އޯޓްސް ކެއުމުން މައްސަރު ކަންތަކުގެ ސަބަބުން ދިމާވާ ވޭން ލުއިވޭ- ގޫގުލް އިމޭޖެސް
އޯޓްސް ކެއުމުން މައްސަރު ކަންތަކުގެ ސަބަބުން ދިމާވާ ވޭން ލުއިވޭ- ގޫގުލް އިމޭޖެސް
މައްސަރު ކަންތައްތަކަކީ އަންހެނުންނަށް ދިމާވާ ކަމަކަށް ވާއިރު، މިކަމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް މީހާއަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އަދި މައްސަރު ރިހުންތަކުގެ ގަދަމިނާއި މުއްދަތު އެކި މީހުންނަށް ތަފާތުވާއިރު، މިކަމުގެ ސަބަބުން އެކި މީހުންނަށް އެކި ގޮތްގޮތަށް އަސަރުކުރެއެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ދިރިއުޅުމުގެ އެކި ކަންތައްތައް ކުރުމަށް އުނދަގޫވާ ފަހަރުވެސް އާދެއެވެ.

މިފަހަރު މި ހިމަނާލަނީ މައްސަރު ދުވަސްވަރު ގިނަ މީހުން އެ ބަރުދާސްތުކުރާ ތަދުން ލުޔެއް ހޯދަން ބޭނުންވާނަމަ ކައިބޮއި ހަދަންވީ ބައެއް އެއްޗެއްސެވެ.

ލުނބޯ ފަނި

ލުނބޯ ފަންޏަކީ މައްސަރު ކަންތަކުގެ ސަބަބުން މީހާގެ ހަށިގަނޑުގައި އަޅާ ވޭން ލުއި ކުރުމަށް އެހީވެދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު ލުނބޯ ފަނި ބުއިމުން މީހާގެ ހަށިގަނޑަށް ގިނަ އަދަދަކަށް ވިޓަމިން ސީ އެތެރެ ވާނެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑަށް ދަގަނޑާއި އެނޫންވެސް ބޭނުންތެރި މިނަރަލްތައް އެތެރެ ކުރުމަށް އެހީވެދޭ އެއްޗެއްކަމުން ގަވާއިދުން ލުނބޯ ފަނި ބުއިމުން ހަށިގަނޑުގައި އަޅާ ވޭން ލުއިވާނެއެވެ.

އޯޓްސް

އޯޓްސް ކެއުމުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބޭއިރު، މިކެއުމުން މައްސަރު ކަންތަކުގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން ވެސް ލުއިކޮށްދެއެވެ. މި ކެއުމުން ހަށިގަނޑަށް ގިނަ އަދަދަކަށް ފައިބަރާއި މުހިންމު އެތައް ނިއުޓްރިއެންޓުތަކެއް ލިބެއެވެ. އޭގެ ތެރޭގައި ވިޓަމިން ބީ1 އާއި ޒިންކާއި މެގްނީޒިއަމް ފަދަ މާއްދާތައް ހިމެނެއެވެ. މި މާއްދާތަކަކީ މައްސަރު ކަންތަކުގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން ލުއިކުރުމަށް އެހީވެދޭ މާއްދާތަކެވެ.

ކަދުރު

ކަދުރަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވުގެންވާ މޭވާއެކެވެ. މިއީ ގިނަ އަދަދަކަށް ފައިބަރާއި މެގްނީޒިއަމް ހިމެނޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން މައްސަރު ކަންތަކުގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން ލުއިކޮށްދެއެވެ. މީގެ އިތުރުން ކަދުރަކީ އެންޓި އިންފްލެމޭޓަރީ ޕްރޮަޕަޓީތަކެއް އެކުލެވުގެންވާ އެއްޗެއް ކަމުން މި ކެއުމުން ދުޅަވުން ކުޑަކޮށްދީ މީހާގެ ހަށިގަނޑުގައި އަޅާ ވޭން ވެސް ދަށްކޮށްދެއެވެ.

މަސްދަރު: ހިންދުސްތާނީ ޓައިމްސް، ޒޯއީ.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން