ބޮލީވުޑުގެ މަޝްހޫރު ތަރި އާލިޔާ ބަޓުގެ ފިލްމު "ޖިގުރާ" ގެ ޓްރެއިލާ ނެރެފިއެވެ.
ބޮލީވުޑު ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އާލިޔާގެ ކުރިއަށް އޮތް ފިލްމު "ޖިގުރާ" ގެ ޓްރެއިލާ އިއްޔެގެ ވަގުތެއްގައި ނެރެފައިވާ ކަމަށާއި، އެއިން އާލިޔާގެ ކެރެކްޓަރަކީ ވަރަށް ވަރުގަދަ ކެރެކްޓަރެއް ކަން އެނގޭ ކަމަށެވެ. މިއީ ގިނަ އެކްޝަން ސީކުއެންސް ތަކެއް ހިމެނޭ ފިލްމަކަށް ވީއިރު އާލިޔާ ވަނީ މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ބާސްކެޓު ކުޅޭންވެސް ދަސްކޮށްފައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ޓްރެއިލާ ނެރުމާއެކު އެތައް ބަޔަކު ވަނީ އާލިޔާ މީގައި ދައްކާ ހުނަރަށް ތައުރީފު ކޮށްފައެވެ.
https://youtu.be/pLPHQaumq4g?si=vG-rtxrjqK6peVcf
މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ރާޖީވް މެނަން ޑައިރެކްޓު ކުރާ މި ފިލްމުގެ ލީޑު ރޯލުން އާލިޔާއާއެކު ފެނިގެންދާނީ ވެދަންގް ރެއިނާއެވެ. އޭނާ މި ފިލްމުގައި އަދާކުރާނީ އާލިޔާގެ ކޮއްކޮގެ ރޯލެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 11ގައެވެ.

ކިޔުންތެރިންގެ ހިޔާލު