މަރްޔަމް ނަހްދާ ވަޙީދު   17 ސެޕްޓެމްބަރު 2024 - 0:26
ހިކެން ބޭނުންނަމަ ޕޭސްޓްރީ އާއި ކޭކު ކެއުން ހުއްޓާލާ- ގޫގުލް އިމޭޖެސް
ހިކެން ބޭނުންނަމަ ޕޭސްޓްރީ އާއި ކޭކު ކެއުން ހުއްޓާލާ- ގޫގުލް އިމޭޖެސް
މީހާ މާ ބޮޑަށް ފަލަވެ ބަރުދަން އިތުރުވުމަކީ އޭގެ ސަބަބުން އެމީހަކަށް އެކިކަހަލަ އުނދަގޫތައް ކުރިމަތި ކުރުވާ ކަމެކެވެ. މާ ބޮޑަށް ފަލަ ވުމުގެ ސަބަބުން އެކިކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވާއިރު، މިކަމުގެ ސަބަބުން މީހާގެ ހަށިގަނޑު މާ ބޮޑަށް ލޮޑުވެ، އޭގެ ސަބަބުން މަސައްކަތްތައް ކުރުމަށްވެސް އުނދަގޫވެއެވެ.

މިފަދަ މައްސަލަތަކާ ދުރުވެ ރަނގަޅު ބަރުދަނެއްގައި ހުރުމަށް އެކިކަހަކަ ޑައިޓުތައް ކޮށް، ތަފާތު އެކި ކަހަލަ ބޭސް ބޭނުން ކުރާމީހުންވެސް މަދެއް ނޫނެވެ. ނަމަވެސް އެންމެ ފަސޭހަކަމާއެކު ބަރުދަން ލުއިކޮށް ލޫޅާފަރި ވެވޭނީ ކެއުމަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ހިކެން ބޭނުން ނަމަ ކެއުން ހުއްޓާލަން ޖެހޭ ބައެއް އެއްޗިއްސެވެ.

ސޮފްޓް ޑްރިންކް

ހިކެން ބޭނުން ނަމަ ކޯކާއި ސްޕްރައިޓް އަދި އެނަރޖީ ޑްރިންކް ފަދަ ސޮފްޓް ޑްރިންކްތައް ބުއިން ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ބުއިންތައް ތައްޔާރު ކޮށްފައި ހުންނަނީ ވަރަށް ގިނަ އަދަދަކަށް ހަކުރު އަޅާފައި ކަމުން، މިއީ ވަރަށް ކެލޮރީތައް ގިނަ ބުއިންތަކެވެ. އެހެންކަމުން މި އެއްޗެހި ބޯނަމަ މީހާގެ ބަރުދަން އިތުރުވެ، ބަނޑުގައި ވައި ހެދޭވަރު ގިނަވެއެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންވާނަމަ މި އެއްޗެހި ބޭނުން ކުރުން ހުއްޓާލައި، ކަރު ހިއްކުން ފިލުވުމަށް އެހެން ގޮތެއް ހިޔާރު ކުރަން ޖެހެއެވެ.

ޕާން

ޕާން ނުވަތަ ބަނަސް ފަދަ އެއްޗިއްސަކީ އޭގައި ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވާ އެއްޗިއްސެވެ. މީގައި ހަށިގަނޑަށް ބޭނުންވާ މާއްދާތަކެއް ކަމަށްވާ ޕްރޮޓީން އާއި ފައިބަރު ފަދަ ނިއުޔްރިއެންޓުތައް ނެތުމުން، ވަރަށް ގިނައިން ބޭނުން ކޮށްގެން ނޫނީ ބަނޑު ނުފުރެއެވެ. އަދި އޭގެ ސަބަބުން މި ކެއުމުން ވަރަށް ހަލުވި ކަމާއެކު ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެއެވެ. އެހެންކަމުން ހިކެން ބޭނުންނަމަ ޕާން ނުވަތަ ބަނަސް ފަދަ ތަކެތި ކެއުން ހުއްޓާލުމަކީ ވަރަށް މުހިންމު ކެމެކެވެ.

ޗޮކްލެޓު ބާރ

އެކިކަހަލަ ޗޮކުލެޓު ނުވަތަ ކޭންޑީ ބާރތަކަކީ އޭގައި ގިނަ އަދަދަކަށް ހަކުރާއި، އެކިކަހަލަ ތެޔޮ އެކުލެވުފައިވާ އެއްޗިއްސެވެ. އަދި މިއީ ނިއުޓްތިއެންޓްތައް މަދުވެފައި ކެލޮރީތައް ވަރަށް ގިނަ އެއްޗިއްސެވެ. އެހެންކަމުން ހިކެން ބޭނުން ނަމަ މިފަދަ އެއްޗިސް ކެއުން ހުއްޓާލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މިފަދަ އެއްޗިސް ކާނަމަ މީހާގެ ހަށިގަނޑަށް އެތެރެވާ ކެލޮރީތައް ގިނަވެ، އޭގެ ސަބަބުން ބަރުދަން ލުއިކުރުމަށް އުނދަގޫވާނެތީއެވެ.

ޕޭސްޓްރީ

ޕޭސްޓްރީ އަދި ކޭކު ފަދަ އެއްޗިއްސަކީ އަޅުގަނޑުމެންގެ ތެރޭގައި ގިނަ މީހުންނަށް ކަމުދާ އެއްޗިއްސެވެ. ނަމަވެސް މިއީ ގިނަ އަދަދަކަށް ހަކުރާއި ކެލޮރީތަައް އެކުލެވުގެންވާ އެއްޗިއްސެވެ. އެހެންކަމުން ބަރުދަން ލުއިކޮށް، ހިކެން ބޭނުންވާނަމަ މި އެއްޗެހި ކެއުން މަދުކޮށް ހުއްޓާލަން ޖެހެއެވެ.

މަސްދަރު: ހެލްތުލައިން.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން