މަރްޔަމް ނަހްދާ ވަޙީދު   8 ސެޕްޓެމްބަރު 2024 - 0:39
ހޫނުފެނަކީ ކޮލެސްޓްރޮލް ދައްކޮށްދިނުމަށް އެހީވެދޭ- ގޫގުލް އިމޭޖެސް
ހޫނުފެނަކީ ކޮލެސްޓްރޮލް ދައްކޮށްދިނުމަށް އެހީވެދޭ- ގޫގުލް އިމޭޖެސް
ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ހަށިގަނޑުގައި ކޮލެސްޓުރޮލް ހުންނަ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ހަށިގަނޑުގައި ކޮލެސްޓްރޮލް ގިނަވުމުން ހިތުގެ ބަލިތަކާއި ހަކުރު ބަލި ފަދަ ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވާތީއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހޫނު ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޮލް އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީވެދެއެވެ. އެހެންކަމުން ތިރީގައި މި ހިމަނާލަނީ ހޫނު ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޮލް އެއް ވަރެއްގައި ހިފަހައްޓައިދޭ ބައެއް ގޮތްތަކެވެ.

ހަށިގަނޑުގައި ސަރުބީ ޖެހުން ހުއްޓުވައިދޭ

ހަށިގަނޑުގައި ކޮލެސްޓްރޮލް ގިނަވާ މައިގަނޑު ސަބަބަކީ ލޭނާރުތަކުގައި ސަރުބީ ހަރުލުމެވެ. ހޫނުފެން ބުއިމުން ހަށިގަނޑުގެ ލޭނާރުތަކުގައި ސަރުބީ ހަރުލުން ހުއްޓުވައިދީ، އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޮލް ލެވެލް ދަށްކޮށްދެއެވެ. އަދި ގަވާއިދުން ހޫނުފެން ބޯނަމަ ކޮލެސްޓްރޮލް އެއް ހަމައެއްގައި ހިފަހައްޓައިދީ ހަކުރު ބަލި ފަދަ ނުރައްކާތެރި ބަލިތަކުން މީހާ ރައްކާތެރިކޮށްދެއެވެ.

ހަށިގަނޑުގެ ލޭދައުރުވުން ރަނގަޅު ކޮށްދޭ

ހަށިގަނޑުގައި ފެން މަދުވާނަމަ ހަށިގަނޑުގައި ހުންނަ ލޭ އޮލަވެ އޭގެ ސަބަބުން ލޭދައުރުވުމަށް ބުރޫ އަރައެވެ. ނަމަވެސް ހޫނު ފެން ބޭނުން ކުރުމުން މީހާގެ ހަށިގަނޑުގައި ހުންނަ ލޭ ދިޔާވެ، ލޭދައުރުވާ ނިޒާމުގެ މަސައްކަތް ރަނގަޅުވެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅުވެ، ކޮލެސްޓްރޮލް ލެވެލް ދައްވެއެވެ.

ލޭނާރުތަކުގައި ނުރައްކާތެރި މާއްދާތައް ތާށިވުން ހުއްޓުވައިދޭ

ތެލުލާފައި ހުންނަ ކާއެއްޗެއްސަކީ އަޅުގަނޑުމެން ދިވެހިންނަށް ވަރަށް ކަމުދާ އެއްޗިއްސެވެ. މިފަދަ ކާއެއްޗެހި ކެއުމުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޮލް ލެވެލް އިތުރު ކޮށްދެއެވެ. ނަމަވެސް ހޫނުފެން ބުއިމުން މިފަދަ ކާއެއްޗެހީގައި ހުންނަ ނުރައްކާތެރި މާއްދާއެއް ކަމަށްވާ ޓްރައިގްލިސެރައިޑް ހަށިގަނޑުގެ ލޭނާރުތަކުގައި ތާށިވުން ހުއްޓުވައިދެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޮލް ލެވެލް އެއް ހަމައެއްގައި ހިފަހައްޓައިދެއެވެ.

މަސްދަރު: ނިއުސް18.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން