އާންމުކޮށް ފިހާރަތަކުގައި ލިބެން ހުންނަ ކާބޮނޭޓް ކޮށްފައި ހުންނަ ބުއިންތަކުގެ ބަދަލުގައި މިހާރު ވަރަށް ގިނަ މީހުން ދަނީ ޑައިޓް ސޮޑާތައް ބޭނުން ކުރަމުންނެވެ. ގިނަ މީހުން މި ބޭނުން ކުރަނީ މިއީ އާންމުކޮށް ލިބެން ހުންނަ ފިނި ބުއިންތަކަށްވުރެން ސިއްހަތަށް ފައިދާހުރި އެއްޗިހި ކަމަށް ދެކޭތީއެވެ. ނަމަވެސް ޑައިޓް ސޮޑާ ބޭނުން ކުރުމަކީވެސް އޭގެ ސަބަބުން ސިއްހަތައް ގެއްލުންތަކެއް ލިބޭ ކަމެކެވެ.
ޑައިޓް ސޮޑާ އަކީ ކެލޮރީތައް މަދު ބުއިމަކަށް ވީނަމަވެސް މިއީ އެއްވެސް ކަހަލަ ސިއްހަތައް ފައިދާހުރި މާއްދާތަކެއް އެކުލެވޭ އެއްޗެއް ނޫނެވެ. އަދި މިއީ ގިނަ އަދަދަކަށް އާޓިފިޝަލް މާއްދާތައް ބޭނުން ކޮށްގެން ފޮނި ކޮށްފައިވާ ބުއިމަކަށް ވާތީ މި ބޭނުން ކުރުމުން ސިއްހަތަށް ވަރަށް ގެއްލުން ވެއެވެ. ތިރީގައި މި ހިމަނާލަނީ ޑައިޓް ސޮޑާ ބޭނުން ކުރުމުން ސިއްހަތައް ލިބޭ ބައެއް ގެއްލުން ތެކެވެ.
ގޮހޮރުގެ މައްސަލަ
ޑައިޓް ސޮޑާ އަކީ އަސްޕާޓަމޭ ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. މިއީ އެއްވެސް ކަހަލަ ނިއުޓްރިއެންޓެއް އޭގައި އެކުލެވުފައިނުވާ އެއްޗަކަށް ވީއިރު މި މާއްދާއަކީ އޭގައި ފޮނި ރަހަ ޖެއްސުމަށް ބޭނުން ކުރާ އެއްޗެކެވެ. މި މާއްދާއަކީ ގޮހޮރުގައި ހުންނަ ފައިދާހުރި ޖަރާސީމުތަކަށް ގެއްލުންދޭ މާއްދާއެއް ކަމުން މި ބޭނުން ކުރުމުން ގޮހޮރުގެ މައްސަލަތައް ޖެހުމަށް މެދުވެރި ވެއެވެ.
ދަތް ހަލާކުވުން
މާ ގިނައިން ޑައިޓް ސޮޑާ ބޭނުން ކުރާނަމަ އޭގެ ސަބަބުން ދަތް ވެސް ހަލާކުވެއެވެ. މީގައި އެކުލެވިގެންވާ ހަކުރަކީ ވަރަށް ގިނަ އަދަދަކަށް އެސިޑު ހިމެނޭ އެއްޗެއް ކަމުން މި ބުއިމުން ދަތުގެ މަތީ ފަށަލައަށް ގެއްލުން ލިބި އޭގެ ސަބަބުން ދަތްތައް ހަލާކުވާގޮތްވެއެވެ.
މައިގްރެއިން
މައިގްރެއިން އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައަކަށް ވީއިރު މިއީ ވަރަށް ވޭންދެނިވި ކަމެއް ވެސްމެއެވެ. ޑައިޓް ސޮޑާ ބުއިމަކީ އޭގެ ސަބަބުން ބޮލުގައި ރިއްސައި މައިގްރެއިން ޖެހުމަށް މެދުވެރިވާ ކަމެކެވެ. މިކަން މިހެން ވަނީ އޭގައި ހިމެނޭ މާއްދާއެއް ކަމަށްވާ އެސްޕާޓަމޭގެ ސަބަބުންނެވެ.
އޮބީސިޓީ
މީހާ މާބޮޑަށް ފަލަވެ އޮބީސް ވުމަކީ އޭގެ ސަބަބުން އެކިކަހަލަ ސިއްހީ މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ. މާ ގިނައިން ޑައިޓް ސޮޑާ ބޭނުން ބޯނަމަ އޭގެ ސަބަބުން ބަރުދަން އިތުރުވެ މީހާ އޮބީސް ވާ ގޮތް ވެއެވެ. މިކަން މިހެން ވަނީ މި ބޭނުން ކުރުމުން ހަށިގަނޑުގައި ސަރުބީ ޖަގާ ވަރު ގިނަވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު