މަރްޔަމް ނަހްދާ ވަޙީދު   19 ސެޕްޓެމްބަރު 2024 - 0:35
ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންނަމަ ކެއިން ބުައިމުގެ އާދަތައް ބަދަލު ކުރަން ޖެހޭ- ގޫގުލް އިމޭޖެސް
ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންނަމަ ކެއިން ބުައިމުގެ އާދަތައް ބަދަލު ކުރަން ޖެހޭ- ގޫގުލް އިމޭޖެސް
ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި އަޅުގަނޑުމެންގެ ގިނަ ވަގުތުތައް ހޭދަކުރަނީ އެކިކަހަލަ ސްކްރީން ތަކަށް ބެލުމުގައެވެ. ސްކްރީނުން ދޫކުރާ ބްލޫ ލައިޓަކީ އޭގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުތަކެއް ކުރާ އެއްޗެކެވެ. ލޮލުގެ ފެނުން ރަނގަޅު ކުރުމަށްޓަކައި މީހުން އެކިކަންތައް ކުރެއެވެ. އެގޮތުން އައިނު އެޅުމާއި، ލެންސް ލެއްވުމާއި، ސާޖަރީތައް ކުރުމުގެ އިތުރުން ކެއުމަށްވެސް ބޮޑެތި ބަދަލްތައް ގެންނަ ކަން ފާހަަގަ ކުރެވެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންނަމަ ބޯންވީ ބައެއް ބާވަތްތަކާ ބެހޭ މައުލޫމާތެވެ.

ލުނބޯ ފެން

ލުނބޯ ފެނަކީ ލޮލަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލު ކުރުމަށް އެހީވެދޭ އެއްޗެކެވެ. ލުނބޮއަކީ އޭގައި ލިއުޓިން އާއި، ޒިއެކްސެންތިން އާއި ވިޓަމިން ސީ އެކުލެވިގެންވާ ބާވަތެއް ކަމުން ލުނބޯ ފެން ބުއިމުން ކެޓެރެކްޓުން މީހާގެ ލޯ ސަލާމަތްކޮށްދީ، ލޯ ދުޅަވުން ހުއްޓުވައިދެއެވެ. އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ ފެނުން ދައްވުންވެސް ހުއްޓުވައިދީ ލޯ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް އެހީވެދެއެވެ.

ފެން

ފެނަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗަކަށްވާއިރު، މިއީ ލޮލުގެ ފެނުން ރަނގަޅު ކުރުމަށްވެސް ކޮންމެހެން ބޭނުންވާ ބާވަތެކެވެ. ފެން ބުއިމުން ލޮލުގެ ކަރުނަ ހިކުން ހުއްޓުވައިދީ ލޮލުގައި ލޭ ދައުރުވާ ގޮތް ރަނގަޅު ކޮށްދެއެވެ. އަދި އެކަމުގެ ސަބަބުން ލޮލަށް ދިމާވާ މައްސަލަތައް ހައްލުވެ ލޮކުގެ ފެނުން ރަނގަޅު ވެއެވެ.

ކެރެޓު ޖޫސް

ކެރެޓަކީ ގިނަ އަދަދަކަށް ބީޓާ ކެރޮޓީން އެކުލެވިގެންވާ އެއްޗެއްކަމުން ކެރެޓު ޖޫސް ބުއިމުން ލޮލުގައި ކެޓެރެކްޓު ނެގުން ހުއްޓުވައިދީ ލޮލަށް ދިމާވާ އެހެނިހެން މައްސަލަތައްވެސް ރަނގަޅު ކޮށްދެއެވެ. މީގެ އިތުރުން އުމުރުން ދުވަސްވުމުން ލޮކަށް ދިމާވާ އެކި މައްސަލަތަކުން މީހާގެ ލޯ ރައްކާތެރި ކޮށްދީ، އިރުގެ ނުރައްކާތެރި ދޯދިތަކުންވެސް މީހާގެ ލޯ ރައްކާތެރި ކޮށްދެއެވެ. ވީމާ ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންނަމަ ކެރެޓު ޖޫސް ބޭނުން ކުރަން ޖެހެއެވެ.

އޮރެންޖު ޖޫސް

އޮރެންޖު ޖޫހަކީ އޭގައި ގިނަ އަދަދަކަށް ފްލެވެނޮއިޑު އެކުލެވުގެންވާ އެއްޗެކެވެ. ފްލެވެނޮއިޑަކީ ހަށިގަނޑު ދުޅަވުން ކުޑަކޮށްދޭ އަދި އެކިކަހަލަ އިންފެކްޝަންތަކުން މީހާ ރައްކާތެރި ކޮށްދީ މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީވެދޭ މާއްދާއެކެވެ. އެހެންކަމުން އޮރެންޖު ޖޫސް ބުއިމަކީވެސް ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ކަމެއެވެ.

މަސްދަރު: ލައިވްމިންޓު.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން