ކުދީނާ ފަތު ފެނަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ކުދީނާ ފަތު ފެނަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއް- ގޫގުލް އިމޭޖެސް
ކުދީނާ ފަތަކީ އެކިކަހަލަ ކާއެއްޗެހި ހެދުމަށާއި އަދި ބުއިންތައް ހެދުމަށް ވަރަށް ގިނަ މީހުން ބޭނުން ކޮށް އުޅޭ ފަތެކެވެ. މި ބޭނުން ކޮށްގެން ތަފާތު އެކިކަހަލަ މޮހީތޯ ފަދަ ބުއިންތައް ހަދައި އުޅެއެވެ. ކުދީނާ ފަތު ފެނަކީ ތަފާތު އެކި ނިއުޓްރިއެންޓު ހިމެނޭ އެއްޗަކަށްވުމުން މި ބޭނުން ކުރުމުން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ.

އެގޮތުން ބަލާއިރު ކުދީނާ ފަތު ފެން ބުއިމަކީ މީހާ ދިގުދެމިގެންދާ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. މިހެން މިކަންވަނީ ކުދީނާ ފަތަކީ އޭގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓުތައް ހިމެނޭ އެއްޗެއް ކަމަށް ވާތީއެވެ. އެހެންކަމުން މި ބޭނުން ކުރުމުން މީހާ އޮކްސިޑޭޓިވް ސްޓްރެސް އިން ދުރުކޮށްދީ، ހަށިގަނޑު ދުޅަވުން ކުޑަކޮށްދެއެވެ. އަދި އޭގެ ސަބަބުން ދިގުދެމިގެންދާ ބަލިތަކުން މީޙާ ރައްކާތެރިކުރުމަށް އެހިވެއެވެ.

މީގެ އިތުރުން ކުދީނާ ފަތު ފެން ބުއިމުން މީހާގެ މޫނުގައި ހުންނަ ބިހިތައް ރަނގަޅުވެ މޫނުވެސް ރީތިވެއެވެ. މިހެން މިކަން ވަނީ އޭގައި ހިމެނޭ އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީތަކާއި އެންޓި-ބެކްޓީރިއަލް ޕްރޮޕަޓީތަކުގެ ސަބަބުންނެވެ. އެހެންކަމުން ކުދީނާ ފަތު ފެން ބުއިމުން މީހާގެ މޫނުގައި ހުންނަ ބިހިތައް ރަނގަޅުކޮށްދީ މީހާގެ މޫނު އޮމާންކޮށްދެއެވެ. އަދި ހަންގަނޑު ރީތިކޮށްދީ މޫނުގެ ކުލަވެސް އަލިކޮށްދެއެވެ.

ކުދީނާ ފަތު ފެނަކީ ނޭވާލާނިޒާމުގެ އެކި ބަލިތައް ހުންނަ މީހުންނަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ކުދީނާ ފަތުގައި އެކުލެވޭ މެންތޮލް އަކީ މީހާގެ ނޭފަތުގައި ހުންނަ އަރިދަފުސް ސާފުކޮށްދިނުމަށް އެހީވެދޭ އެއްޗެކެެވެ. އެހެންކަމުން މި ބުއިމުން ރޯގާ އާއި އެލާޖިކުވުން ފަދަ ނޭވާލާނިޒާމުގެ ބަލިތަކުން މީހާ ރައްކާތެރިކޮށްދެއެވެ.

ކުދީނާފަތު ފެން ބުއިމުން މިނޫންވެސް ތަފާތު އެކި ފައިދާތަކެއް ހަށިގަނޑަށް ލިބެއެވެ. އޭގެ ތެރޭގައި ދިފާއީ ނިޒާމު ވަރުގަދަ ވުމާއި، ހަޖަމުގެ މައްސަލަތައް ރަނގަޅުވުމާއި، ބޮލުގެ ރިހުން ކުޑަވުން ހިމެނެއެވެ. މިއީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗަކަށްވާތީ ކޮންމެ ދުވަހަކުވެސް ކުދީނާފަތު ފެންތައްޓެއް ބޮވޭތޯ އެންމެންވެސް ބަލަން ޖެހެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން