ކުރީގައި ހުޅުމާލޭގައި ހިނގާފައިވާ އެކްސިޑެންޓެއް
ކުރީގައި ހުޅުމާލޭގައި ހިނގާފައިވާ އެކްސިޑެންޓެއް
ހައިވޭއިން ހުޅުމާލެއަށް އަރާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލޭ ހައިވޭ އިން އަރާތާ ކައިރީގައި ހުންނަ ވިލާ ޕެޓްރޯލްޝެޑް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް މިރޭ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައި ނުވެއެވެ.

މިއަދު ހިނގާދިޔަ އެކްސިޑެންޓްގައި ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިއަދު ހެނދުނު 6:50 އެހާކަންހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ވަނީ ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައި ކަން ފާހަގަ ކުރެވެއެވެ. އަދި އިއްޔެ ވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ވަނީ ނިޔާވެފައެވެ.

މާލޭ ސަރަހައްދުގައި އެކްސިޑެންޓްތައް ގިނަވެފައިވާއިރު، މިއަހަރުގެ މިހާތަނަށް 1900 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން