ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ކުޅުދުއްފުށީ ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހުސެއިނެވެ.

އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ޙަވާލާދީ މީޑީއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ކުޅުދުއްފުށީ ފަޅުތެރެއިން ޚަބަރު ހުސްވެފައިވާ އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެޙާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން