ޓެލެގްރާމް ޗެނަލްތަކުގައި ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ދައުރުކުރަމުންދަނިކޮށް ހައްޔަރު ކުރި ދިވެހީން ކުޑަކުދިންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ހިމެނޭ 43 ޗެނަލް ހިންގި ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ޓެލެގްރާމް މެދުވެރިކޮށް އެތައް ސަތޭކަ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯ ބޭނުންކޮށް މާލީ މަންފާ ހޯދަމުންގެންދިޔަ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް ޗެނަލްތަކަށް ލާފައި ހުރީ އެކުދިންގެ ވަނަވަރުވެސް އެނގޭ ގޮތަށް ކަމަށެވެ.

ފުލުހުންގެ ހެޑް އޮފް އިންވެސްޓިގޭޝަން އިންސްޕެކްޓަރ އަޒީފް އައްބާސް ވިދާޅުވީ، އެންމެ ހިތާމަވެރި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް އެޗެނަލްގައި ވާތީ ކަމަށާއި އެކުދިންގެ ވަނަވަރު އެނގޭ ގޮތަށް އެތަކެތި ޕޯސްޓުކޮށްފައި ހުރުމުން ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ވަނީ ހައްޔަރު ކުރި އެންމެންގެ ވަނަވަރުވެސް ހާމަކޮށްފައެވެ. ފުލުހުން މިއަދު ބުނީ މި ތިން މީހުންގެ ފޯނުތައްވެސް ބަލައި ތަހުގީގުކުރުމުން އެމީހުން އެތައް ބަޔަކަށް ބިރު ދައްކާފައިވާކަން ހާމަވެފައިވާ ކަމަށެވެ.

އިނިޝިއަލް ސްޓޭޖުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މި ޗެނަލްގައި 535 ސަބްސްކްރައިބަރސްގެ އިތުރުން ބަރަހަނާ މަންޒަރު ދައްކުވައިދޭ 350 ފޮޓޯ އާއި 2400 ވީޑިޔޯ މި ޗެނަލްގައި ޕޯސްޓުކޮށްފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ތަހުޤީގުން." އަޒީފް ވިދާޅުވިއެވެ.

މި ތަހުގީގުން ފާހަގަކުރެވުނު ގޮތުގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ 86618 ވީޑިއޯ އާއި 241651 ފޮޓޯ ހުރި އިރު 34680 މީހުން ވަނީ މި ޗެނަލްތައް ސަބްސްކްރައިބް ކޮށްފައެވެ. އަދި ސަބްސްކްރައިބްކުރި ފަރާތްތަކުން ވަނީ މި މަންޒަރުތައް ބެލުމަށް ދެ މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް (29އ)އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން