ބޮލީވުޑްގެ ތަރި އިޝާ ޑިއޯލް- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި އިޝާ ޑިއޯލް- ގޫގުލް އިމޭޖެސް
ހަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ އެހެން މީހުންނަށް ނަޒަރު ހިންގައި ބަލާނަމަ އެއީ ބޮޑު "ރެޑް ފްލެގް" އެއް ކަމަށް ބޮލީވުޑިގެ ތަރި އިޝާ ޑިއޯލް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލޯބިވެރިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ ހަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާގެ ފަރާތުން ފެންނާނެ އެންމެ ބޮޑު "ރެޑް ފްލެގް" އަކީ ބައިވެރިޔާ ކައިރީގައި ހުއްޓާވެސް އެހެން މީހުންނަށް ނަޒަރު ހިންގައި ބެލުން ކަމަށެވެ.

އަދި މިއީ ވަރަށް ގިނަ މީހުންގެ ފަރާތުން ފެންނަ ކަމެއް ކަމަށާއި ކައިރީގައި ރީތި ބައިވެރިއެއް ބަހައްޓައިގެން ހުރެ އެހެން މީހުންނަށް ނަޒަރު ހިންގައި ބެލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މިފަދަ މީހުންނާ ވީހާވެސް އަވަހަށް ދުރުވާން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިޝާ ޑިއޯލް އަކީ ބޮލީވުޑުގެ ކުޅަދާނަ ތަރިއަކަށްވީއިރު، އޭނާވަނީ ދާދި ފަހުން އޭނާގެ ފިރިމީހާ ބަރަތު ތަކާނީ އާއި ވަކިވެފައެވެ. އޭނާއާއި ބަރަތު 2012 ގައި ކައިވެނި ކޮށްފައިވާއިރު ވަރިވެފައިވަނީ 10 އަހަރު އެކުގައި އުޅުމަށްފަހުގައެވެ. އަދި އެމީހުންގެ ކައިވެންޏަށް ދެ އަންހެން ދަރިން ލިބިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން