މާލޭގައި އަންހެނަކު ރަހީނުކޮށް ތޫނު އެއްޗަކުން ބިރު ދެއްކި އާދަމް އަތުހަރު އަދި މަރުނުވާ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
އަތުހަރު ޖަލުގައި ބަހައްޓާފައި ހުއްޓާ ދަންޖެހެން މަސައްކަތް ކުރިކަން ފުލުހުން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރަސް އޮންލައިން ގައި ޖެހި ޚަބަރަށް ކޮމެންޓް ކުރައްވައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާ ވިދާޅުވީ އޭނާ އަދި މަރުނުވާ ކަމަށާއި އަދި ދިރިހުރި ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދޭ ކަމަށެވެ.
އެހެން ނަމަވެސް "ރަސް"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ މަރުވެފަ އެވެ.
ނިމިގެން ދިޔަ ސަރުކާރުގެ ފަހު ދުވަސްތަކުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދީ ދޫކޮށްލި އަތުހަރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަހީނުކުރީ އޭނާގެ ލޯބިވެރިޔާ ކަމަށް އެނގިފައި ވެއެވެ.
އަދި ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން ގެއިން ބޭރަށް ނެރެ ސައިކަލެއްގައި އޭނާއާއެކު އަތުހަރު ދާން އުޅެނިކޮށް ފުލުހުން ވަނީ އަތުހަރުގެ މައްޗަށް ކުރިހޯދައި އަންހެން މީހާ ސަލާމަތްކޮށްފަ އެވެ.
ފުލުހުން އަންހެން މީހާ ސަލާމަތްކުރީ އަތުހަރުގެ ބޮލުގައި މުގުރުބުރިއަކުން ޖަހައި އޭނާ ބިންމައްޗަށް ވައްޓާލައިގެން ނެވެ.
އެ ހާދިސާގައި އަތުހަރުގެ ބޮލަށް ގެއްލުންވި އިރު އޭނާއަށް ވަނީ އޭޑީކޭގައި ފަރުވާ ދީފައެވެ.
ނަމަވެސް ފަހުން ރަނގަޅުވުުމުން އޭނާ ޖަލަށް ގެންދިޔައީ އެވެ.

ކިޔުންތެރިންގެ ހިޔާލު