މަރްޔަމް ނަހްދާ ވަޙީދު   2 ސެޕްޓެމްބަރު 2024 - 0:0
ކުކުޅު ކެއުމުން ހަނދާންނެތޭ ބަލި ޖެހުމުގެ ބިރު ކުޑަ- ގޫގުލް އިމޭޖެސް
ކުކުޅު ކެއުމުން ހަނދާންނެތޭ ބަލި ޖެހުމުގެ ބިރު ކުޑަ- ގޫގުލް އިމޭޖެސް
ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބައްޔަކީ އުމުރުން ދުވަސްވެފައިވާ މީހުންގެ މެދުގައި ވަރަށް އާންމު ބައްޔެކެވެ. ހަނދާން ނެތޭ ބަލި ޖެހުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ތައިރޮއިޑު މައްސަލަތަކާއި، ހަށިގަނޑުގައި ވިޓަމިން މަދުވުމާއި، ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް ހިމެނެއެވެ.

މި ބަލީގެ ސަބަބުން ބަލި ޖެހިފައިވާ މީހުންނަށް އެކިކަހަލަ އުނދަގޫތައް ކުރިމަތިވެއެވެ. ނަމަވެސް މީހާގެ ކެއުމުގައި އެކުލަވާލެވޭ ބައެއް މާއްދާތަކުގެ ސަބަބުން މި ބަލި ޖެހުމުން މީހާ ދުރު ކޮށްދެއެވެ. ތިރީގައި މި ހިމަނާލަނީ ހަނދާން ނެތޭ ބަލިން މީހާ ރައްކާތެރި ކުރުމަށް އެހީވެދޭ ބައެއް ކާނާގެ ބާވަތްތަކެވެ.

ބްލޫބެރީ

ބްލޫބެރީ އަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ މޭވާއަކަށް ވީއިރު، މި މޭވާ ކެއުމުން ހަނދާން ނެތޭ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. މި މޭވާ އަކީ ގިނަ އަދަދަކަށް ފްލެވެނޮއިޑު އެކުލެވިގެންވާ މޭވާއެއްކަމުން، މި ކެއުމުން ދޮށީ އުމުރުގެ މީހުންގެ ހަނދާމް ވަރުގަދަ ކޮށްދެއެވެ. އަދި ދުޅަވުން ކުޑަކޮށްދީ، މީހާގެ ހަށިގަނޑުގައި ހިމެނޭ ނާރުތަކުގެ މަސައްކަތްވެސް އިތުރަށް ފުރިހަމަ ކޮށްދެއެވެ. މިކަމުގެ ސަބަބުން މި ބޭނުން ކުރާނަމަ ހަނދާން ނެތޭ ބަލިން މީހާ ރައްކާތެރިކޮށްދެއެވެ.

ކުކުޅު



ކުކުޅު އަދި ކުކުޅު ބިހަކީވެސް އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާ ކެއުމުގެ ބާވަތްތަކެވެ. ޕްރޮޓީން އަކީ ހަށިގަނޑު ދުޅަވުން ކުޑަކޮށްދޭ މާއްދާއެއް ކަމުން މި ބޭނުން ކުރާނަމަ މީހާގެ ސިކުނޑީގައި ހުންނަ ސެލްތައް މަރުވުމުން ދުރުކޮށްދެއެވެ. އަދި އޭގެ ސަބަބުން މީހާ ހަނދާން ނެތޭ ބަލިންވެސް ދުރުކޮށްދެއެވެ.

އޮލިވް އޮއިލް

އޮލިވް އޮއިލް އަކީ ބާރުގަދަ އެންޓި-އޮކްސިޑެންޓެއް ކަމަށްވާ ޕޮލިފީނޮލް އެކުލެވިގެންވާ އެއްޗެކެވެ. މި މާއްދާއަކީ މީހާގެ ނާރުތަކުވެ މަސައްކަތް އިތުރަށް ފުރިހަމަ ކޮށްދީ، މީހާގެ ސިކުނޑިވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް އެހީވެދޭ މާއްދާއެކެވެ. މިކަމުގެ ސަބަބުން އޮލިވް އޮއިލް ބޭނުން ކުރާނަމަ ހަނދާން ނެތޭ ބަލިން މީހާ ރައްކާތެރިކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން