ބޮލީވުޑޫގެ ތަރިން ތުރިޕްތީ ދިމްރީ އާއި ކާރްތިކު އާރިޔަން- ގޫގުލް އިމޭޖެސް
ބޮލީވުޑޫގެ ތަރިން ތުރިޕްތީ ދިމްރީ އާއި ކާރްތިކު އާރިޔަން- ގޫގުލް އިމޭޖެސް
ލޯބީގެ ފިލްމަކުން އަނެއްކާވެސް ބޮލީވުޑުގައި ވިދަމުން އަންނަ ތުރިޕްތީ ދިމްރީ އާއި ކާރްތިކު އާރިޔަން ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އަނުރާގް ބާސޫ ގެ ކުރިއަށް އޮތް ލޯބީގެ ފިލްމުގައި ލީޑު ރޯލުން ތުރިޕްތީ އާއި ކާރްތިކު ފެންނާނެ ކަމަށާއި މި ފިލްމުގެ ޝޫޓުތައް މިމަހުގެ 24 ގައި ފެށޭނެ ކަމަށެވެ. މި ފިލްމަށް އަދި ނަމެއް ދީފައި ނުވީނަމަވެސް މިއީ ލޯބީގެ މިއުޒިކަލް ފިލްމެއް ކަމަށް ރިޕޯޓުގައި ވެއެވެ.

މިއީ މިއުޒިކަލް ފިލްމެއް ކަމުން މި ފިލްމުގައި ވަރަށް ގިނަ ލޯބީގެ ލަވަތައް ހިމެނޭއިރު މި ފިލްމުގެ ލަވަތައް އުފައްދާނީ މަޝްހޫރު މިއުޒިކު އުފެއްދުންތެރިޔާ ޕްރީތަމް ކަމަށް ރިޕޯޓުގައި ވެއެވެ. އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޝޫޓު ކުރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމު ނެރޭނީ އަންނަ އަހަރުގެ ފަހު ކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން