މަންމައަކަށްވުމަށްފަހު ވަޒީފާއާއި ދުރަށް ޖެހިލި ބޮލީވުޑުގެ ތަރި ސޯނަމް ކަޕޫރު މިހާރު ހުރީ މަސައްކަތުގެ މައިދާނަށް ނިކުންނަން ކެއްމަދުވެފައިކަމަށް އޭނާ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން މަސައްކަތް ފެށުމަށް ކެއްމަދުވެފައިވާކަމަށް ސޯނަމް ބުނެފައިވާކަމަށް ޕިންކްވިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން ސޯނަމް ބުނެފައިވަނީ މަންމައަކަށް ވުމަށް ފަހު އެނބުރި މަސައްކަތުގެ މައިދާނަށް ނިކުތުމަށް ކެއްމަދުވެފައިވާ ކަމަށާއި، އޭނާއަށް އޭނާގެ ވަޒީފާ ވަރަށް ކަމުދާ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެކްޓިން ގެ ޒަރިއްޔާއިން ތަފާތު އެކިކަހަލަ ކެރެކްޓަރުތައް ކުޅުމުގެ ފުރުސަތު ލިބޭކަމަށާއި، އެކިކަހަލަ ކެރެކްޓަރުންގެ މިޒާޖުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭތީ އެކަމުގެ ސަބަބުން ވަޒީފާދެކެ އިތުރަށް ލޯބިވާ ކަމަށެވެ. މީގެ އިތުރުން އޭނާވަނީ އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި އޭގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށްވެސް ބުނެފައެވެ.
ސޯނަމް އަކީ ބޮލީވުޑުގައި ނަންމަޝްހޫރު ތަރިއަކަށްވީއިރު އޭނާއަކީ ވަރަށް ގިނަ މީހުންގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ 2023 ގައި ނެރުނު ފިލްމު "ބްލައިންޑު" އިންނެވެ. މި ފިލްމަކީ އޭނާ ބަނޑު ބޮޑުވުމުގެ ކުރިން ޝޫޓު ކޮށްފައިވާ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު