ދުނިޔޭގެ ނިސްބަތުން ބަލާއިރު ހިތުގެ އެކި ކަހަލަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ރާއްޖޭގަައިވެސް ހިތުގެ ބަލި ޖެހިފައިވާ މީހުން މަދެއް ނޫނެވެ. އަދި މި ބަލިތަކުގެ ސަބަބުން ސްޓްރޯކް ޖެހި ސިއްހީ އެހެނިހެން މައްސަލަތައް ދިމާވާ މީހުންވެސް މަދެއް ނޫނެވެ.
ހިތުގެ ބަލިތަކުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެހި ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކާއެއްޗެހި ތަައްޔާރު ކުރުމުގައިވެސް މިކަމަށް ސަމާލުކަން ދީ ފައިދާހުރި މާއްދާތައް ހިމަނަން ޖެހެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ހިތުގެ ބަލިތަކާއި ސިއްހީ އެހެނިހެން މައްސަލަތަކުން ދުރުވާން ބޭނުން ނަމަ ކައްކާއިރު ބޭނުން ކުރުން އެންމެ ރަނގަޅު ތެލުގެ ބާވަތްތަކެވެ.
ޒައިތޫނި ތެޔޮ
އޮލިވް އޮއިލް ނުވަތަ ޒައިތޫނި ތެލަކީ ގިނަ އަދަދަކަށް މޮނޯސެޗުރޭޓެޑް ފެޓްސް އާއި އެންޓި-އޮކްސިޑެންޓުތައް ހިމެނޭ އެއްޗެކެވެ. އެހެންކަމުން މި ބޭނުން ކުރުމުން ދުޅަވުން ކުޑަކޮށްދީ ހިތުގެ ސިއްހަތު ރަނގަޅު ކޮށްދެއެވެ. ވީމާ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ކާއެއްޗެހި ތައްޔާރު ކުރާއިރު މި ތެޔޮ ބޭނުން ކުރަން ޖެހެއެވެ.
އެވޮކާޑޯ ތެޔޮ
އެވޮކާޑޮ ތެލަކީ ވަރަށް މަތީ ސްމޯކް ޕޮއިންޓެއް ހުންނަ އެއްޗެއް ކަމުން ކާއެއްޗިސް ތެލުލަންށާއި، ފިޔާ މީރުކުރުން ފަދަ ކަންކަމަށް ބޭނުން ކުރުން ވަރަށް ރަނގަޅު ތެލެކެވެ. މި ބޭނުން ކުރުމުން ހަށިގަނޑަށް ވިޓަމިން އީ އެތެރެވާ ވަރު ރަނގަޅުވެ، ސިއްހަތައް ފައިދާހުރި ފެޓީ އެސިޑްތައް އާލާވެއެވެ. އަދި އޭގެ ސަބަބުން މީހާގެ ހިތުގެ ސިއްހަތު ރަނގަޅު ވެއެވެ.
ފްލެކްސް ސީޑް ތެޔޮ
ފްލެކްސް ސީޑް ތެލަކީ ސިއްހަތަށް ބޭނުންތެރި އޮމެގާ-3 ފެޓީ އެސިޑެއް ކަމަށްވާ އަލްފާ ލައިނޮލެނިކް އެސިޑު (އޭއެލްއޭ) ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. އެހެންކަމުން މި ބޭނުން ކުރުމުން ދުޅަވުން ކުޑަކޮށްދީ ހިތުގެ އެކި މައްސަލަތަކުން މީހާ ދުރުކޮށްދެއެވެ.
މަސްދަރު: ލައިވްމިންޓް.ކޮމް

ކިޔުންތެރިންގެ ހިޔާލު