ބޮލީވުޑްގެ މަޝްހޫރު ތަރި އާލިޔާ ބަޓް އާއެކު ފިލްމު "އަލްފާ" ޝޫޓު ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުުން ކަމަށް ބޮލީވުޑުގެ ތަރި ޝަރްވަރީ ވާގް ބުނެފިއެވެ.
ޝަރްވަރީ މިހެން ބުނެފައިވަނީ ޓީޓޫއޮންލައިން އަށް ދިން އިންޓަވިއުއެއްގައި އާލިޔާއާއެކު ފިލްމު އަލްފާގައި މަސައްކަތް ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެ ފިލްމުގައި މަސައްކަތް ކުރަން ލިބޭ ކޮންމެ ދުވަހަކީވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުން ކަހަލަ ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މި ފިލްމަކީ ވަރަށް ތަފާތު ފިލްމެއް ކަމަށާއި، މީގައި ކުޅެން ޖެހޭ ރޯލު އޭނާއަށް ވަރަށް ކަމުދާ ކަމަށެވެ. އަދި އަންހެން ދެ ލީޑާއެކު އުފައްދާ މި ފިލްމުގެ ލީޑު ރޯލު ކުޅުމުގެ ފުރުސަތު ލިބުމުން އެކަމާ ވަރަށް އުފާވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ޝިވް ރަވާލީ ޑައިރެކްޓު ކުރާ މި ފިލްމުގެ އެންޓެގޮނިސްޓެއްގެ ރޯލުން ފެންނާނީ ބޮބީ ޑިއޯލްއެވެ.
ޝަރްވަރީ އަކީ ބޮލީވުޑުގައި މިހާރު ވިދަމުން އަންނަ، އަދި އެތައް ބައެއްގެ ލޯބި ލިބެމުން އަންނަ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އޮގަސްޓު މަހު ނެރުނު ފިލްމު "ވެޑާ" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ފެނިފައިވަނީ ޖޯން އަބްރަހަމް އެވެ.

ކިޔުންތެރިންގެ ހިޔާލު