ގަވާއިދާ ހިލާފުވުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައިވާ 500 އުޅަނދެއް ނައްތާލާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ ނައްތާލާފައި ވަނީ ދެ ފުރޮޅުލީ 247 އުޅަނދާއި، ހަތަރު ފުރޮޅުލީ 29 އުޅަނދާއި 223 ބައިސްކަލާއި އެމްބިއުލާންސެކެވެ.

މި އުޅަނދުތައް ނައްތާލާފައި ވަނީ މިމަހުގެ ހަވަނަ ދުވަހު ކަމަށް ފުލުހުން ބުނާއިރު މިއިން ބައެއް އުޅަނދުތައް މާލޭގައި ހުންނަ މޭރީބްރައުން ކައިރީގައި ހުންނަ ޓޯޔާޑުގައި ޓްރަކެއްގެ ތެރެއިން ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިއަދު ވަނީ އާންމު ވެފައެވެ.

މިއަދު މީސް މީޑިޔާގައި ދައުރުވާން ފެށި ވީޑިއޯއާއި ގުޅިގެން ފުލުހުން ބުނީ އެއީ ގަވާއިދާ ހިލާފުވެގެން ނައްތާލުމަށް ގެންދިޔަ ވެހިކަލްތައް ކަމަށެވެ. އަދި ދައުލަތުގެ މުއަސަސާތަކަށް ރައްޔިތުން ކުރާ އިތުބާރާއި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލޭފަދަ، ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން