އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   19 އޯގަސްޓު 2020 - 20:55
ފިރިހެނުން ވެރިކަން ކުރާ ގައުމުތަކަށް ވުރެއް އަންހެނުން ވެރިކަން ކުރާ ގައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު ކުޑަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.



ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އެކި ޤައުމުތަކުގައި ފެތުރެމުންދާ މިންވަރު ބެލުމަށް ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި އަންހެނުން ވެރިކަން ކުރާ ގައުމު ތަކުގައި ކޯވިޑް-19 ފެތުރިދާނެކަމުގެ ބިރުގެ ސަބަބުން އެގައުމުތައް ވަނީ ވަރަށް އަވަހަށް ފުރަބަންދު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެގައުމުތަކުގައި ފިރިހެނުން ވެރިކަން ކުރާ ގައުމު ތަކަށް ވުރެއް ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވި، މަރުވާ މީހުންގެ އަދަދުވެސް މަދުކަމަށް ފާހަގަ ކުރެވެއެވެ.



ދުނިޔޭގެ އަންހެން ލީޑަރުންގެ ތެރޭގައި ހިމެނޭ ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މަރކެލް އާއި، ނިއުޒިލެންޑްގެ ރައީސާ ޖަސިންޑާ އަރދާން، ޑެންމާރކްގެ ރައީސާ މެޓް ފްރެޑްރިކްސަން، ތައިވާންގެ ރައީސާ ޓްސާއި އިންގް ވެން އަދި ފިންލެންޑްގެ ރައީސާ ސަނާ މެރިންވަނީ ކޯވިޑް-19 ފެތުރުން އެޤައުމުތަކުގައި ހުއްޓުވުމުގައި ހޯދި ކާމިޔާބީގެ ސަބަބުން ގިނަ މީޑިޔާތަކުގެ ފަލަ ސުރުހީއަށް އަރާފައެވެ. ނަމަވެސް މި ބޭކަނބަލުންނަށް އެކެޑެމިކްގެ ސަމާލުކަން ލިބިފައިވަނީ ވަރަށް ކުޑަކޮށް ކަމަށް މީޑިޔާ ރިޕޯރޓްތަކުން ހާމަވެއެވެ.



މިދިރާސާ ކުރި ފަރާތްތަކުން ބުނެފައިވަނީ އަންހެނުން ވެރިކަން ކުރާ ގައުމުތަކުގައި ކޯވިޑް-19 ގެ މިބަލިމަޑުކަމަށް ވަރަށް އަވަހަށް ފިޔަވަޅު އަޅާފައިވާކަމަށެވެ. މިކަމުގެ ސަބަބުން އިގްތިޞާދަށް ބޮޑެތި ގެއްލުން ތަކެއްވީ ނަމަވެސް އެގައުމުތަކުގައި ގިނައަދަދެއްގެ ރައްޔިތުންގެ ފުރާނަ ވަނީ ރައްކާތެރި ކުރެވިފައި ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން