ހޮލީވުޑު އަދި ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އޭނާގެ އާއިލާއާއެކު މިހާރު ޗުއްޓީ ހޭދަކުރަމުން ދަނީ ފްރާންސް ގައި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑު ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ޕްރިޔަންކާ އާއި ނިކް އެމީހުންގެ ބިޒީ ޝެޑިއުލްތަކުން ދުވަސްތަކެއް ހުސްކުރުމަށްފަހު މިހާރު ޗުއްޓީ ހޭދަކުރަމުން ދަނީ ފްރާންސްގައި ކަމަށެވެ. އަދި މި ދަތުރުގެ އެކި ފޮޓޯތައް ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
އެގޮތުން ޕްރިޔަންކާ ވަނީ އޭނާގެ އަމިއްލަ ފޮޓޯ ތަކަކާއި، ފިރިމީހާ ނިކް އާއެކު ނަގާފައިވާ ފޮޓޯތަކެއްގެ އިތުރުން އޭނާގެ ދަރިފުޅު މާލްތީ އާއެކު ނަގާފައިވާ ވީޑިއޯއެއްވެސް ހިއްސާ ކޮށްފައެވެ. މި ފޮޓޯތަކަށް ފޭނުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު ނިކް ވެސް މި ދަތުރުގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާކަމަށް ރިޕޯޓުގައި ވެއެވެ.
ޕްރިޔަންކާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ ލޯބި ލިބެމުން އަންނަ ކުޅަދާނަ ތަރިއެކެވެ. އޭނާ މިފަހަރު ޗުއްޓީ ހޭދަކުރަން ގޮސްފައިވަނީ އޭނާގެ ފިލްމު "ދަ ބްލަފް" ގެ ޝޫޓިން ނިމުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު