ގިނަ ބަޔަކު އިންރިޒާރު ކުރަމުން އަންނަ ފިލްމު "ދޭ ދޭ ޕްޔާރު ދޭ 2" ގެ ބައެއް ޝޫޓުތައް މިމަހު ޕަންޖާބުގައި ކުރިއަށްދާނެ ކަމަށް ބޮލީވުޑު ހަންގާމާ އިން ވަނީ ރިޕޯޓުކޮށްފިއެވެ.
ޕަންޖާބުގައި ޝޫޓު ކުރެވޭ މަންޒަރުތަކުގައި ގިނައިން ފެންނާނީ އާއިލީ މަންޒަރު ތަކާއި، ޕަންޖާބުގެ ރީތިކަން ފެންނަ ބައެއް މަންޒަރުތައް ކަމަށް ރިޕޯޓުގައި ވެއެވެ. މި ފިލްމުގެ ބައެއް ޝޫޓުތައް މީގެ ކުރިން މުމްބާއީގައި ކުރިއަށް ގޮސްފައިވާއިރު، އަޖޭގެ ޝެޑިއުލު ހުރިގޮތުން އެ ޝޫޓުތައް މެދުކަނޑާލަން ޖެހުނީކަމަށް ރިޕޯޓުގައި ވެއެވެ.
އަންޝުލް ޝަރުމާ ޑައިރެކްޓު ކުރާ މި ފިލްމުގެ މުހިންމު ރޯލުތަކުން އަޖޭގެ އިތުރުން އާރް މަދަވަން އާއި ރަކުލް ޕްރީތު ފެންނާނެއެވެ. މި ފިލްމަކީ 2019 ގައި ނެރުނު ހިޓު ފިލްމު "ދޭ ދޭ ޕްޔާރު ދޭ" ގެ ސީކުއެލް އަކަށް ވުމުން، މި ފިލްމަކީވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާނެ ފިލްމެއް ކަމަށް ފިލްމުގެ އުފެއްދުންތެރިން ގަބޫލު ކުރެއެވެ.
"ދޭ ދޭ ޕްޔާރު ދޭ 2" ގެ އިތުރުން އަޖޭ ދަނީ "ސިންގަމް އެގެއިން" ގެ ޝޫޓުތައްވެސް ކުރަމުންނެވެ. މި ދެ ފިލްމަކީވެސް ސީކުއެލް ފިލްމުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު