ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުމާލޭގައި ހަދަމުންދިޔަ ކޯވިޑް ފެސިލިޓީގެ މަސައްކަތް ބައްލަވާލައްވަނީ: މިތަނުގެ މައިގަނޑު މަސައްކަތްތައް ކުރީ އެމްއެންޑީއެފުން
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުމާލޭގައި ހަދަމުންދިޔަ ކޯވިޑް ފެސިލިޓީގެ މަސައްކަތް ބައްލަވާލައްވަނީ: މިތަނުގެ މައިގަނޑު މަސައްކަތްތައް ކުރީ އެމްއެންޑީއެފުން
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ލަފާދޭ މަޖިލީހާ މިއަދު ބައްދަލު ކުރަށްވައި ޝުކުރު އަދާކުރަށްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން އޮޑިޓަރ ޖެނެރަލް ނެރުއްވި އެމްއެންޑީއެފްގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި، އެ މުއައްސަސާއިން ޚަރަދު ކުރުމުގައި އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާކަމަށް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މިއަދު އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި ބައްދަލު ކުރަށްވައި ރައީސް ޞާލިޙް ވަނީ، ކޯވިޑް-19 އާއި ގުޅިގެން އެމްއެންޑީއެފް އިން ޚަރަދު ކޮށްފައިވަނީ ރަނގަޅަށްކަމަށް ވާތީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި، އެމްއެންޑީއެފްގެ އިސް ވެރިންނަށް ޝުކުރު އަދާކުރަށްވާފައެވެ.



އެމްއެންޑީއެފުން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން 5،242،102 ހަރަދުކޮށްފައިވާ ކަމަށާއި، އެ މުއައްސަސާއަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 17،049،230 ރުފިޔާ ކަމަށެވެ.

އަދި އެ މިނިސްޓްރީން މައިގަނޑު ގޮތުގައި ހަރަދުކޮށްފައިވަނީ ކޯވިޑް-19އާ ގުޅޭ އޮޕަރޭޝަންގައި ބޭނުންކުރި ކަނޑުއުޅަނދު ފަހަރަށް ތެޔޮ އެޅުމަށާއި އޮޕަރޭޝަންގައި ބައިވެރިވާ ސިފައިން ތިބި މަރުކަޒުތަކަށް ބޭނުންވާ ސަޕްލައިޒްއާއި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ އިތުުރުން ސިފައިން ތިބި މަރުކަޒުތަކަށް ހަރުމުދާ ހޯދުމަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެެެެެއެވެ. އެއިން ކޮންމެ ކަމަކަށް ކޮށްފައިވާ ހަރަދުތައް ވަކިވަކިން ހިމަނާފައިވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ އޮޕަރޭޝަންގައި ޑިފެންސް މިނިސްޓްރީން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުން އުފެއްދި އެންއީއޯސީގެ ޗެއާޕާސަންއަކަށް ހުންނެވީވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން