މަރްޔަމް ނަހްދާ ވަޙީދު   13 ސެޕްޓެމްބަރު 2024 - 0:37
ގައިން ނުބައި ވަސް ދުވަނީ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށްވެސް ވެދާނެ- ގޫގުލް އިމޭޖެސް
ގައިން ނުބައި ވަސް ދުވަނީ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށްވެސް ވެދާނެ- ގޫގުލް އިމޭޖެސް
ގައިން ނުބައި ވަސް ދުވުމަކީ ހަމަ އެކަނި މީހާގެ ފަރުވާ ކުޑަ ކަމުން ނުވަތަ ސާފުތާހިރު ނުވުމުން ދިމާވާ ކަމެއް ނޫނެވެ. ބައެއް ހާލަތްތަކުގައި ކިތައްމެ ގިނައިން ފެންވެރިޔަސް މީހާގެ ހަށިގަނޑުން ނުބައި ވަސް ނުފިލާ ފަހަރުވެސް އާދެއެވެ. މިކަން މިހެން ވަނީ މިކަމުގެ ފަހަތުގައި ސިއްހީ ކޮންމެވެސް މައްސަލައެއް އުޅޭތީ ކަމަށްވެސް ވެދާނެއެވެ.

އެގޮތުން ބަލާއިރު ހައިޕާހައިޑްރޯސިސް ހުންނަ ނަމަ ކިތައްމެ ވަރަކަށް ފެން ވަރައި ތާހިރުވިޔަސް އެމީހުންގެ ގައިން ނުބައި ވަސް ދުވާފާނެއެވެ. މިކަން މިހެން ވަނީ މި ބަލީގެ ސަބަބުން އެމީހުންގެ ގައިން ދާހިއްލާވަރު ގިނަ ވާތީއެވެ. އެހެންކަމުން މިފަހަރު މި ބަލާލަނީ އަބަދު ގައިން ނުބައި ވަސް ދުވާނަމަ އެކަން ހައްލު ކުރުމަށް ކުރަންވީ ބައެއް ކަންކަމެވެ.

ފެންވެރުން

އެންމެ ފަސޭހައިން ގައިން ނުބައިވަސް ފިލާނީ ފެންވެރުމުންނެވެ. ފެންވެރުމުން މީހާގެ ހަންގަނޑުގައި ހުންނަ ޖަރާސީމުތައް ފެނާއެކު ދޮވެވޭނެއެވެ. އެހެންކަމުން ކަސްރަތު ކުރުން ނުވަތަ މީހާގެ ގައިން ދާހިއްލާ ފަދަ ކަމެއް ކުރުމަށްފަހު ފެންވެރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިހެން ހެދުމުން ގައިން ނުބައިވަސް ދުވާވަރު ކުޑަވާނެއެވެ.

ޑިއޯޑްރެންޓު ބޭނުން ކުރުން



ފެންވެރުމަށްފަހު ޑިއޯޑްރެންޓު ބޭނުން ކުރުމުންވެސް ގައިން ނުބައި ވަސް ދުވުން ހުއްޓޭނެއެވެ. ޑިއޯޑްރެންޓަކީ އެލުމީނިއަމް ހިމެނޭ މާއްދާތަކަކުން އުފައްދާފައިވާ އެއްޗަކަށް ވުމުން މި ބޭނުން ކުރުމުން ހަށިގަނޑުން ދާހިއްލާ މިންވަރު މަދު ކޮށްދޭނެއެވެ. މީގެ އިތުރުން މިއީ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކުރާ އެއްޗަކަށް ވުމުން މި ބޭނުން ކުރުމުން ގައިން ނުބައި ވަސް ދުވުން ހުއްޓޭނެއެވެ.

ހެދުން އަޅާ ގޮތް ބަދަލު ކުރުން

ގައިގައި ނުބައި ވަސް ދުވާ ނަމަ އާންމުކޮށް ހެދުން އަަޅާގޮތް ބަދަލު ކުރުމުންވެސް ގައިން ނުބައި ވަސް ދުވުން ހުއްޓުވޭނެއެވެ. އެގޮތުން ކޮޓޮން، ސިލްކު ނުވަތަ ވޫލް އިން ހަދާފައި ހުންނަ ގަޔަށް ދޫ ހެދުން ލާނަމަ ގައިން ދާހިއްލާ ވަރު ކުޑަވާނެއެވެ. އަދި އޭގެ ސަބަބުން ގައިން ނުބައިވަސް ދުވުން ވެސް ހުއްޓޭނެއެވެ. ހަމަ އެހެންމެ ގަވާއިދުން ހެދުން ދޮންނަ ނަމަވެސް އޭގައި ހުންނަ ޖަރާސީމުތައް މަރުވެ ގައިން ނުބައިވަސް ދުވުން ހުއްޓުވޭނެއެވެ.

މަސްދަރު: ހެލްތު.ހާވާޑު.އެޑިއު



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން