މައިންބަފައިންނަށް ޝުކުރުވެރިވުމުގެ ގޮތުން ކުރަންވީ ކަންތައް- ގޫގުލް އިމޭޖެސް
މައިންބަފައިންނަށް ޝުކުރުވެރިވުމުގެ ގޮތުން ކުރަންވީ ކަންތައް- ގޫގުލް އިމޭޖެސް
މައިންބަފައިންނަކީ އަޅުގަނޑުމެން މި ދުނިޔެއަށް ގެނެސް، އަޅުގަނޑުމެން ބަލާ ބޮޑުކޮށް ތަރުބިއްޔަތު ކުރުމަށްޓަކައި ގިނަގުނަ ގުރުބާނީތަކެއް ވެފައިވާ ބައެކެވެ. އެމީހުންނަކީ އެއްވެސް ޝަކުވާއެއް ނެތި، އަޅުގަނޑުމެންގެ ހުރިހާ ކަމެއްގައި މުޅި އުމުރު ދުވަހު އެހީވެދޭން ތިބޭ މީހުންވެސް މެއެވެ. އެހެންކަމުން މައިންބަފައިންނަށް ހައްގު ޝުކުރު އަދާކުރުމަކީ ކޮންމެ ދަރިއެއްގެވެސް ވާޖިބެކެވެ.

ތިރީގައި މި ހިމަނާލަނީ މައިންބަފައިންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.

މައިންބަފައިންނާއެކު ވަގުތު ހޭދަކުރުން

މައިންބަފައިންނަށް ޝުކުރިވެރިވުމުގެ ގޮތުން ކުރުން އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު އެއް ކަމަކީ އެމީހުންނާއެކު ވަގުތު ހޭދަކުރުމެވެ. ދިރިއުޅުމުގައި ކިތަންމެ ބިޒީވި ނަމަވެސް، މައިންބަފައިންގެ މަތިން ހަނދާން ނައްތާނުލާ، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެމީހުން ބައިވެރިކޮށް، އެމީހުންނާއެކު ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން ކަންތައް ކުރާނަމަ އެމީހުންގެ ބުރަ މަސައްކަތުގެ އަގު، އަޅުގަނޑުމެން ވަޒަން ކުރާކަން އެމީހުންނަށް އިހުސާސް ކުރެވޭނެއެވެ.

މައިންބަފައިންނަަށް އެހީތެރިވުން

މައިންބަފައިންނަކީ އަޅުގަނޑުމެން ތަރުބިއްޔަތު ކުރުމަށްޓަކައި ވަރަށް ގިނަ ގުރުބާނީތަކެއް ވެފައިވާ މީހުންނެވެ. އެހެންކަމުން މައިންބަފައިން އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުންވާ ހިނދު، އެއްވެސް ޝަކުވާއެއް ނެތި، އެމީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެން އެމީހުންގެ ގުރުބާނީތަކަށް ގަދަރު ކުރާކަމާއި، ޝުކުރުވެރިވާކަން މައިންބަފައިންނަށް އިހުސާސް ކުރެވޭނެއެވެ.

އަޅުގަނޑުމެންގެ އުފަލުގައި މައިންބަފައިން ބައިވެރިކުރުން

އަޅުގަނޑުމެންނަށްޓަކައި މައިންބަފައިން ވެދެއްވި ގުރުބާނީތަކުގެ އަގުވަޒަންކޮށް ޝުކުރުވެރިވާން ބޭނުން ނަމަ އަޅުގަނޑުމެންނަށް ލިބޭ ކޮންމެ އުފަލެއްގައި އެމީހުން ބައިވެރިކުރަން ޖެހެއެވެ. އެގޮތުން ދިރިއުޅުމުގައި ލިބޭ އެކި ކަހަލަ އުފާތައް އެމީހުންނާ ހިއްސާކޮށް، ވަޒީފާގައި ލިބޭ ކުރިއެރުންތައްވެސް އެމީހުންނާ ހިއްސާ ކުރަން ޖެހެއެވެ. އަދި އެމީހުންގެ މިންނެއް މަސައްކަތަށް ޝުކުރުވެރިވާކަން އަބަދުވެސް އެމީހުންނަށް އަންގަދޭން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން