މިއަހަރުގެ ޑިސެމްބަރުގައި ޑޮކިއުމެންޓްރީ ފިލްމެއް ކަމަށްވާ "ދަ ރޯޝަންސް" ނެޓްފްލިކްސް އިން ނެރޭނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑު ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ބޮލީވުޑަށް އެކި ގޮތްގޮތަށް ހިދުމަތް ކޮށްދީފައިވާ މަޝްހޫރު ރޯޝަން އާއިލާގެ ތަރިންނަށް ބިނާކޮށް ހަދާ ޑޮކިއުމެންޓްރީ ފިލްމު "ދަ ރޯޝަންސް" މިއަހަރުގެ ޑިސެމްބަރު ގައި ނެރޭނެ ކަމަށެވެ. އަދި މި ޑޮކިއުމެންޓްރީ ނެރޭނެ ދުވަހެއް ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރާނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ޑިސެމްބަރުގައި މި ޑޮކިއުމެންޓްރީ ނެރުމަށް ނިންމާފައިވާ ސަބަބުވެސް ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީގައި ރިތިކު ރޯޝަން ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 25 އަހަރު ފުރޭ ކަމަށާއި، އަދި ރާކޭޝް ރޯޝަން ޑައިރެކްޓު ކުރި ފިލްމު "ކަރަން އަރުޖުން" ނެރުނުތާ 30 އަހަރުވެސް ފުރޭނެ ކަމަށް ރިޕޯޓުގައި ވެއެވެ. އެހެންކަމުން ޑިސެމްބަރުގައި މި ޑޮކިއުމެންޓްރީ ނެރެނީ މިކަންކަން ފާހަގަ ކުރާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭތީއެވެ.
ޝާޝީ ރަންޖަން ޑައިރެކްޓު ކުރާ މި ޑޮކިއުމްންޓްރީގެ މަސައްކަތް ފަށާފައިވަނީ 2023 ގައެވެ. މި ޑޮކިއުމެންޓްރީގައި ރޯޝަން އާއިލާ ގެ ތަރިންގެ އިތުރުން ޝާހު ރުކް ޚާން އާއި ޕްރިޔަންކާ ޗޯޕްރާ އަދި މަޝްހޫރު ޑައިރެކްޓަރު ޝާމް ކޯޝަލް ފަދަ މީހުންގެ މަސައްކަތްތައްވެސް ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު