ބޮލީވުޑުގެ މަޝްހޫރު ތަރި ރިތިކުގެ ކުރިއަށް އޮތް ފިލްމު "ވާ 2" ގެ ބައެއް މަންޒަރުތައް އިޓަލީގައި ޝޫޓު ކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މިޑްޑޭ ގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ހިންދީ ފިލްމު "ވާ 2" ގެ ބައެއް މަންޒަރުތައް އިޓަލީގައި ޝޫޓު ކުރަން ފިލްމުގެ ޑައިރެކްޓަރު އާޔަން މުކަރްޖީ ނިންމާފައިވާ ކަމަށެވެ. އެގޮތުން އިޓަލީގައި ޝޫޓު ކުރުމަށް ހަމަޖެހިފައިވަނީ ރިތިކު އާއި ކިއާރާ އަދްވާނީ ގެ ލޯބީގެ ލަވައެއްގެ މަންޒަރުތަކާއި، އަދި ލޯބީގެ އެހެނިހެން މަންޒަރުތަކެއް ކަމަށް ރިޕޯޓުގައި ވެއެވެ.
އަދި މި މަންޒަރުތައް އިޓަލީގެ މަޝްހޫރު ހިސާބުތަކުގައި ކުރެވޭނެ ކަމަށް ރިޕޯޓުގައި ވެއެވެ. އޭގެ ތެރޭގައި ވެނިސް އާއި ލޭކް ކޮމޯ ފަދަ ތަންތަން ހިމެނެއެވެ.
މީގެ އިތުރުން މީގެ ކުރީގައި ފިލްމުތަކުން ފެނިފައިނުވާ ބައެއް ތަންތަނުގައިވެސް ބައެއް މަންޒަރުތައް ވީޑިއޯ ކުރާނެ ކަމަށް ރިޕޯޓުގައި ވެއެވެ. މި ޝޫޓުތައް ކުރެވޭނީ 15 ދުވަހަށް ބަހައިލައިގެން ކަމަށާއި، މި މަންޒަރުތައް ޝޫޓު ކުރަން ފަށާނީ މިމަހުގެ 18 ގައި ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ވާ 2" އަކީ އަދިތިޔާ ޗޯޕްރާގެ ވައިއާރްއެފް ސްޕައި ޔުނިވާސްގެ ހަވަނަ ފިލްމެވެ. މި ފިލްމަކީ ޖޫނިއާ އެންޓީއާރު ހިންދީ ސިނަމާއަށް ތައާރަފްވާ ފިލްމު ކަމަށްވެސް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު