަގަނޑުގައި އަޅަން ފުރަތަމަ ތަވީދެއް ލިޔެދޭނަން. ރަނާ އައުމާއެކު، ތަވީދު އުނަގަނޑުގައި އަޅުވަންވާނެ.] ޙުސޭން ކަލޯ އޭނާގެ ފަންޑިތަފޮށި ހުޅުވާލުމަށްފަހު، ތަވީދެއް ލިޔަން ފެށިއެވެ.
ޙުސޭން ކަލޯއަކީ ހުއްދައެއްވެސް ނަގައިގެން، ވަރަށް ފުޅާ ދާއިރާއެއްގައި އެމަސައްކަތް ކުރަމުންދާ މީހެކެވެ. މިމަސައްކަތުގެ ތެރޭގައި ނޫނީ އަދި އޭނާއަކަށް އެއްވެސް ގެއްލުމެއް ކުރިމަތިވެފައެއްވެސް ނުވެއެވެ.
[ރަނާ އޭއްޗަށް މަޢާފް ކުރިޔަސް، ހަމަ ޔަޤީނުންވެސް އަހަރެން މަޢާފެއް ނުކުރާނަން. އަހަރެން އޭތީގެ ޢާއިލާގެ ވަސްވެސް ފޮހެލާނަން.] ހުސޭން ކަލޯ މަސައްކަތުގައި ހުރެ ވާހަކަ ދެއްކިއެވެ. އެކަހަލަ ކިތަންމެ ޢާއިލާއެއްގެ ދުވަސްވެސް އޭނާވަނީ ދުއްވާލާފައެވެ. ވުމާއެކު، ރަނާއާ އަވަލާފައިވާ ޖިންނީގެ ޢާއިލާވެސް ނައްތާލުމަކީ އޭނާއަށް މާބޮޑު ކަމަކަށް ނުވެދާނެއެވެ.
ރަނާމެން އައިސް ގެޔަށް ވަނީ، ޙުސޭން ކަލޯ ތަވީދުގެ މަސައްކަތް ނިންމާލުމަށްފަހު ރަނާގެ މަންމައާ ޙަވާލުކުރިތަނާހެނެވެ. ކުރީރޭ ގޯތިތެރޭގައި ތިބެ މަސައްކަތް ކުރި ކަމުގައިވިޔަސް، މިރޭ އެމީހުން މަސައްކަތް އެކުރަނީ، އެގޭ ކޮޓަރިއެއްގެ ތެރޭގައި ތިބެގެނެވެ. ރަނާ އައުމާއެކު، އޭނާގެ މަންމަ ޙުސޭން ކަލޯ ލިޔެދިން ތަވީދު އޭނާގެ އުނަގަނޑުގައި އަޅުވަން އުޅުނެވެ. ނަމަވެސް، އޭނާ އެއްވެސް ތަވީދެއް އަޅާކަށް ބޭނުމެއް ނޫނެވެ. އޭނާ ބުނީ ދުވަހަކު ތަވީދެއް ނޭޅުވިޔަސް، ދެން އޭތީގެ މަޅީގައި އޭނާ ނުޖެހޭނެ ކަމަށާއި، އޭނާ އޭއްޗާ ކައިރިވެ، ހޫނު އެތިފަހަރެއް ޖަހަން ބޭނުންވާ ކަމަށެވެ.
[ދަރިފުޅާ ރަނާ، ތި ތަވީދު އެޅިޔަސް ރަނާއަށް އޭއްޗާ ކައިރިވެވޭނެ. އޭއްޗަށް ރަނާއާ ކައިރިނުވެވޭނީ. އަވަހަށް މަންމަގެ އަތުގައި އޮތް ތަވީދު އުނަގަނޑުގައި އަޅައިގެން އާދޭ. މިހާރު މިއުޅެނީ އޭތި މިތަނަށް ގެންނަން. މަސައްކަތް ފަށާތާ ގަޑިއެއްހާއިރު ތެރޭ އޭތި އަންނާނެ. އޭތި މެދުވެރިކޮށް، އޭތީގެ ޢާއިލާވެސް ގެނެވޭނެ.] ޙުސޭން ކަލޯ ބުންޏެވެ. މިހާރު ކިޔެވެލި ކިޔަވަން ބޭނުންވާ މީހުންތައްވެސް އައިސް، ކިޔެވެލި ފެށުމަށްޓަކައި ތައްޔާރުވެއްޖެއެވެ.
ވާސިލް ހުރީ އަލިފާންގަނޑު ކައިރީގައެވެ. އީވާން ހުރީ އެމީހުންގެ އަތްގާތްކޮށްލަދޭށެވެ. ރަނާ ގޮސް ޙުސޭން ކަލޯ ދިން ތަވީދު އޭނާގެ އުނަގަނޑުގައި އަޅައިފިއެވެ. މިހާރު އެގޭގައި އަމަރްގެ ބައްޕައާއި މަންމަވެސް އެބަތިއްބެވެ. އެމީހުންވެސް މިހާރު ބޭނުންވަނީ، ކިތަންމެ ގިނަ ފައިސާތަކެއް ޚަރަދު ކުރަން ޖެހުނު ކަމުގައިވިޔަސް، ޖިންނީގެ ޢާއިލާ ނައްތާލާށެވެ.
[މި ނުލަފާ އަނިޔާވެރި ޖިންނި، އަހަރެންގެ ކުރިމަތީގައި އަންދާލައިފިއްޔާ، ޙުސޭންކަލޯ ތިކުރާ މަސައްކަތުގެ އަގު އަދާކުރާނީ އަހަރެން.] ނިޔާޒް ބުންޏެވެ. މިހާރު ޙުސޭން ކަލޯ މަސައްކަތް ފެށުމަށްޓަކައި އެންމެފަހުގެ ތައްޔާރީތައް ވަނީއެވެ.
އެވަގުތެވެ. ޙުސޭން ކަލޯގެ ހަގު އަންހެން ދަރިފުޅު ޢައްޒަ އެވަގުތު ހުރީ އޭނާގެ ލޯބިވެރިޔާއާއެކު ލޯބިވެރިޔާގެ ގޭގައެވެ. ޙުސޭން ކަލޯ މާލެ ދިޔައީ ޢައްޒަ ގާތުވެސް މިރޭ ކޮންމެހެންވެސް ގެއިން ބޭރަށް ނުނިކުތުމަށް ބުނެފައެވެ.
ނަމަވެސް އޭނާގެ ލޯބިވެރިޔާ ޒާހިދުގެ އެތަކެއް އާދޭހެއްގެ ސަބަބުން ބައްޕަގެ ވާހަކަތަކުގެ މަތިން ހަނދާން ނެތުނީކަންނޭނގެއެވެ. ހަމަގައިމުވެސް އެހެން ނޫންނަމަ، މިފަދަ ރެޔެއްގައި އޭނާ ބޭރަކަށް ނުނިކުތީހެވެ.
މިހާރު ޙުސޭން ކަލޯ، އޭނާގެ މަސައްކަތް ފަށައިވެސްފިއެވެ. މިފަދަ ވަގުތެއްގައި، ހަމަގައިމުވެސް އޭނާގެ ދަރިއަކު ގެއިން ބޭރުގައި ހުރުމަކީ ނުރައްކާތެރި ކަމެކެވެ. އޭނާ ޖިންނީގެ ޢާއިލާއެއް ނައްތާލުމަށް މަސައްކަތް ކުރަމުންދާއިރު، ހަމަ ޔަޤީނުންވެސް ޖިންނި ޢާއިލާގެ ފަރާތުން ބަދަލުހިފަން ނުނިކުތުމަކީ ނުވާނޭ ކަމެކެވެ. ޙުސޭން ކަލޯވެސް އެކަން ޤަބޫލުކުރާތީއާއެކު، އޭނާގެ ޢާއިލާގެ ރައްކަލަށް ވަރަށް މަސައްކަތް ކުރެއެވެ.
[ޒާހިދު...މިއަދު ހަވީރު ބައްޕަ މާލެ ދިޔައިރު ބުންޏޭ، މިރޭ އެއްވެސްވަރަކަށް ގެއިން ބޭރަށް ނުނިކުތުމަށް. އަޅެ ހިނގާ، އަހަރެން ގެޔަށްލައިދޭން. އެހެން ނޫނީ އަހަރެންގެ ފުރާނައަށް ނުރައްކާވެދާނެ.] ޢައްޒަ ކުއްލިއަކަށް ބައްޕަ ދިން ނަޞޭޙަތް ހަނދާންވިއެވެ.
[އަދި މަޑުކޮށްބަލަ! ޢައްޒައަށް އެއްވެސް ނުރައްކަލެއް ނެތް. ޢައްޒަގެ ބައްޕަ ކީއްކުރަންތަ، އެކަހަލަ ނުރައްކާތެރި މަސައްކަތެއް ކުރަނީ.] ޒާހިދު ޢައްޒަގެ އަތުގައި ހިފައިގެން، ވިލިނގިލީ އަތިރިމައްޗާ ދިމާއަށް ހިނގައިގެންފިއެވެ.
[ޒާހިދު، އެއީ ހާދަ ފައިސާ ލިބޭ މަސައްކަތެކޭ. މީގެ ފަސްމަސް ކުރިން ބައްޕަ ކުރި މަސައްކަތަކަށްވެސް ލިބުނު އަށްޑިހަހާސް ރުފިޔާ.] ޢައްޒަ ޒާހިދާއެކު ހިނގަމުން ވާހަކަ ދެއްކިއެވެ.
[ވަރިހަމަދޯ ފައިސާ ލިބެނިކޮށް. ތިކަމަކާ ޖެހިގެން ޢައްޒަގެ ދޮންތަވެސް މަރުވީ....އެވަރުވީމާ އަޞްލު ޢައްޒަގެ ބައްޕަ އެމަސައްކަތް ހުއްޓާލަންވެއްޖެ ކަންނޭނގެ.] ޒާހިދު ވާހަކަ ދެއްކީ ޢައްޒަގެ ބައްޕައާ ދެކޮޅަށެވެ.
[ދެން އެންމެ ރަނގަޅޭ. މިހާރު ބައްޕަ މަސައްކަތް ފަށާފާނެ. އަވަހަށް ހިނގާ ގެޔަށް.] ޢައްޒަ މަޑުޖެހިލިއެވެ. ނަމަވެސް، ޒާހިދު މަޑެއްނުކުރެއެވެ. އޭނާ ގޮސް ޢައްޒައާ ދިހަވަރަކަށް ފޫޓަށް ހުއްޓުނެވެ.
[އަހަރެން ނުދާނަން. ޢައްޒަ އެކަނިދޭ. އަހަރެން މިތާނގައި މަޑުކޮށްލާނީ. މިއީ ކިހާ ހިތްގައިމު ތަނެއް.] ޒާހިދު ދޮންވެލިގަނޑުމަތީގައި އިށީނެވެ.
[އަޅެ ޒާހިދު ދެން ސަމާސާނުކޮށް ހިނގާބަލަ ދާން. އަހަންނަކަށް ނުކެރޭނެ އެކަނިދާކަށް.] ޢައްޒަ އޭނައަށް ފުރަގަސްދީގެން އިން ޒާހިދާ ދިމާއަށް މޫނު ހަދާލިއެވެ.
[އަހަންނާ އެކުގައިވެސް ޢައްޒައަކަށް ދާކަށް ނުކެރޭނެ.] މިހެން ބުނެފައި ޒާހިދު ނިކަން ބާރަށް ހީގަތެވެ. ޢައްޒަ އައި ރުޅީގައި، ގެޔަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް، އެވަގުތު ޒާހިދު އޭނައަށް ގޮވައިގެން ހުއްޓުވިއެވެ.
[ރުޅިއައީތަ....އިހަށް މިތަނަށް އާދޭ. ދެމީހުން އެކުގައި ދާނީ....] ޒާހިދު މިހެން ބުނީވެސް، ޢައްޒައަށް ފުރަގަސްދީގެން އިނދެއެވެ. ޢައްޒަ އެނބުރި އައިސް ޒާހިދާ ދާދި ގާތުގައި މަޑުކޮށްލިއެވެ. އެވަގުތު ޒާހިދު ޢައްޒައާ ދިމާއަށް އެނބުރުނެވެ. އެއާއެކު ހަޅޭއްލަވައިގަނެވުމާއެކު، ޢައްޒަ ދުއްވައިގެންފިއެވެ. އެއީ ޒާހިދެއް ނޫނެވެ. އެއީ ނުހަނު ބިރުވެރި ސިފައެއްގައި ހުރި ނާމާން ޖިންނިއެކެވެ. ކުރިން ދުވަހަކުވެސް އެފަދަ ނާމާން ސިފައެއްގައިވާ އެއްޗެއް ހަމަ ލޮލަކުން އޭނާއެއް ނުދެކެއެވެ.
[ކާކުތީ.....އަހަރެންގެ ޒާހިދު ކޮބައިތަ؟] ޢައްޒަ އެ ބިރުވެރި ސިފައިގައި ހުރި އެތީގެ ކިބައިން ސަލާމަތްވުމަށްޓަކައި ދުވަމުން ވާހަކަ ދެއްކިއެވެ.
[އަހަންނަކީ ކަލޭގެ ބައްޕަގެ ފަރާތުން މިހާރު އަނިޔާ ލިބެމުންދާ ޖިންނީގެ ދަރިފުޅު. ކަލޭގެ ދައްތަ މަރާލީވެސް އަހަރެން. އަހަރެންގެ ބައްޕަ މިނިވަން ނުކުރަންޏާ، މިރޭ އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން. ހަމަ މިހާރު ކަލޭގެ ބައްޕައަށް ގުޅާފައި ބުނޭ، އަހަރެންގެ ބައްޕަ މިނިވަންކުރާށޭ. އެނޫން ގޮތަކަށް ކަލެއަކަށް ސަލާމަތެއް ނުވެވޭނެ.] ބިރުވެރި ސިފައިގައި ހުރި އެތީގެ އަޑު އިވުނީ ޢައްޒަގެ ފައިދަށުން ކަހަލަ ގޮތަކަށެވެ. ޢައްޒަ ބިރުން ތެޅިގެންފިއެވެ. ދެން އޭނާ މަސައްކަތް ކުރީ އޭނާގެ ބައްޕައަށް ގުޅޭތޯއެވެ. ނަމަވެސް އޭނާގެ ބައްޕަގެ މޯބައިލް ފޯނު އޮތީ އޮފްކޮށްފައެވެ. ވުމާއެކު، އޭނާ އިތުރަށް ހާސްވިއެވެ. އަނެއްކާވެސް އޭނާ ސަލާމަތަށް އެދި ގޮވަމުން ދުއްވައިގެންފިއެވެ.
[އަޅެ ބައްޕައަކަށް ނުގުޅޭ. އަހަރެން ސަލާމަތްކުރޭ. އަހަރެން ސަލާމަތްކުރޭ. އަހަރެން ކަލޭމެނަށް އެއްވެސް ގޯނާއެއް ނުކުރަމެއްނު.] ޢައްޒަ ހުއްޓުނެވެ.
[ކަލޭގެ ބައްޕަ އަހަރެންގެ ޢާއިލާ ރޫޅާލައި، އަހަރެންގެ ބައްޕަ ފަރާތު ޢާއިލާ ހަލާކުކޮށްލަން އެމަސައްކަތް ކުރަނީ، އަހަރެންގެ ފަރާތުން އޭނާއަށް ކޮން ގެއްލުމެއް ލިބިގެންތަ؟ އަހަރެމެން ނުލާހިކު އުފަލުގައި އުޅެމުން ދަނިކޮށް، އޭނާ އަހަރެމެންގެ ތެރެއަށް ވަދެގެން އެއުޅެނީ. އޭނާ ކައިރީ ބުނޭ، ތިކުރާ މަސައްކަތް ހުއްޓާލާށޭ.] މިހެން ބުނުމާއެކު، ޢައްޒަގެ ކުރިމަތީގައި ހުރި ބިރުވެރި އެތީގެ ސިފަ އަނެއްކާވެސް ބަދަލުވެއްޖެއެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރީ ކުޑަކުޑަ އަންހެން ކުއްޖެކެވެ. އާދެ! އެއީ ރަނާގެ ދަރިފުޅު ބާދާއެވެ. ބާދާ ސިފަ ބަދަލުވީ ޢައްޒަބަލަން ހުއްޓައެވެ. އެމަންޒަރު ފެނުމާއެކު، ޢައްޒަ ކުރިއަށްވުރެވެސް ބިރުގަތެވެ.
[ދެން ނުދުވާތި، ކިތަންމެ ބާރަށް ދުވިޔަސް، އަހަންނަކަށް ނުފިލޭނެ. އަހަރެންގެ ކިބައިން ކަލެއަށް ސަލާމަތްވެވޭނީ، އަހަރެންގެ ޢާއިލާއަށް އެއްވެސް ގޯނާއެއް ނުކުރާނޭ ކަމަށް ކަލޭގެ ބައްޕަ އެއްބަސްވީމާ.] ބާދާ ނާމާން އަޑަކުން ވާހަކަ ދެއްކިއެވެ.
[އަހަރެންގެ ބައްޕައަކަށް ނުގުޅެއޭ. އަހަރެން ކިހިނެއްތަ ބައްޕައަށް ގުޅާނީ؟] ޢައްޒަ ރޯން ފެށިއެވެ.
[ތި ފޯނު އަހަރެންގެ އަތަށްދީ. އަހަރެން ކަލޭގެ ބައްޕައަށް ގުޅޭނޭގޮތް ހަދައިދޭނަން.] ބާދާ ޢައްޒައާ ދިމާއަށް އަތް ދިއްކުރިއެވެ. ބިރުން ތުރުތުރުއަޅާ ޙާލުގައ ޢައްޒަ ފޯނު ބާދާގެ އަތަށްދިނެވެ. ލަފާކުރެވޭގޮތުން ބާދާ ގުޅަނީ، އޭނާ އެމީހެއްގެ ބަނޑުން އުފަންވި އޭނާގެ މަންމަ ރަނާގެ މޯބައިލް ފޯނަށެވެ. ރަނގަޅަށެވެ. އޭނާ ގުޅީ ރަނާގެ ފޯނަށެވެ. ރަނާ ފޯނު ނެގުމާއެކު، އޭނާ އެދުނީ ޙުސޭން ކަލޯގެ އަތަށް ފޯނު ދިނުމަށެވެ. ރަނާ ޙުސޭންކަލޯގެ އަތަށް ފޯނު ދިނުމުން، ބާދާ ޢައްޒަގެ އަތަށް ފޯނުދީފިއެވެ.
ބައްޕަގެ އަޑު ޖެހުމާއެކު، ޢައްޒަ ރޮއިގަންނަމުން ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ.
[ބައްޕާ، އަހަރެން ސަލާމަތްކުރޭ. ކުޑަކުޑަ އަންހެން ކުއްޖަކު އަހަންނަށް ބިރުދައްކަނީ. އަހަރެން މިހާރު މިހުރީ އޭނާގެ ބެލުމުގެ ދަށުގައި ވިލިނގިލީ ވަލުތެރޭގައި. ބައްޕާ، މިކުއްޖާ ބުނަނީ، އަހަރެން ސަލާމަތްކުރާނީ، އޭނާގެ ބައްޕައަށް އެއްވެސް އަނިޔާއެއްނުދީ ދޫކޮށްލީމައޭ. އަޅެ ބައްޕާ، އަހަރެން ބިރުގަނޭ.....އަހަރެން ސަލާމަތްކުރޭ....މިކުއްޖާ ބުނާގޮތަކަށް އެއްބަސްވެގެންވެސް އަހަރެން ސަލާމަތްކުރޭ.....] ބިރުގެންފައި ހުރި ޢައްޒަ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.
[ދަރިފުޅާ.....ބައްޕަ އައީވެސް ދަރިފުޅުމެން ގާތު ބޭރަށް ނުނިކުތުމަށް ކިހާވަރަކަށް ބުނެފަ.....] ޙުސޭން ކަލޯގެ ސިކުނޑި ސުމަކަށްދިޔަކަހަލައެވެ.
[ސޮރީ ބައްޕާ، ޒާހިދު އާދޭސްކޮށްގެން އަހަރެން ގެންދިޔައީ. ޒާހިދުގެ ސިފައިގައި ހުރެ، އަހަރެން މިތަނަށް ގެނައީ ބިރުވެރި ކުއްޖާ. އަޅެ ބައްޕާ....އަހަރެން ސަލާމަތްކުރޭ.....] ޢައްޒަގެ އަޑު ކެނޑިކެނޑިގެންދިޔައެވެ.
[ދަރިފުޅާ! ތިކުއްޖެއްގެ ގާތު ބުނޭ، ދަރިފުޅު ގޮވައިގެން މިގޭދޮށަށް އަންނާށޭ. އޭރުން ދެފަރާތް އެއްބަސްވާ ގޮތަކަށް މިކަން ނިންމާލާނަން.] ހުސޭން ކަލޯ މިހެން ބުނެފައި، ފޯނު ބޭއްވިއެވެ. އެއަށްފަހު ދެން އޭނާ ރޭވީ، ޢައްޒަ ގޮވައިގެން އެ ކުޑަ ޖިންނި އައުމާއެކު، އޭތި ހައްޔަރު ކުރާނޭ ގޮތެކެވެ. އޭރު އޭތިވެސް ޙުސޭން ކަލޯގެ ދަލުގައި ޖެހޭނެއެވެ.
ބައްޕަ އެއްބަސްވިގޮތް ޢައްޒަ ބާދާގާތު ބުނުމާއެކު، ބާދާގެ ސިފަ އެބަދަލުވީ، ނިކަން ބިޔަ ދެފިޔަގަނޑުލީ ބޮޑު ދޫންޏަކަށެވެ. އެމަންޒަރުން ޢައްޒަ ކުރިއަށްވުރެންވެސް ބިރުގަތެވެ.
[ބިރުނުގަނޭ، އަހަންނަކީ ކަލޭފަދަ އިންސާނެއްގެ ބަނޑުން އުފަންވެފައިވާ ކުއްޖެއް. ތަފާތަކީ އަހަންނަށް ރޫޙާނީ ބާރު ލިބިފައިވާކަން. އަހަރެންގެ މަންމައަކީ އިންސާނެއް. އަހަރެންގެ ބުރަކަށިމައްޗަށް އަރާ، އަހަރެން ކަލޭ ކަލޭގެ ބައްޕަގެ ކުރިމައްޗަށް ގެންގޮސްދޭނަން....] ބާދާ ނުވަތަ މިހާރު ޢައްޒަގެ ކުރިމަތީގައި ހުރި ބޮޑު ދޫނި ވާހަކަ ދެއްކިއެވެ.
[ނޫން އަހަންނަކަށް ނުކެރޭނެ. އަހަރެން ވެއްޓިދާނެ. ޢަމުދުން ތިގޮތަށް ކަނޑެއް ހުރަސް ހުރާކަށް ނުކެރޭނެ. އަޅެ އަހަރެން، އަހަރެންގެ ގެޔަށް ގެންގޮސްދޭންވީނު.] ޢައްޒަ ފަހަތަށް ޖެހެން ފެށިއެވެ.
[އެންމެ ރަނގަޅު، ލޯންޗެއްގައި ދާން ކެރޭނެތަ.] އަނެއްކާވެސް އެ ދޫނި އެބަދަލުވީ، އާދައިގެ އަންހެން ކުއްޖެއްގެ ސިފައިގައެވެ. ޢައްޒަ ބޯޖަހާލިއެވެ. އޭރު ޢައްޒަމެނަށް ތިބެވުނީ، ވިލިނގިލީގެ އަތިރިމައްޗާ ވަރަށް ކައިރި ސަރަޙައްދަކަށްވުމުން، ބާދާ މަޑުމަޑުން ހިނގައިގެންފިއެވެ. ފަހަތުން އައުމަށް ޢައްޒަ ގާތު ބުނެފައެވެ.
[އަހަރެންގެ ފަހަތުން އާދޭ. މިހާރު ލޯންޗް އޮންނާނެ ތައްޔާރަށް.] ބާދާ އަތިރިއަށް ފޭބިއެވެ. އޭރު ރާޅުޖަހާފަށުގައި ކުޑަކުޑަ ލޯންޗެއް އޮތެވެ. ބާދާ ލޯންޗަށް އެރިއެވެ. ކިތަންމެ ބިރުގެންފައި ހުރި ކަމުގައިވިޔަސް، އެނޫން ގޮތެއް ނެތްކަން އެނގޭތީ، ޢައްޒަވެސް އެއަށް އަރައިފިއެވެ. ޢައްޒަ އަރާ އިށީނުމާއެކު، އެލޯންޗް ލޮނުގަނޑު ކަފަމުން ދުވަން ފަށައިފިއެވެ. އެލޯންޗް ދަތުރު ކުރަމުންދާއިރު، އެހެން އެއްވެސް ބަޔަކަށް އެލޯންޗް ފެންނަހެނެއްވެސް ހިއެއްނުވެއެވެ.
ގާތްގަނޑަކަށް ދެމިނެޓެއްހާއިރުގެ ދުވެއްޔަކަށްފަހު، ޢައްޒަ ގޮވައިގެން ބާދާ މާލެ އަރައިފިއެވެ.
[އަހަރެންގެ ފަހަތުން އާދޭ. ކަލޭގެ ބައްޕަ ގާތު ބުނާތި، އަހަރެމެންނަށް މަކަރު ނަހަދާށޭ. މަކަރު ހަދައިގެންވެސް، ވަކި ކުރިއެއް ނުލިބޭނެ. ހަމަގައިމުވެސް އަހަރެންގެ ކުރިމަތީގައި އަހަރެންގެ ބައްޕަ މަރާލައިފިއްޔާ، އަހަރެން ބަދަލުހިފާނަން. ފުރިހަމަ ބަދަލެއް ހިފާނަން.] ވާހަކަ ދައްކަމުން ގޮސް، ބާދާ އެރީ ޕާކިންގ ޒޯނުގައި ޕާކްކޮށްފައި އޮތް ގަދަ ރަތް ކުލައިގެ ކާރަކަށެވެ. އެ ކާރަކު ޑްރައިވަރަކުވެސް ނެތެވެ. ދުއްވަން އެރީ، އެ ކުޑަ އަންހެން ކުއްޖާއެވެ. ފަހަތަށް އެރީ ޢައްޒައެވެ. އެވަގުތު ޢައްޒަގެ މޯބައިލަށް އޭނާގެ ބައްޕަ ގުޅައިފިއެވެ.
[ދަރިފުޅާ ކޮބާ މިހާރު އަދިވެސް މިގެއާ ހަމައަށް އާދެވޭވަރު ނުވޭތަ؟ ކުޑަ ޖިންނި ގާތު ބުނޭ، އަވަހަށް ގެނެސްދޭށޭ. މިހާރު ބައްޕަ މިހުންނަނީ މަސައްކަތް ހުއްޓާލައިގެން.] ޙުސޭން ކަލޯ ވާހަކަ ދެއްކިއެވެ.
[މިހާރު މިދަނީ ބައްޕާ....އަހަރެން ބިރުން ހަލާކުވަނީއޭ. ބައްޕަ އަހަރެން ސަލާމަތްކުރާތި....] ޢައްޒަ ރޮއިގަތެވެ. ޙުސޭން ކަލޯ ފޯނު ބޭއްވިއެވެ.
[ކަލޭގެ ބައްޕަދޯ؟ އަހަރެމެނަށް ލަސްވާތީދޯ އެގުޅީ. ބުނޭ އަހަރެމެން މިދަނީއޭ. ފޯނު ބާއްވައިފިދޯ؟ އަހަރެންގެ ބައްޕައަށް، އޭނަ އަނިޔާވެރިވާ އަޑު މިހާރުވެސް އަހަންނަށް އެބައިވޭ. އެގޮތަށް އަހަރެންގެ ބައްޕަގެ ވޭނީ އަޑު ތަކުރާރުވާ ކަމަށްވަންޏާ، އަހަރެން ކަލޭ މަރާލާނަން. ކަލޭގެ ބައްޕައަށް ހަމަ މިހާރު ގުޅާފައި ބުނޭ، އަހަރެންގެ ބައްޕައަށް އަލިފާނުން ހޫނު ނުކުރާށޭ.]
ކުއްލިއަކަށް ބާދާގެ ސިފަ ބަދަލުވެއްޖެއެވެ. ނިކަން ބިރުވެރި ނާމާން ސިފައަކަށެވެ. ޢައްޒަ ސަލާމަތަށް އެދި ގޮވަން ފެށިއެވެ. އޭރު އޭތި ކާރު ދުއްވަމުން ދަނީ ނިކަން ބާރަށެވެ. ޓްރެފިކް ލައިޓަކަށްވެސް ބެލުމެއްނެތިއެވެ.
[ކަލޭ ތިގޮތަށް ސަލާމަތަށް އެދި ގޮވިޔަސް، ތިއަޑު އެއްވެސް މީހަކަށް ނީވޭނެ. ކަލޭގެ ބައްޕައަށް ގުޅާފައި ސަލާމަތަށް އެދި ގޮވާ....ކަލޭގެ ބައްޕަ ގާތު ބުނޭ، އަހަރެންގެ ބައްޕަ އަލިފާނާ ދުރަށްލާށޭ. އެހެން ނޫނީ ކަލޭގެ ފުރާނަ ދުއްވާލާނަން. އަވަސްކުރޭ.] މިފަހަރު އޭތި ވާހަކަ ދެއްކީ ކުރިއަށްވުރެވެސް ނާމާން އަޑަކުންނެވެ. ތުރުތުރުއަޅާ ހާލުގައި ޢައްޒަ، އޭނާގެ ބައްޕައަށް ގުޅިއެވެ. ޢައްޒަގެ ބައްޕަ ފޯނު ނެގުމާއެކު، ޢައްޒަ ސަލާމަތަށް އެދި ގޮވަމުން ބާރުބާރަށް ރޯން ފަށައިފިއެވެ.
[ބައްޕާ....އަހަރެން ސަލާމަތްކުރޭ.....އަހަރެން ސަލާމަތްކުރޭ. ބައްޕަ ތިކުރާ މަސައްކަތްތައް ހުއްޓާލާ. އެހެން ނޫނީ މިއެތި އަހަރެން މަރާލާނެ. ބައްޕާ...އަހަރެން ސަލާމަތްކުރޭ....ބައްޕާ....ތި އަލިފާންގަނޑު ނިއްވާލާ....] ޢައްޒަ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. އެއާއެކު ޙުސޭންކަލޯއަށް ދެން އިވުނީ ޢައްޒަގެ ހަޅޭކުގެ އަޑެކެވެ. އެ އަޑުން ޙުސޭން ކަލޯއަށް ވަރަށްބޮޑު ސިހުމެއް ލިބުނެވެ.
[ކަލޭގެ ދަރިއަށް އަންގާ! އަހަރެންގެ ދަރިފުޅަށް އަނިޔާ ނުކުރުމަށް. އެހެން ނޫނީ އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން.] ކުރިމަތީގައި ހުރި އަލިފާންގަނޑު ނިއްވާލުމަށްފަހު، ޙުސޭން ކަލޯ، އޭނާގެ ބާރުގެ ދަށުގައި ހުރި ޖިންނިއާ ވާހަކަ ދެއްކިއެވެ.
[އަހަރެންގެ ދަރިފުޅު ޢައްޒައަށް އެއްވެސް އަނިޔާއެއް އަދި ނުކުރޭ. ޢައްޒަގެ އެ އަޑަކީ އަހަރެންގެ ދަރިފުޅުގެ ޙަޤީޤީ ސޫރަ ފެނުމުން، ބިރުންލަވާ ހަޅޭކުގެ އަޑު. ކަލޭ އަހަރެން ދޫކޮށްލަންޏާ، އަހަރެންގެ ދަރި ޢައްޒައަށް އެއްވެސް ގެއްލުމެއް ނުދޭނެ.] ޖިންނި ވާހަކަ ދެއްކިއެވެ. އެއާއެކު ޙުސޭންކަލޯ އޭނާގެ މަސައްކަތް ހުއްޓާލިއެވެ. އެހެން ނަމަވެސް، އޭރުވެސް އަދި ޖިންނި ހުރީ އޭނާގެ ބެލުމުގެ ދަށުގައެވެ.
[މިހާރު އަހަރެންގެ ދަރިފުޅު ކޮބައިތަ؟ އެމަންޖެއަށް ބިރު ނުދެއްކުމަށް ކަލޭގެ ދަރިފުޅަށް އަންގާ.....] ޙުސޭން ކަލޯ ބުންޏެވެ.
[ރައްކާތެރިކަމާއެކު ޢައްޒަ މިތަނަށް އެބަގެނޭ. ޢައްޒަ ގެނައުމާއެކު، އަހަރެން މިނިވަންކުރާނަންދޯ؟] ޖިންނި ވަށައިގެން ހޯދާލިއެވެ. އޭތި ހީވަނީ ހަތަރެސްފައިގައި ބިޑި އަޅުވާފައިވާހެންނެވެ. އޭއްޗަށް އަތަކަށް ގުޑާވެސްނުލެވެއެވެ.
[އާނ، އަހަންނާ ކަލެޔާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން އަހަރެން ކަލޭ މިނިވަންކުރާނަން. އެކަމަކު ކަލޭ ޖެހޭނެ، އަހަރެންގެ ޝަރުޠުތަކަށް އެއްބަސްވާން.] ހުސޭން ކަލޯ ބުންޏެވެ. އެގޮތަށް ޖިންނިވެސް އެއްބަސްވިއެވެ. އޭތި ބޭނުންވަނީ، ކޮންމެ ގޮތެއް ހަދާފައިވެސް، ޙުސޭން ކަލޯގެ ކިބައިން ސަލާމަތްވާށެވެ.
[ކަލޭގެ ކޮންމެ ޝަރުޠެއްވެސް އަހަރެން އެއްބަސް. މިހާރު އަހަރެންގެ ދަރިފުޅު އެބައާދޭ ޢައްޒަ ގޮވައިގެން.] ޖިންނިއަށް މިހެން ބުނެވުމާއެކު، ރަތް ކުލައިގެ ކާރެއް އައިސް އެގޭ ދޮރުމައްޗަށް މަޑުކޮށްފިއެވެ. ކާރު މަޑުކުރުމާއެކު، ޢައްޒަ ކާރުން ފައިބައިގެން ނިކަން ބާރަށް ދުއްވައިގެންފިއެވެ. އޭނާގެ ފަހަތުން ބާދާވެސް ވަނެވެ. މިހާރު ކުޑަ ޖިންނި އެހުރީ ސީދާ ބާދާގެ ސިފައިގައެވެ.
ޙުސޭން ކަލޯމެން ތިބި ކޮޓަރިތެރެއަށް ވަދެވުމާއެކު، ޢައްޒަ ބައްޕަގެ ގައިގައި އޮޅުލައިގެންފައި ރޮއިގަތެވެ. ބާދާ އެކޮޓަރިއަށް ވަނީ ޢައްޒަގެ ފަހަތުންނެވެ. ކޮޓަރީގެ ދޮރުން އެތެރެވުމާއެކު، ބާދާގެ ހަތަރެސްފައިގައިވެސް ހީވީ ކަސްތޮޅު އެޅުނުހެންނެވެ. އޭތީގެ ހުރިހާ ބާރެއް ދޫވިކަހަލައެވެ.
[މިހާރު ކަލެއާއި ކަލޭގެ ޢާއިލާގެ ހުރިހާ ބާރެއްވެސް މިވަނީ އަހަންނަށް ލިބިފައި. އަހަރެންގެ ދަރިފުޅަކު މަރާލާފައިވާ ޢާއިލާއަކަށް، އަހަރެން މަޢާފްކުރާނޭހެން ކަލެއަށް ހީވޭތަ؟ މިރެއިން މިރެޔަށް އަހަރެން ބޭނުންވަނީ ކަލޭމެންގެ ވަސްވެސް މިދުނިޔެއިން ފޮހެލަން.] ޙުސޭން ކަލޯ އޭނާއަށް ފުރްޞަތު ލިބުމާއެކު، އަލުން މަސައްކަތް ފަށައިފިއެވެ. މިހާރު އެތަނުގައި ތިބި މީހުން ޙުސޭން ކަލޯގެ އިޝާރާތާއެކު ކިޔެވެލިވެސް ކިޔަވަން ފަށައިފިއެވެ.
އެއާއެކު ބާދާގެ ސިފައިގައި ހުރި ރަނާގެ ބަނޑުން އުފަންވި ޖިންނި ސަލާމަތަށް އެދި ގޮވަމުން ރޯން ފެށިއެވެ.
[މަންމާ....އަހަރެން ސަލާމަތްކުރޭ....ހެޔޮނުވާނެ މަންމާ...ތިމަންމަގެ ބަނޑުން ފުރަތަމަ އުފަންވި މިދަރިފުޅު ސަލާމަތްކޮށްދީ....އެ ބޭބެ ގާތު ބުނޭ، އަހަންނާ އަހަރެންގެ ބައްޕަ ސަލާމަތްކުރާށޭ....] ބާދާގެ ސިފައިގައި ހުރި ކުޑަ ޖިންނި، ރޮއި އާދޭސް ކުރަމުންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު