ހުޅުމާލެއިން ބުރިޖަށް އަރަން ދާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މާލެއާއި ހުޅުމާލެ އާއި ގުޅުވައިދޭ ބުރިޖުގެ ހައިވޭގައި ދެ ސައިކަލް ޖެހި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހައިވޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާލިބުނު ދެމީހުންގެ ތެރެއިން އެކަކު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އަނެކަކު ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށްވެސް މިވަގުތު ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ. އަނިޔާ ލިބުނު މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
މި އެކްސިޑެންޓު ހިނގީ މިއަދު ހެދުނުގެ ވަގުތެއްގައެވެ. އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު