މަރްޔަމް ނަހްދާ ވަޙީދު   4 ސެޕްޓެމްބަރު 2024 - 0:38
މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ކިޑްނީގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް އިމޭޖެސް
މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ކިޑްނީގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް އިމޭޖެސް
ކިޑްނީއަކީ އަޅުގަނޑުމެންގެ ލޭގައި ހުންނަ ބޭކާރު މާއްދާތަކާއި ކުނިތައް ސާފުކޮށްދިނުމުގެ ޒިންމާ އުފުލާ ގުނަވަނެވެ. މިއީ އަޅުގަނޑުމެންގެ ހަށިގަނޑުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްދިއުމަށްޓަކައި ބޭނުންވާ އިލެކްޓްރޮލައިޓުތައް ހަށިގަނޑަށް ފޯރުކޮށްދޭ ގުނަވަންވެސް މެއެވެ. މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ކިޑްނީގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ކިޑްނީއަށް ފައިދާހުރި ބައެއް ކާނާގެ ބާވަތްތަކެވެ.

ކްރެންބެރީ

ކްރެންބެރީއަކީ މީހާ ޔޫރިން އިންފެކްޝަނުންތަކުން ދުރުކޮށްދޭ އެއްޗެއްގެ ގޮތުގައި މަޝްހޫރު މޭވާއެކެވެ. ކްރެންބެރީއަކީ ޔޫރިން ހޮޅި ތެރޭގައި ޖަރާސީމު އުފެދުން ހުއްޓުވައިދޭ މާއްދާއެއް އެކުލެވިގެންވާ މޭވާއެއް ކަމުން މި ކެއުމުން ނުވަތަ މީގެ ޖޫސް ބުއިމުން ޔޫރިން އިންފެކްޝަން ޖެހުމުގެ ބިރުވެސް ކުޑަވެއެވެ.

އާފަލު

އާފަލަކީ ގިނަ އަދަދަކަށް ފައިބާ އާއި އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން އާފަލު ކާނަމަ ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޮލް ލެވެލްތައް ދައްކޮށްދީ، ކިޑްނީގައި ހިލަ އުފެދުން ހުއްޓުވައެވެ. މީގެ އިތުރުން މީގައި ހިމެނޭ ސޮލިއުބަލް ފައިބާ އަކީ ހަށިގަނޑުގައި ހުންނަ ވިހަމާއްދާތަކާ އެކުވާ އެއްޗަކަށްވުމުން އޭގެ ސަބަބުން ވިހަ މާއްދާތައް ހަށިގަނޑުން ބޭރުވެއެވެ. ނަތީޖާއެއްގެ ގޮތުން ކިޑްނީ ސާފުވެއެވެ.

ލޮނުމެދު

ލޮނުމެދަކީ ވަރަށް ބާރުގަދަ އެންޓި-އޮކްސިޑެންޓެއް ކަމުން މި ބޭނުން ކުރުމުން ކިޑްނީ ސާފުވެއެވެ. ލޮނުމެދަކީ ޑިއުރެޓިކް ޕްރޮޕަޓީތަކެއް ހިމެނޭ އެއްޗަކަަށްވުމުން ހަށިގަނޑުގައި ހުންނަ ލޮނާއި ފެން ބޭރު ކުރުމަށް އެހީވެދެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެ، ހަށިގަނޑަށް ބޭނުން ނުވާވަރަށް ފެން އުފެއްދުން މަދުކޮށްދެއެވެ.

ކަރާ

ކަރާއަކީ ގިނަ އަދަދަކަށް ފެން އެކުލެވިގެންވާ މޭވާއެއްކަމުން މިއީ ގުދުރަތީ ޑިއުރެޓިކް އެކެވެ. ކަރާ ބޭނުން ކުރުމުން މީހާއަށް ކުޑަކަމުދެވޭ ވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެ ކިޑްނީގެ މަސައްކަތް އިތުރަށް ފުރިހަމަ ވެގެން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން