ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު އަޅާފައި އެވަނީ އިކޮނޮމިކް ކައުންސިލުން އެ މަސައްކަތް ކުރަން ނިންމި ގޮތަށް ކަމަށާއި، އެކަމުގައި އޮޅުވާލެވިފައިވާ ކަމެއް ނޯންނާނެކަމަށް ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.

ބުރިޖުގެ ލޭނެއް މަދުވިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން އަދީބު މިރޭ ފޭސްބޫކްގައި ވަނީ ވީޑިއޯއެއް އާންމު ކުރައްވާފައެވެ. ބްރިޖުގެ ޕްރޮޖެކްޓްގެ މޭސްތިރިއެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެނިގެންދިޔަ އެއްބޭފުޅަކީ އަހުމަދު އަދީބެވެ.

އެ ވީޑިއޯގައި އަދީބު ވިދާޅުވީ، ޔާމީން ގެންދަވަނީ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލައްވަމުން ކަމަށާއި ބުރިޖުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނީ ދެ ގައުމުން ބޭނުންވިގޮތަށް، އަދި ކުރި ދިރާސާތަކުގެ އަލީގައި އިކޮނޮމިކް ކައުންސިލުން ނިންމި ގޮތަށްކަމަށެވެ. އަދި އެ ހަގީގަތް ބަދަލުކުރަން އުޅުނަސް ބަދަލު ނުވާނެކަމަށް އަދީބު ވިދާޅުވިއެވެ.

"އެންމެ ކޮންފިއުސް ވެގެން މިއުޅެނީ ބައިސްކަލް އަދި ޖޮގިން ލޭން. އެއީ އެއް ލޭނެއް. އެތާނގައި ޖޮގު ކުރާނެކަން ނިންމާފައި އެވަނީ ރައީސް ޔާމީން. ބައިސްކަލް ދުއްވަން ނުޖެހޭނެ ކަމަށް ކިޔާފަ. އޭރު އަޅުގަނޑު ހަނދާން އެބަހުރި އެއީ ޔާމީން ނިންމިގޮތް. މިހާރު އެބޭފުޅާ ހަނދާން ނުހުންނަނީ. އެއްވެސް ކަމެއްގައި އެބޭފުޅާ ހަނދާނެއް ނުހުރޭ." އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އެފަދަ ހަގީގަތެއް ނެތް ވާހަކައެއް ޔާމީން ދެއްކެވުމަކީ ޗައިނާއާމެދު ބުނެވޭ ބަދުބަހެއްކަމަށާއި މިކަމުގައި އޮޅުވާލުންތަކެއް ނެތްކަމަށާއި އެއީ އޭރުގެ ހައުސިންގ މިނިސްޓަރު ޑރ. މުޢިއްޒާއި އެ ނޫން ވެސް ދިވެހި އެތައް އިންޖިނިއަރުންތަކެއްގެ ބުރަ މަސައްކަތް ކަމަށާއި އަދި އެ މަސައްކަތަކީ ދިވެހީން ފަހުރުވެރިވާންޖެހޭ މަސައްކަތެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން