މަރްޔަމް ނަހްދާ ވަޙީދު   8 ސެޕްޓެމްބަރު 2024 - 0:9
ގޮހޮރުގެ މައްސަލަތަކުގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން ކަންކަމަށް ބުރޫ އަރާ- ގޫގުލް އިމޭޖެސް
ގޮހޮރުގެ މައްސަލަތަކުގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން ކަންކަމަށް ބުރޫ އަރާ- ގޫގުލް އިމޭޖެސް
އަޅުގަނޑުމެންގެ ގޮހޮރުގެ މައްސަލައެއް އުޅޭނަމަ އޭގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން މަސައްކަތްތަކަށްވެސް ބުރޫއަރާނެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށްވެސް ގެއްލުންވާނެއެވެ.

ތިރީގައި މި ހިމަނާލަނަނީ ގޮހޮރުގެ މައްސަލައެއް ހުންނަ ނަމަ ހަށިގަނޑަށް ދިމާވާ ބައެއް މައްސަލަތަކެވެ.

ބަނޑުގައި ވައި ހެދުން

ބަނޑުގައި އަބަދު ވައި ހެދިފައި ހުރުމަކީ އޭގެ ސަބަބުން މީހާއަށް ދުވަހުގެ ކަންތައްތަކާއިގެން ކުރިއަށް ދިއުމަށް އުނދަގޫވާ ކަމެކެވެ. މިއީ ގޮހޮރުގެ މައްސަލައެއް ހުންނަ ނަމަ އެންމެ އާންމުކޮށް އަޅުގަނޑުމެންނަށް ކުރިމަތިވާ އެއް މައްސަލައެވެ. ބަނޑުގައި ވައި ހެދުމުގެ ސަބަބުން ބަނޑު މާ ބޮޑަށް ފުއްޕާފައި ހުންނަ ނަމަ ޑޮކްޓަރަކަށް ދައްކައި އޭގެ ފަހަތުގައި ވާކަމެއް ބަލަން ޖެހެއެވެ.

ބަނޑުހަރުވުން

އަބަދު ބަނޑު ހަރުވެ، ބޮޑުކަމު ދިއުމަށް އުނދަގޫ ވެފައި ހުރުމަކީވެސް ގޮހޮރުގެ މައްސަލައެއް އުޅޭނަމަ ދިމާވާ ކަމެކެވެ. މިކަން މިހެން ވާނަަމަ އެއީ ގޮހޮރު އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރާ ކަމުގެ ނިޝާނެކެވެ. ބަނޑު ހަރުވުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ފައިބާ ނުލިބުމާއި، މީހާ މާބޮޑަށް ޑީހައިޑްރޭޓުވުން ހިމެނެއެވެ.

ބޭރަށް ހިނގުން



މާ ގިނައިން ބޭރަށް ހިންގުމަކީވެސް ގޮހޮރުގެ މައްސަލައެއް އުޅޭނަމަ ދިމާވާ މައްސަލައެކެވެ. މިކަން މިހެން ދިމާވަނީ ހަޖަމުގެ ނިޒާމުގައި އުޅޭ މައްސަލައެއްގެ ސަބަބުންނެވެ. އަބަދު ބޭރަށް ހިންގާނަމަ އޭގެ ސަބަބުން މީހާ ޑީހައިޑްރޭޓުވެ، ހަށިގަނޑުން އެތަކެއް ނިއުޓްރިއެންޓުތަކެއް ބޭރުވާ ގޮތްވެއެވެ. އެހެންކަމުން މި މައްސަލަ ދިމާވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހެއެވެ.

ބައެއް ކަހަލަ ކާއެއްޗެހި ނުކެވުން



ގޮހޮރުގެ މައްސަލައެއް ހުންނަ ނަމަ ބައެއް ކަހަލަ ކާއެއްޗެހި ކެއުމުން މީހާއަށް އުނދަގޫތަކެއް ވާނެއެވެ. އެގޮތުން ބައެެއް ކަހަލަ ކާއެއްޗެހި ކެއުމުން އެއަށް އެލާޖިކު ނުވިނަމަވެސް ބަނޑަށް އުނދަގޫތަކެއް ވާނެއެވެ. އަދި އޭގެ ސަބަބުން ބަނޑު ހަރުވުން ނުވަތަ ބޭރަށް ހިނަްގުން ފަދަ މައްސަލަތައް ދިމާވާމެއެވެ.

މަސްދަރު: ޓައިމްސް އޮފް އިންޑިއާ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން