ދުނިޔޭ އެންމެ ކުޑަ ވެކިއުމް ކްލީނަރު އުފައްދައި އިންޑިއާގެ ޒުވާނަކު ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
23 އަހަރުގެ ކޮލެޖު ދަރިވަރެއް ކަމަށްވާ ޓަޕާލާ ނަޑަމުނީ ވޯލްޑް ރިކޯޑެއް ހޯދާފައިވަނީ ދުނިޔޭގެ އެންމެ ކުޑަ ވެކިއުމް ކްލީނަރު އުފައްދައިގެން ކަމަށް ނިއުސް18 އިން ވަނީ ރިޕޯޓު ކޮށްފައެވެ. މި ވެކިއުމް ކްލީނަރަކީ 0.25 އިންޗީގެ އެއްޗަކަށްވީއިރު، މިއީ ކުޑަވާއިނގިލި ވަރުގެ ވެކިއުމް ކްލީނަރެއް ކަމަށް ރިޕޯޓުގައި ވެއެވެ.
އޭނާ މި ވެކިއުމް ކްލީނަރު އުފައްދާފައިވަނީ ގަލަމަކާއި، ދަގަނޑު ކޮޅެއް ބޭނުން ކޮށްގެންނެވެ. އަދި އޭގެ ތެރޭގައި ކުޑަ ފަންކާއެއް ހަރުކޮށްފައިވާއިރު، އެ ފަންކާ ޖައްސަން ބޭނުން ކޮށްފައި ވަނީ 4 ވޮލްޓުގެ ވައިބްރޭޓުވާ ކަހަލަ މޯޓަރެކެވެ.
ޓަޕާލާ ވަނީ 2020 ގައިވެސް މި ލަގަބު ހޯދައި ވޯލްޑް ރިކޯޑެއް ހަދާފައެވެ. ނަމަވެސް 2022 ގައި އެހެން ފަރާތަކުން މި ރިކޯޑު މުގުރާލާފައިވާއިރު، ޓަޕާލާ އަނެއްކާވެސް މި ލަގަބު ހޯދާފައިވަނީ ވަރަށް މަސައްކަތް ކޮށްގެން ކަމަށް ގިނިސް ވޯލްޑް ރިކޯޑުން ރިޕޯޓު ކޮށްފައި ވެއެވެ.
މަސްދަރު: ނިއުސް18

ކިޔުންތެރިންގެ ހިޔާލު